ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލިހުގައި ވާހަކަ ދައްކަވަނީ. އެޖެންޑާ 19 ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެ، ފާޑު ވިދާޅުވި.--- ފޮޓޯ: މަޖިލިސް
03 އޮކްޓޯބަރ 2019 - 11:55
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އެމްޑީޕީ ރައްޔިތުންނަށް ވިއްކި "އެޖެންޑާ 19" ގެ ސިޔާސަތުތައް މި ސަރުކާރުން އާންމުކުރި ފަސް އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ފަސް އަހަރަށް އެކުލަވާލި ޕްލޭންގައި ސަރުކާރު ވެރިކަމަށް އައުމަށާއި އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށްތަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލު ކުރުމަށް ފަހު ވިއްކި އެޖެންޑާ، ޕްލޭންގެ ތެރެއިން ހާސިލްވާ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"މިއަދު އޮތް ސަރުކާރަށް އެޖެންޑާ 19 ނޭނގެ. އެޖެންޑާ 19 ގެނެވުނު ގޮތް އަޅުގަނޑުމެންނަށް އެނގޭ، އެކަމަކު ހިތާމައަކީ އެޖެންޑާ 19 ގެނެވުނު ގޮތާއި އެއީ ކޮން އެއްޗެއް ކަން މިއަދު އޮތް ސަރުކާރަށް ނޭނގޭ ކަން،" ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފް ކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި އެޖެންޑާ 19 އަކީ ނަޝީދު "ރަށެއްގެ ގޮނޑުދޮށުގައި" އިންނަވައިގެން ގެނެސްދެއްވި ތަސައްވުރެކެވެ. އޭގައި ރައްޔިތުންނާ ގުޅުން ހުރި ރަނގަޅު ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެ ތަސައްވަރު ތަންފީޒުވެގެން ދާ ތަން ރައްޔިތުންނަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.
"ކަރުދާހުގައި ލިޔެވި، ނަންބަރު ތަރުތީބު ކުރެވިގެން ބައިވަރު ފޮތްތައް ނެރެވިދާނެ. ބައިވަރު ޕްލޭންތައް ނެރެވިދާނެ. އެކަމަކު އެކަންކަން ތަންފީޒު ކުރަން އެނގޭ ބަޔަކަށް ދެއްތޯ ރައްޔިތުންނަށް ކަމެއް ކޮށްދެވުނު ކަމަށް ވާނީ؟ މިއަދު އޮތް ސަރުކާރު ނުކުޅެދިފައި އޮތް ތަން މި ފެންނަނީ."
ޝިޔާމް ވިދާޅުވީ ސަރުކާރަށް އަހަރެއް ވާން ގާތްވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ސަރުކާރުން ނެއްޓެން އުޅޭ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނައީ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކަންތޯ އޭނާ ސުވާލުކުރެއްވި އެވެ.
ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އޭނާ އަށް ރައްދު ދެއްވި އެވެ. އެ މެމްބަރުން ވިދާޅުވީ ޝިޔާމްގެ ވާހަކަތައް ހުރީ ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެކްޝަން ޕްލޭން ރަނގަޅަށް ބައްލަވާފައި ނުވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
24 February 2020
ސިޔާށމުއައް އެޖެންޑާ ނަވާރައެއް އަދި ގާނޫނުގާ ބުނާއެއްޗަކައް ވުރެ ބޮޑައް އެނގޭނީ ޑައިވިން ފުޅިއައް ވާއަޅަން
ޒުވާނާ.
04 October 2019
މިސަރުކާރަކީ ތަނެއްދޮރެއް ދަންނަބަޔަކު ތިބިސަރުކާރެއްނޫން ބެޔަސްނުބެޔަސް 10.000 ދޭންބުނީ މިސަރުކާރުންބާ ރިސޯޓުހިއްސާ ދޭންބުނީ މިސަރުކާރުންބާ އަލަތުކައިވެނީގެ ފުލެޓުދޭންބުނީ މިސަރުކާރުންބާ މިވައުދުތައް ނުފުއްދުނީ މަ ރައްޔިތުން ގެނައިސަރުކާރެއް މީ މިސަރުކާރުން މިނި މަމ މް ވޭޖު ކަނޑައަޅާނެބާ ކުޅުދުއްފުށި އެއާޕޯޓު ތަރައްގީ ކުރަނެބާ ހދ އަތޮޅައް ފަތުރުވެރިކަން ގެންދާނެބާ ހޮސްޕިޓަލުރަނގަޅު ހިދު މަތް ލިބޭ ތާކައްހަދާނެބާ ހައްތަހާވެސް ސުވާލު ދެންބަލަ މާ
ޢަބްދުﷲނާފިޒް
03 October 2019
"ސަރުކާރަށް އެޖެންޑާ 19 އެއް ނޭނގޭ" ދެން ކަލެއަށް އެނގޭނު ، އެކަމާ އުޅެންވީނު، އެކަމަކު މިސަރުކާރުގަ މާސްޗޮކްލެޓް ބަންދުކުރުމުގެ ޕްރޮގްރާމެއް ނޯންނާނެ، ކޮންމެވެސް އެހެން ކަމެއް އޮވެދާނެ، އެކަމާ ތަންކޮޅެއް ހަރުކޮށް އުޅެގަ ކަލޯ.
