ކުޅިވަރު

"ބޮޑު ބޭއިންސާފެއް"، ހުރިހާ އަދަބެއް ސީނިއާ ކުޅުންތެރިންނަށް؟!

އެއާ އިންޑިއާ ޓީމާ ދެކޮޅަށް ނުކުތް ރާއްޖޭގެ ސީނިއާ ޓީމުގެ ކުޅުންތެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކްރިކެޓް ބޯޑުގެ އިސްވެރިންނާ އެކު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަރުކާރުން މުސާރަ ދީގެން ގައުމީ ސީނިއާ ކްރިކެޓް ޓީމުގެ 14 ކުޅުންތެރިން މި އަހަރު ފެށުނީއްސުރެ އައީ ގަވާއިދުން ފަރިތަކުރަމުންނެވެ. އެ ޓީމުން ޖޫން މަހު މެލޭޝިއާގައި އޮތް ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެ ވަނަ ވެސް ހޯދި އެވެ. އާ ސަރުކާރުން އިންޑިއާއާ އެކު ބަދަހި ކުރި ގުޅުމާ އެކު ކްރިކެޓަށް ފަހިވި ފުރުސަތުތަކާ އެކު އެ ކުޅުންތެރިން ތިބީ ވަރަށް އުއްމީދުގަ އެވެ. އިންޑިއާ އިން ރާއްޖޭގައި ބައިނަލްއަގްވާމީ ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމުމުންނާއި ހައި ޕާފޯމަންސް ސެންޓަރެއްގައި އެއް މަސް ދުވަހުގެ ތަމްރީން ހެދުމުގެ ފުރުސަތު ދިނުމުންނެވެ.

އެ ފޯރީގައި ކުޅުންތެރިން ތައްޔާރުވަމުން އައީ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސް އަށެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ 23 އަހަރުން ދަށުގެ ޓީމުތައް ވާދަކުރާ މުބާރާތަކަށްވީ ނަމަވެސް، ރާއްޖެ އަކީ ޓެސްޓް ކްރިކެޓް ނުކުޅޭ ގައުމަކަށްވާތީ އޮލިމްޕިކް ކޮމިޓީގެ މަސައްކަތުން ރާއްޖޭގެ ސީނިއާ ޓީމަށް އެ ގޭމްސް އަށް ދެވޭނެ ފުރުސަތު އޭރު އޮތީ ފަހިވެފަ އެވެ. މެލޭޝިއާ މުބާރާތަށް ފަހު ޕްރެކްޓިސްތައް އަލުން ފަށަން ވެގެން ކުޅުންތެރިން އެއްކުރުމަށް ފަހު ކްރިކެޓް ބޯޑުން ބުނެފައި އޮތީ، ބޯޑުން ބޭނުންވަނީ ސައުތު އޭޝިއަން ގޭމްސްގެ ކުރިން އެ ގޭމްސް އަށް ތައްޔާރުވާން އިންޑިއާ ޓުއާގައި ދާ ގޮތަށެވެ. އެހެންވެ އެ ކަމަށް 45 ދުވަހު ޓީމު ކޭމްޕްކުރަން ޖެހޭތީ ކުޅުންތެރިން ތިބީ ވަޒީފާ އިން ރިލީޒް ވެސް ހޯދައިގެންނެވެ.

ދުނިޔޭގެ ކްރިކެޓުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި އަރަމުން އަންނަ އަފްގާނިސްތާނާ ވާދަކޮށްލުމަކީ ރާއްޖޭގެ ސީނިއާ ޓީމަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރަން ސީނިއާ ޓީމަށް އޮލިމްޕިކް ކޮމިޓީން ފުރުސަތު ހޯދައިދިނީ ވެސް އެހެންވެ އެވެ. އަދި އެ ގޭމްސްގެ ކުރިން އިންޑިއާގެ ޗެންނާއީގައި ހައި ޕާފޯމަންސް ޓްރެއިނިން ހަދާލުމަކީ އެ ކުޅުންތެރިންގެ ހުވަފެނެއް ހަގީގަތަކަށް ވުމެވެ.

