ކުޅިވަރު

ދެ ވަނަ ބުރުގައި ބަދަލުތަކެއް ފެންނާނެ: ނަޒީހު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު ނަޒީހު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހުރިހާ އެއްޗެއް ބޭނުންވެގެން އުޅެން ހަދައިގެން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ހާލަތު ދަށްވެފައި އެބަހުރި ކަމަށާއި ދެ ވަނަ ބުރުގައި އެ ޓީމުން ކުޅުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެންނާނެ ކަމަށް ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ލީގުގައި މިރޭ ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ޔުނައިޓެޑް ވިކްޓްރީގެ ހާލަތު އޮތީ ކުރިން ވެސް އޮތްގޮތަށް ކަމަށާއި އެކަމަކު ކަންތައްތަކަށް ބަދަލު ގެންނަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނަޒީހު ބުންޏެވެ.

"ބައެއް ފަހަރު ތަންކޮޅެއް އެއްޗަަކަށް ފެންސިރު ވީމަ ލިބޭ ލަނޑު ވެސް ހުންނާނެ. އެ ކަހަލަ ދުވަސްތަކެއް ވެސް ގޮސްފި. މިސާލަކަށް އަށް ގޯލުން ބަލިވި ދުވަސް. އެ ވެސް ތަންކޮޅެން ފެންސިރު ބޮޑުވީ. ފުރަތަމަ 10 މިނިޓް ތެރޭ އެބަވަދޭ ޔޫވީ ކޮޅަށް ގޯލު. މިދިޔަ ނުވަ މެޗުން ފަސް މެޗުގައި އެ ގޮތަށް ގޯލު ވަދެފި. މި ހުރިހާ ކަމެއް ރަނގަޅުކޮށްގެން ޕޮއިންޓެއް ހޯދެނީ،" ނަޒީހު ބުންޏެވެ.

އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީން ތަފާތު ކަމެއް ފެށުނު ކަމަށާއި އެއީ މި ބުރުގައި އިތުރު ޕޮއިންޓް ހޯދަން ގެނެވުނު ބަދަލެއް ކަމަށް ނަޒީހު ބުންޏެވެ.

"ކޮންމެވެސް ވަރަކަށް ކުޅުމުގެ ވައްޓަފާޅި އަށް ބަދަލުތަކެއް ގެނެސްގެން ފަސް މީހުން ފަހަތަށް ލައިގެން އެ ތަނުން ދެ މީހުން ލައްވައި އެޓޭކް ކޮށްގެން އެ ފުޓްބޯޅަ އަށް ދާން ވިސްނަނީ. ޔުނައިޓެޑް ވިކްޓްރީ އަށް ވުރެ މަތީގައި ހުރި ޓީމުތައް އަތުން ޕޮއިންޓް ހޯދަން ޖެހޭ. އެއީ މަސްޓެއް މި ފަހަރު. ދެން ކޮންމެ ފަހަަރަކު ތިނެތި ހަތަރެތި ޖެހީމަ ނުބުނެވޭނެ މިއީ ވީ ގޮތޭ،" ނަޒީހު ބުންޏެވެ.

ލީގުގައި މިހާތަނަށް ޔުނައިޓެޑް ވިކްޓްރީން މެޗުތަކުގައި ނަތީޖާ ގޯސްވިއިރު، ނަޒީހުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިއަކީ އެ ޓީމުގެ ގޯލްކީޕަރު ހަސަން ތޮލާލް (ތޮލާ) އެވެ. ނަޒީހު ބުނީ ތޮލާގެ ފަރާތުން ޕްރެކްޓިހުގައި ފެންނަ ކުޅުމާއި މެޗުގައި ފެންނަ ކުޅުން ތަފާތު ކަމަށެވެ. އަދި މެޗަށް ރަނގަޅަށް ތައްޔާރުވެގެން އައިސް ތޮލާ އަށް މޮޅު ކުޅުމެއް ދެއްކޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ 4-2 އިން ނިލަންދޫ ބަލިކޮށްފަ އެވެ. ނަޒީހު ބުނީ އޭރުގެ ހާލަތާ މިހާރު ތަފާތު ކަމަށެވެ.

"ނިލަންދޫ އެ އޮތީ ބޭރު މީހުންނާ އެއްޗެހި ލައިގެން ރަނގަޅުކޮށްފައި. އެ ހުރިހާ ގޮތަކަށް ބަލާއިރު އެއީ ވިސްނުން ދޫކޮށްލައިގެންވާނެ ޓީމެއް ވެސް ނޫން،" ނަޒީހު ބުންޏެވެ.

