ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރު ޒަމީރު: ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް، ތަރައްގީ ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް މިއަދު ވިދާޅުވި.-- ފައިލް ފޮޓޯ: ރައީސް އޮފީސް
27 ސެޕްޓެމްބަރ 2016 - 11:08
މެދު ފަންތީގެ ޓޫރިޒަމަށް އަމާޒުކޮށް ގިނަ މަޝްރޫއުތަކެއް ފެށުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި މެދު ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކޮށް، ހިންގުމަށް "މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދާފަ އެވެ. އެއީ ޓޫރިޒަމްގެ ފައިދާ ސީދާ ގޮތެއްގައި ލިބޭ ފަރާތްތައް އިތުރުކުރަން އުފެއްދި ކުންފުންޏެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިނުމަށްޓަކައި ސަރުކާރުން ފަހިކޮށްދެވެން ހުރި ކަންކަން މި ގެންދަނީ ފަހިކޮށްދެމުންނެވެ،" ރައީސް ވިދާޅުވި އެވެ.
މެދު ފަންތީގެ ޓޫރިޒަމް ފުޅާކުރަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވިއިރު، ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެ ގޮތުން، ރާއްޖޭގައި 390 އަށް ވުރެ ގިނަ ގެސްޓްހައުސް މިހާރު ވެސް ހުރިއިރު، ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް ބާރަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ.
ގެސްޓްހައުސް ވިޔަފާރީގައި އާއްމުން އިންވެސްޓުކުރާ މިންވަރު އިތުރުވަމުން އަންނައިރު، ސަރުކާރުން ވެސް ވަނީ އިންޓަގްރޭޓެޑް ރިސޯޓެއް ލ. އަތޮޅުގައި ތަރައްގީކުރަން ހުޅުވާލާފަ އެވެ. މިއީ ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ބައެކެވެ. އެކަމަކު، މި މަޝްރޫއު އަދި ކުރިއަކަށް ނުދެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް، ތަރައްގީ ކުރަން ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އެ ގޮތުން، އެ މަނިކުފާނު ނެންގެވި މިސާލަކީ މި އަހަރުގެ މިހާތަނަށް ހުޅުވާފައިވާ ހަތަރު ރިސޯޓާއި އަހަރު ނިމުމުގެ ކުރިން ހުޅުވަން ނިންމާފައިވާ އިތުރު ނުވަ ރިސޯޓެވެ. އޭގެ އިތުރުން، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫއު ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެެވެ.
ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމުގައި ރާއްޖެ އަކީ ލާމަސީލު މިސާލެކެވެ. އެހެންވެ، އެ ހިދުމަތް އިތުރަށް ތަރައްގީ ކުރަން، ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކޮށް ދޭން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"މިފަދަ ވަސީލަތްތައް ގާއިމުކުރެވުމުން، ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިރާދަކުރެއްވިއްޔާ މިހާރަށް ވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަމެވެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްލާ
01 October 2016
ކިބުރުވެރިވެފަ ބޮޑާކަން މީހުނައް ދައްކަނީ..ކުރެވޭ ކަމެއްނޯވޭ. ތިޖޫރީ ހުސް ކުރިއިރުވެސް އެގުނުކަމަކައް ނުވި.
ބޯގޯސް
27 September 2016
ޚޮބާ އަޅުގަނޑުމެންނަށް ދެއްވި ރިސޯޓުގެ ހިއްސާ؟
ސެޕޯ
27 September 2016
94 ހާސް ވަޒީފާ ކޮބާ.
GAN Island
27 September 2016
ބޭކާރު ވާހަކަ ދެއްކުމާއި އިތުރު އަޑުފަތުރުއްވަން ހައްދަވައިގެން ލިބިފައިވާ ތާއީދުވެސް ގެއްލުން ނޫން ކަމެއް ނުވާނެ. ތިބޭފުޅުންނަކީ ޓްއަރިޒަމް ވިޔަފާރީގައި ''އާންމުން'' ބައިވެރި ކުރާން އުޅޭ ބައެއްނަމަ ކީއްވެގެންތޯ އައްޑޫ ގޭން އެއަރޕޯޓް Fullflage Operation ގެނައުމަށް ހުރަސް އަޅަމުން ދަނީ. އަދި ކީއްވެގެންތޯ ހަނިމާދޫ އެއަރޕޯޓް ދަތުރުތަކަށް ހުޅުވާ ނުލާންވީ .. ! ؟
މމ
27 September 2016
ޓޫރިޒަމުން އާއްމުންނަށްފައިދާއެއް ހޯދާދެއްވަންޏާ އެންމެގިނަ ދިވެހިން ހިއްސާގަނެފަވައި އެމް ޓީ ޑީ ސީ ނަގާ ކޮޅަސްޖައްސަވާދެއްވާ. އަދި ދިވެހިންނަށް ހިއްސާފައިދާ ލިބޭނެ ގޮތެއްހަމަޖައްސަވާ ދެއްވާ
މުގާބޭ
27 September 2016
ރިސޯޓުތަކުގަައި ގެންގުޅޭ "ދިވެހިން ނުގެންގުޅޭ" ފަލްސަފާގެ ސަބަބުން ލާރިބޮނޑި ގޯނިޣޯނީގާ އެގެންދަނީ ބޭރު މީހުން. ދިވެހިން ރޯލަރޯލާ ތިއްބާ.