އެކަމަކު ޗެންނާއީ ޓުއާ އަށް ދާން މިއަދު އެކުލަވަލައި ސްކޮޑުގައި ސީނިއާ އެއްވެސް ކުޅުންތެރިޔަކު ނެތެވެ. މެލޭޝިއާ މުބާރާތުން ދެ ވަނަ ހޯދި ޓީމުގެ ކުޅުންތެރިޔަކު ނެތެވެ. މުޅިން ވެސް ތިބީ 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

މިވީ ކިހިނެއް؟

ސީނިއާ ޓީމުގެ ކުޅުންތެރިން ތުހުމަތުކުރަނީ މިއީ، ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ޚާން ކުޅުންތެރިންތަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ބޯޑާ ދެކޮޅަށް އެ ކުޅުންތެރިން ތެދުވުމުން ދިން އަދަބެއް ކަމަށެވެ.

އާސިފް ޚާން: އޭނާގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުން.

އާސިފް ޚާން ގައުމީ ކްރިކެޓް ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން އެކަން ބޯޑުން އާއްމެއް ނުކުރެ އެވެ. މައްސަލައެއް ދިމާވެގެން އުޅޭކަން އާއްމުނަށް އެނގުނީ އޭނާ ފުރަން ގޮސް ހުއްޓާ އެއާޕޯޓުން ހައްޔަރުކުރުމުންނެވެ. އެ މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ކުޅުންތެރިން ބުނެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ބުނެފައިވެ އެވެ.

ކޯޗުގެ މައްސަލަ މިހާރު އަންނަނީ ފުލުހުން ތަހުގީގުކުރަމުންނެވެ. އެކަމަކު ސީނިއާ ކުޅުންތެރިން ދެކޭ ގޮތުގައި އެ މައްސަލައިގައި އަޑުއުފުލުމުން އެ ކުޅުންތެރިންނަށް ބޯޑުން މިވަނީ ނުސީދާކޮށް އަދަބު ދީފަ އެވެ. އެކަމަށް ބާރު ލިބެނީ ސީނިއާ ޓީމުގެ ޕްރެކްޓިސްތައް މިމަހުގެ ކުރީކޮޅު ކުއްލި ގޮތަކަށް ހުއްޓާލުމަށް އަދި ވެސް ފަށާފައިނުވުމުންނެވެ. ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) އޭރު ވިދާޅުވީ ޕްރެކްޓިސް މެދުކަނޑާލި އެއް ސަބަބަކީ މިވަގުތު ކޯޗެއް ނެތުން ކަމަށެވެ. އަނެއް ސަބަބަކީ އެންމެ އަވަހަށް ވާދަކުރަން އޮތް މުބާރަތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ރަސްމީ ތާރީހުތަކެއް ލިބިފައިނުވުމާއި އިންޑިއާ އިން ދީފައިވާ ތަމްރީން ދަތުރު ވެސް އެއްކޮށް ފައިނަލްނުވާތީ ކަމަށެވެ.

އެކަމަކު އެ ހުރިހާ ކަމެއް ކަށަވަރުވެ ޗެންނާއީ ޓުއާގެ ސްކޮޑް މިއަދު އިއުލާންކުރި އިރު ސީނިއާ ޓީމަށް ހިލަމެއް ނުވެ އެވެ. ސީނިއާ ޓީމުގެ ފަރާތުން ވާހަކަދެއްކި ކުޅުންތެރިޔަކު ބުނި ގޮތުގައި ސަރުކާރުން މުސާރަދީގެން އެ ކުޅުންތެރިން ގައުމީ ޓީމުގެ ނަމުގައި ތައްޔާރުވަމުން އަންނަނިކޮށް، މިގޮތަށް ލިބޭ މަތީ ފަންތީގެ ފުރުސަތެއް އެ ކުޅުންތެރިންނަށް ނުދިނުމަކީ ބޭއިންސާފެއް ކަމަށެވެ.