ބޮޑުމީހާ
03 October 2019
ފުރަތަމަ އަހަރު ބިޔަ ޕްރޮޖެކްޓް އެއްވެސް ސަރުކާރަކުން ނުހިންގާ. މިސަރުކާރު ގެނައީ އިންސާފު ހޯދަން، އެކަމުގައި ޔަގީނުންވެސް މި ސަރުކާރު ފެއިލްވެއްޖެ. އެމއެމްޕީއާރުސީގެ ހިޔާނާތުގައި ސީދާ 150 ވުރެ ގިނަ މީހުން ޝާމިލްވާއިރު އަދި 3 ބިލިއަން ގެއްލުނުއިރު އެ ފައިސާހޯދަން ދައުވާކުރެވުނީ އެންމެ މީހަކަށް
ކެލޭދެންދޯ
03 October 2019
މިއީ ކަލޭ ވޯޓުލީ ސަރުކާރެއް ނޫން. ކަލޭ ތާއީދު ކުރާ އެޖެންޑާ 19 އެއް ނޫން. ކަލޭ ރުހޭ މަޖިލީހެއް ނޫން. ކަލޭ އެދޭ ތަރައްގީއެއް ނޫން. ދެން އެ ނެރުނު ޕްލޭނުގައި ކޮންމެ އެއްޗެއް އޮތަސް ކަލެއާ ކޮން ބެހޭ ކަމެއްތަ އަޅެ އޭން؟
ނައިފަރު މީހެހް
03 October 2019
މި ވެރިކަމަށް އަދި މިވީ އަހަރެއް. އަދި ކަންކަން ނުވެގެން އުޅޭނެ ކަމެއްނެތް. މެމްބަރު ޝިޔާމް، ޔާމީންގެ ރަން ފަސް އަހަރުގައި ނައިފަރަށް ކޮން ކަމެއްތޯ ކޮށްދިނީ؟ ކިތައް ފަހަރުތޯ އުފަން ރަށަށް ދުރުވެ ރަށުގެ ހާލަތު ބައްލަވާ ލެއްވީ؟
އަލީރާޖާ
03 October 2019
އަދި ޕްލޭން ރަގަޅަށް ކިޔާލާ. އޭރުން ފެންނާނެ.
އެޖެންޑާ
03 October 2019
ރައްޔިތުންނައްޓަކާ ކޮއްދެވުނު އެއްވެސްކަމެއްނެތި ބަޖެޓް ހުސްވީ، ހަމައެކަނި ބޮޑުންގެ ދަތުރުފުޅުތަކައް 140މިލިއަންރުފިޔާ، ކަމެއްނުކުރާ ސިޔާސީމީހުންގެ މުސާރަޔާ އިނާޔަތްތަކައް ބިލިއަނުން، ކޮންމެ އިންތިހާބަކައް މޮޅުވާހަކަދެއްކުންނޫންކަމެއްނުވޭ، ދެން މިކިޔަނީ ކުރީސަރުކާރުން ރައްޔިތުންގެފައިސާޔައް ޚިނާތްތެރިވިއްޔޭ؟ ރައްޔިތުންގެފައިސާ އިސްރާފުކޮއްތަޅާބުރުވުމަކީވެސް ޚިޔާނާތެއްނޫންތޯ؟ 5 އަހަރު ޕްލޭންކޮއް، ކޮންމެ އިންތިހާބަކައް އެޖެންޑާ ތައްޔާރުކުރުން؟
ދަތްނެތްކުއްޖާ
03 October 2019
ދެން ގެއަށްގޮސް އަނބި ގޮއްޔަ ގާތުގާ ބުނޭ ތިމަންނަ މިއަދު މިއައީ މަޖުލިހުގައި ވަރަށް ހޫނު ބަހުސެއް ކޮއްފައެވެ. މިހެންކަމުން ގޭގައި ޖާޑި ޖާޑީ ތަކުގައި ހުރިއްޔާ ހުރި ބޯފެނެއް ނެރެށޭ. މަނިކުފާނެވެ. ތަމެންގެ ހަޔާތް ކޮބައިތޯއެވެ. ކިތަންމެ ވަރަކަށް ހަލޭއްލެވިއަސް ރައްޔިތުންގެ ޙަޒާނާ ތަކުން ނާއި ރައުސުލްމާލުން ވައްކަންކުރި ފަރާތް ތައް އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކޮއް އެވެރިންނަށް ޙައްގު އަދަބު ރައްޔިތުން ދޭނެކަން ޔަޤީނެވެވެ. ކެތްތެރިވެ ބަލާށެވެ.
މަރޭ
03 October 2019
ހަޒާނާ ދޮވެލީ ކާކުބާ މިތިބަ ދިވެހިންނޭ. މިހާރު ލާރިކޮޅެްއްހުރީ ޕެންޝަންގަ އަދި ހައްޖު ކޯޕަރޭޝަންގަ އެވެސް ނަގަން މިހާރު ރައްޔާރުވެއްޖެ.
ކޮލަމާފުށި
03 October 2019
ބަލަ ޝިޔާމޫ..ޔާމީނު މިގައުމުގެ ބައިތުލް މާލުން ވައްކަން ކުރިކަން އެންމެނަށް އެނގޭހިނދު ތިބުނަނީ އެވާހަކަ ދެން ދައްކާނެ ކަމެއްނެތޭ؟..ތިދެން މާމޮޅުގޮތެއް..ވެރިކަމަށް އަރާކޮންމެ މީހަކު ކާނެ ވަރަކަށް ކައިފަ ދާންވީ ދޯ؟
މަރީނާ އިބުރާހިމް
03 October 2019
ބަލަކޮއްފަވެސް ގައުމު ކުރިއެރުވިޔޭ. މިހާރު ދަރުވަމުންގޮސް ދަރުވަމުންގޮސް ދައުރު ބަދަލުވާން ކައިރިވެއްޖެ.