ނިހާދު
27 September 2016
ގެސްޓް ހައުސް ވިޔަފާރި އަށް މަހުޖަނުންނަށް ފުރުސަތު ދެނީ އެ ވިޔަފާރި ފުނޑާލަން.
އަހުމަދު
27 September 2016
މިސަރުކާރުން ދައްކާ އެއްވެސް ވާހަކައަކީ އަމަލާ ބަސް ދިމާނުވާނެ ވާހަކަ ތަކެކެވެ. ތިބުނާ މެދުފަންތީގެ ވިޔަފާރި ވެރީންނަކީ ވެސް ޗަންޕާއާ ގާސިމްއާއި ސިޔާމު މެންނެވެ. ކުރީން ވެސް އެމް ޓީ ސީ ކިޔާ ކުންފުންނެ އުފައްދާ އެކުންފުނި ހިންގުމަށްޓަކައި ސަރުކާރާއި އާއްމު ރައްޔިތުނަށް ހިއްސާ ވާގޮތަށް ހެދި ކުންފުނި މިހާރު އެއޮތީ ވައިނޮޅިއަށް އެޅިފައެވެ. މިހާރު އެހެން ކުންފުންނެ އުފައްދާ އައްމު ރައްޔިތުންގެ އަތުގައި ހުރި ފައިސާ ކޮޅު ސިޔާސީ ވައުދު ފުއްދުމަށްށޭ ކިޔާ އޭތި ކޮޅުވެސް ކާލާނީއެވެ. އެހެން ކަމުން މިގައުމުގައި މިހިއްގާ ކުންފުނި ތަކުގައި ދިވެހިރައްޔިތުން ބައިވެރި ވެގެން ލިބޭނޭ ނަފާއެއް ނޯންނާނެއެވެ، މިހާރު ވެސް މިގައުމުގައި ހުރި ކުންފުނިތަކަށް ބަލާބަލާށެވެ. މީހަގީގަތެވެ.
ހުސެން
27 September 2016
އިންޓަގްރޭޓަޑް ރިޒޯޓް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް އިން ތުނބުރި އޭ ކިޔާފަ އެތައް ބަޔަކު އަތުން ނެގި އެތައް މިލިއަން ރުފިޔާއަށް ދެއަހަރަށްވުރެ ގިނަދުވަސްވީއިރުވެސް އެފައިސާއަށާއި އެ ޕްރޮޖެކަޓަށް ވީ ގޮތެއް ނޭގެ. އަދި، އެ ޕްރޮޖެކްޓް ލ. ބަރެސްދޫއަށް ބަދަލު ކޮށް، އެކަމާ ބެހޭ ވާހަކަ އެމް.އެމް.ޕީ.އާރ. ސީ އިން ނުދައްކާ ހުއްޓާ އަނެއްކާ އެހެން ކުންފުނުޏެއް އެފެއްދެވިކަން
ހޭޝްޓެގް
27 September 2016
ދެން މިމީހުން ކޮންމެ ދުވަހަކު އިރު އަރާއިރަށް ކޮންމެވެސް ހުވަފެނެއް ފެނިގެން އެވާހަކަ ދައްކާނެ. އަހަރުމެން އަޅައެއް ނުަލަން ތިހެން ދައްކާ ވާހަކަ ތަކަށް. ފަހުން ބުނާނެ ފަލްސަފާއޭ. މިއީ ރައީސް އަށް ވާ ވަރު. ދެން ބަލަން ތިބެމާ ބަހީ
ބޭސްޓެގް
27 September 2016
ފަލްސަފާއޭ. ތިބުނީ ނަޝީދުގެ ވާހަކަ ދޯ؟ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބް ބާއްވާ ވާހަކަ އެއީ ފަލްސަފާއެކޯ ދޯ؟ ހަދާން ނެތިފަ ހުއްޓާ ތި ހަދާން ކޮށްދިނީ.
ހޭޝްޓެގް
28 September 2016
"ބޭސްޓެގް" މާޒީގައި އެލިގެން ކީއްކުރަންތަ؟ މަށަކީ، ނަޝީދު ވެގެން އުޅޭ މީހެއް ނޫން. ކަލޯ ކަމެއް ވާއިރަށް ނަޝީދު އާއި ޔާމީނު އަދި މައުމޫނު ވާހަކަ ދައްކާކަށް ނުޖެހޭ ދޯ. މިބުނަނީ ވެރިން ރައްޔިތުންނަށް އޮޅުވާލާ ވާހަކަ. އެ 3 މީހުން ވެސް ވާހަކަ. މަށަށް ހީވަނީ ބޭސް ކުރަން ވެއްޖެ ހެން "ބޭސްޓެގް" އަށް