"ސަރުކާރުން މުސާރަ ދީގެން ގައުމީ ސީނިއާ ޓީމުގެ ކުޅުންތެރިންގެ ގޮތުގައި އަޅުގަނޑުމެން މިހާތަނަށް ތައްޔާރުވަމުން އައީ އަދި މެލޭޝިއާ އަށް ގޮސް ކާމިޔާބު ހޯދީ. އެ ހުރިހާ ހަރަދެއްކޮށް ތައްޔާރުވަމުން އައީ ސައުތު އޭޝިއަން ގޭމްސް އަށް ދާން. އަދި އޭގެ ކުރިން އިންޑިއާގައި މަތީ ފެންވަރުގެ ތަމްރީން ހަދަން. އެހެން އެކަން އޮއްވާ ކުއްލި ގޮތަކަށް ސީނިއާ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ނުހިމަނާ ސީނިއާ ޓީމުގެ ނަމުގައި މި ގެންދަނީ ޖޫނިއާ ކުޅުންތެރިން،" އޭނާ ބުންޏެވެ.

"ސިލެކްޝަން ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު ބުނި ކަމަށް ވަނީ، ސީނިއާ ކުޅުންތެރިންގެ އަމަލުތައް ހުރި ގޮތުން އެ ކުޅުންތެރިން ގެންދަން ބޭނުންނުވެޔޭ. އެހެންވެ ސީނިއާ ކުޅުންތެރިންގެ ބަދަލުގައި ޖޫނިއާ ކުޅުންތެރިން ގެންދަނީ."

މި މައްސަލައިގައި "މިހާރު" އިން މިއަދު ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހް (އަފޫ) އާ ސުވާލުކުރުމުން ވިދާޅުވީ އިންޑިއާގެ ޓުއާގެ ސްކޮޑް އަދި ނުނިންމާ ކަމަށައި އެކަން ނިންމާނީ ސިލެކްޝަން ކޮމިޓީން ކަމަށެވެ. އަދި ސައުތު އޭޝިއަން ގޭމްސްގެ ސްކޮޑާ މެދު އަދި ނުވިސްނާ ކަމަށާއި ގޮތް ނިންމާނީ ޗެންނާނީ ޓުއާގައި ކަމަށެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ބޯޑުގެ ފޭސްބުކް ޕޭޖުގައި ވަނީ ސްކޮޑް އިއުލާންކޮށްފަ އެވެ.

ސީނިއާ ޓީމުގެ ކުޅުންތެރިން ވަނީ މިކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފަ އެވެ. ކޯޗުގެ މައްސަލައިގައި ބޯޑާ ދެކޮޅަށް ވާހަކަދެއްކުމުން، މުހިއްމު ފުރުސަތެއް ގެއްލުވާލުމަކީ އެ ކުޅުންތެރިން ދެކޭ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ. މިއީ ސަރުކާރުން ބޮޑު ހޭދައެއްކޮށް އެ ކުޅުންތެރިން ކުރިއަރުވަން ކުރި މަސައްކަތް ފެނަށް ދުއްވާލުން ކަމަށް ވެސް އެ ކުޅުންތެރިން ދެކެ އެވެ. މި ހުރިހާ ދުވަހު ބޮޑެތި އުއްމީދުތަކެއްކޮށް ކުރަމުން އައި މަސައްކަތް، މިފަދަ ގޮތަކަށް ބޭކާރުވުމުން އެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ.

35 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 17%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާމި

30 October 2019

ސީނިއަރ ކުޅުންގެ އަހްލާގުގެ ވާހަކަ އިވިފަ ހަމަ އަންތަރީށް ވެއްޖެ. ފޯނުންކޮއްގެންނާއި ޓވިޓަރ ގަ އާއި ފޭސްބުކްގައި ތިމާއަށްވުރެ ސީނިއަރ އަދި މެނޭޖެމަންޓުގަ ތިބި އެތަކެއް އަހަރު ކުރިކެޓްކުޅެ ރާއްޖޭގެ އެތަކެއްބައެއްގެ އިހްތިރާމް ލިބިފައިވާ މީހުންނަށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮއް ހަދަނީ. މިއީ މި ކުޅިވަރުގެ އަހްލާގެއްނޫން. ޤަބޫލެއްނުކުރެވޭ މިކަމަށް ކުރިކެޓް ކުޅެފަހުރި މީހަކު ގަބޫލްކުރާނެހެނެއް. ވަރަށް ދަށްކަމެއް. ދިސިޕްލިން ނެތި މިކަމެއް ނުވާނެ.