ލީގުގެ ހަތް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަށް ވަނައިގައި އޮތް ނިލަންދޫގެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެހެންކަމުން މި މެޗަކީ މި ދެ ޓީމު ލީގުު ތާވަލުގައި އޮންނަ މަގާމުގެ ގޮތުން ވެސް މުހިއްމު މެޗެކެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ލީގު ތަވާލުގައި ކުރިއަށް ޖެހިލަން ބަލާއިރު މި މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެންނަށް އަތުނުވާ ހިސާބެއްގައި އޮތް ޓީމެއް ނޫން. އަޅުގަނޑުމެންނަށް މި މެޗުގައި ކާމިޔާބު ހޯދިއްޖެނަމަ އެ މީހުންގެ މައްޗަށް ކުރިހޯދޭނެ. މާނަ އަކީ ސްޓޭންޑިން އަށް ބަދަލުތަކެއް އަންނާނެ. މި ތިން ޕޮއިންޓް ވަރަށް މުހިއްމު. އެކަން ހާސިލްކުރަން ކުރެވެން ހުރި މަސައްކަތެއް ކުރާނަން،" ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކަށް އިރުޝާދުދިން ފެސްކޯ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އަކީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި ނިލަންދޫއާ ހިލާފަށް ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެންނަ ކަންތައްތައް ރަނގަޅުކަން ފެސްކޯ ފާހަގަކުރި އެވެ.

"އެހެންވީމަ އެ ކްލަބަކީ އާދައިގެ ކްލަބެއް ނޫން. ޕޮއިންޓްގެ ގޮތުން އަޅުގަނޑުމެންނާ ގާތުގައި އޮތް ނަމަވެސް އެއީ ހަމަ ރަނގަޅު ކްލަބެއް،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ލީގުގެ ބްރޭކްތައް އައުމުން ނިލަންދޫ ކަހަލަ ޓީމުތަކަށް ވެސް ވަރަށް އަސަރުކުރާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން ބްރޭކަށް އައިއިރު ނިލަންދޫ ރަނގަޅު ހިސާބެއްގައި އޮވެފައި ހުއްޓާލަން ޖެހުމުން ޓީމަށް އަސަރުކޮށް ޕްރެކްޓިހުގައި ވެސް ބައިވެރިވާ ކުޅުންތެރިން މަދުވި ކަމަށް އޭނާ ބުންޏެވެ.

ލީގުގައި ނިލަންދޫ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަބީދު

15 October 2019

މީދެން ވަރަށް ދެރަކަމެއް. ލީގު ކުރިއަށްދާއިރު މެޗުތަށް ރޭވިފަ ހުރިގޮތުގެ ސްކެޑިއުލްއެއް އެގޭނެ ގޮތެއްނެއް. އެއީ ކޮންބައެއްގެ ޒިންމާއެއްކަމެއްވެސް!! މިހާ ބޯޅައިގެ ފޯރި ދަށަށް ގޮއްސަ އޮންނައިރު އޮންލައިންކޮށް ނުވަތަ ސްޓޭޑިއަމް ބޭރުންގަ އިންނަ ނޯޓިސް ބޯޑަކުން ނަމަވެސް މިކަން އެގެންޏާ އަހަރުމެންކަހަލަ އަތޮޅުތެރޭ މިހުންނަ ކިހާ ފަސޭހަވާނެ އަހަރުމެންގެ ހުސްވަގުތު އަތުރާލަން.

The name is already taken The name is available. Register?

ވަކުންޖު

15 October 2019

މެޗުގަ ނޭދެވޭ ކުޅުން ކުޅޭ ކުޅުންތެރިއަކު ޕޮއިންޓް އައުޓްކޮށް، އެކުޅުންތެރިއާއަށް ފާޑު ކިއުމަކީ ދުނިޔޭގެ އެލީޓް ކޯޗުން ކުރާނެ ކަމެއްނުން. އެހެނީ، އެގޮތަށް ކުޅުންތެރިއާއަށް ފާޑު ކިއުމުން އޭނަގެ ހުރި ކޮންފިޑެންސް ކޮޅުވެސް ގެއްލި އިތުރު ޕްރެޝަރަކަށްދާނީ. އަހަރުމެންނަށްވުރެ މޮޅުކޯޗުން އިންޓަވިއުގަ ކިއާއެތި އަޑު ނައަހަންތަ! އަމިއްލައަކަށް ތިޓީމު ގަޑުބަޑު ކުރަނީ އަމިއްލައަށް ފެންސިރުވަނީވެސް

The name is already taken The name is available. Register?

ބަބުރުކަލޯ

15 October 2019

ނަޒީހަށް ވާނެ. އެއީ އަނގައިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454