ވިޔަފާރި ބަނދަރުގައި ފޯކްލިފްޓަކުން ކޮންޓޭނަރު ގެންދަނީ: ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމްގައި، ބައެއް އުޅަނދުތައް ދުއްވުމުގެ ފުރުސަތު ވެސް ލިބޭ - ފޮޓޯ: މިހާރު
19 ސެޕްޓެމްބަރ 2019 - 14:50
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލުން) ކުރިއަށްގެންދާ އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ވިޔަފާރި ބަނދަރުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލުން ނެރުނު އިއުލާނެއްގައި ބުނީ އެޕްރެންޓިސް ޕްރޮގްރާމުގެ ދަށުން ހަތަރު ކެޓަގަރީއަކުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ތެރެއިން އެއްވަނަ ކެޓަގަރި އާއި ހަތަރު ވަނަ ކެޓަގަރީގައި އަމަލީ ތަޖުރިބާ ހޯދާ މީހުންނަށް ލައިސެންސް ނަގައިދޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
ކެޓަގަރީ 1- ފޯކްލިފްޓް، ޓާމިނަލް ޓްރެކްޓަރު، ކްރޭން، ރީޗްސްޓެކާ
ކެޓަގަރީ 2- މެކޭނިކަލް، އިލެކްޓްރިކަލް، މެރިން
ކެޓަގަރީ 3- ވެލްޑިން
ކެޓަގަރީ 4- ބަސް ދުއްވުން
ޓިވެޓް އޮތޯރިޓީގެ ވޮކޭޝަނަލް ޓްރެއިނިންގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މި މުއްދަތުގައި ކޮންމެ މަހަކު 6،000ރ ގެ އެލަވެންސެއް ދޭ ގޮތަށް ވެސް ރާއްޖޭގެ އެންމެ ބޮޑެތި ބަނދަރުތައް ހިންގަމުން އަންނަ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. އެކަމަށް ބޭނުންވާ ފޯމު އެމްޕީއެލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދިނުމާއި ފޯމު ފުރިހަމަކޮށް ހުށައަޅަން ހާއްސަ ހަރަކާތެއް މި މަހުގެ 28 ވަނަ ދުވަހު މާލެ-ހުޅުމާލެ ބަސް ޓާމިނަލުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުނަދޫ ނަޝީދު
19 September 2019
ސާބަސް