The name is already taken The name is available. Register?

ފަރްހަތު ޖަލީލު

28 October 2019

އައެމް ރަނިން ފޮ ދި ޕެރެޒް ސޫން. ވޯޓް ފަރޫ. ވޯޓް މިލާން. ވޯޓް އާސިފް ޙާން.

The name is already taken The name is available. Register?

ަަަަަަައަފްޒަލް ޖަލީލޫ

28 October 2019

އަހަރެން ބުނެލަން އޮތީ މަގޭ ބޭބެ ފަރޫ ފޮ ޕުރެޒިޑެންޓް......

The name is already taken The name is available. Register?

މައިޝް

28 October 2019

ޅަ ކުދިންނަށް ފުރުސަތެއް ލިބުނީތީ އެކަން ބަދަލުކުރަން ހޭބޯނާރާ ބަޔަކު މި ތެޅެނީ. ބަލަ އަހަރުމެންވެސް އެތަނަށް ދަރިން ފޮނުވަނީ ރަގަޅުވާނެކަމަށް. ކޮމެންޓްތަށް ކިޔާލީމަ އިގޭ ކުރިކެޓްގަ ސީނިއަރ ކުޅުންތެރިންގެ އަހުލާގާ، ކުދިންނަށް ޖެއްސުން ކުރާ މިންވަރ. އަހަރުމެނަށްވެސް ދަރިންގެ ހައްގުގަ ނުކުމެވޭނެ. ބޯޑުގެ ނިންމުން ބަދަލުކުރުވަން ސަރުކާރުގެ ތަންތަނަށް ދުވާނެކަމެއްނެތް. މިއީ ރަގަޅު ނިންމުމެއްކަން އަހަރުން ހުރިހާ ބެލެނިވެރިންވެސް ޤަބޫލުކުރަން.

The name is already taken The name is available. Register?

މަނިކްސާ

28 October 2019

ސީނިއަރޓީމްގެ ފެންވަރު އަހަރެންނަށް ފެނިއްޖެ. މިމަހުތެރޭގައި މާލޭގައި ދިރިއުޅޭ ލަންކާ މަސައްކަތު މީހުންގެ ޓީމްއެއް އަތުން ވަރަށް ހަޑިކޮއް ބަލިވި. އެހެންވާނީވެސް، މީގެތެރޭގައި 2-3 މީހުން ވިރާތް ކޯލީ އަށްވުރެ ފެންނަ ފެނުމުގައި ފެޝަންވެފަ ދަޑަށް ދަނީ. ކުޅެން އެރީމަ އިންޑިޔާގެ 3ވަނަ ޑިވިޝަން ކުޅުންތެރިންނަށްވުރެ ފެންވަރު ދަށް. އަހުލާގެއް ނެތިއްޔާ އެއްވެސް ކުޅިވަރެއް ނުކުޅެވޭނެ. އެކަމަކު ބޯޑުގެ ކަމެއްއެއީ ކަންކަން ހަމަމަގައް އެޅުވުން. ނިންމުން ރަގަޅު

The name is already taken The name is available. Register?

ކުލޫ

28 October 2019

އަހަރެނަކީ ޤަވާއިދުން ކުޅެންދާ 21 އަހަރުން ދަށުކުޅުންތެރިއެއް، ކިތަންމެފަހަރަކު އެކިޔާ ސީނިއަރ ވެގެންއުޅޭ ބައެއް ކުލުންތެރިންގެ ފަރާތުން އަހަނަށް ޖެއްސުންކުރުން ތަޖްރިބާކުރެވުނު. މެޗެއްކުޅެން ގެނެސް ލަންކާ މީހުންލައިގެން ހަމަކުރާއިރުވެސް މިމީހުންގެ އުދަގުލާހެދި އަހަރުންނަށް ފުރުސަތެއް ނުދީ ކިތަންމެ ވީކްއެންޑް އެއްގައި ދަޑަށް ފެނއަރުވަން ބެހެއްޓި. އަހަރެންގެ ޕާފޯރމަންސް ތިޔަ "ސީނިއަރ" މީނަށްވުރެ މާ ދަށެއްނުވާނެ. ރަގަޅު ބަދަލެއް މިއައީ.

The name is already taken The name is available. Register?

މޭސް

28 October 2019

ސީނިއަރ ޓީމް ބައެއް ކުޅުންތެރިންގެ ލޮލައް ނިންޖެއް ނާންނާނެ ޅަ ކުއްޖަކަށް ފުރުސަތު ލިބެންޔާ. ރަގަޅަށް ބަލާބަލަ ސީނިއަރ ޓިމުގަ ތިބެނީ 14 ކުޅުންތެރިން، ޕުރެކްޓިސްއަށް ގަވައިދުން ނަޔަސް ޓުއަރ ތަކުގައި ދެވޭ. އެއީ 14 ކުދިން ނަގަންޖެހޭތީ. މިފެންވަރުގަ އޮތީ. ދެން ޅަ ކުދިންނަށް ފުރުސަތު ލިބެންޔާ އެއިން ބަޔަކުގެ ޖާގަ ގެއްލޭނެތީ މިވަރުން މިއުޅޭނީ. މިއީ ހަޤީގަތް.

The name is already taken The name is available. Register?

ނަޑެޑިސޭ

28 October 2019

މިހެން ވާނީ އދިވެސް ނުކިޔަވާ ތަންދޮރު ނުދަންނަ މީހުން އެކްސްކޯ އައް ލީމަ. ކުޑަކުދިންނާ ބެހުނު ކޯޗު ދިފާއު ކުރުމުގަ ގަދަފަދަ! ސަޅި ޔޭ ބުރޯމެން. ހަ ހަ ހަ ހަ

The name is already taken The name is available. Register?

އަޙްމަދު ހަސަން

28 October 2019

ޤައުމީ ޓީމް ދާންޖެހޭ ޓުއަރ އާއި މުބާރާތްތައް ނިންމާނީ އެކުޅުންތެރިންނެތް ނޫން ....ކޮންމެ ކަމެއްގައިވެސް ހައިރާކީ އެއް އޮންނާނެ ..އެކަމަށް އިހްތިރާމް ކުރަންޖެހޭނެ ....މީ ދަރިން މަންމަ އާއި ބައްފަ އަށް އަމުރުކުރުން ފަދަ ކަމެއް ...ތިމާގެ މައްޗަށް އަމުރުކުރަންތިބޭ ބަޔަކަށް އިހްތިރާމްކުރަން ދަސްނުކޮށް ކޮން މޮޅެއް ވެވޭނީ ...ކުޅުމުުގެ ކުރިން ސީނިއަރ ޤައުމީ ޓީމްގެ ކުޅުންތެރިންގެ އަޚްލާޤް ރަގަޅު ކުރަން ފެނޭ ...

The name is already taken The name is available. Register?

އަލީ ހުސައިން

28 October 2019

ޤައުމީ ޓީމުގެ ކުޅުންތެރިންތޯ އެކުޅުންތެރިންދާނެ ޓުއަރ އާއި މުބާރާތްތައް ނިންމަނީ ....ކޮންމެ ކުޅިވަރެއްގައިވެސް އެކުޅިވަރެއް ހިނގާ ބޯޑު ހޮވަނީ ކްލަބްތައް ވޯޓްލާގެން ...އެހެންވީއުރު އެކުޅިވަރު ކުރިޔަށް ގެންދާނެ ޕްލޭން އާއި ކަންކަން ނިންމާނީ އެހޮވާ ބޯޑުން......ކުޅުންތެރިންގެ މަސްއޫލިއްޔަތަކީ ކުޅުން ...ބޯޑު ހިންގުމެއް ނޫން ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454