ވިޔަފާރި

ސީއެސްއާރުގެ ދަށުން ލިޓަސް އިން އެއް މިލިއަން ރުފިޔާގެ ހެލްމެޓް ބަހަނީ

ލިޓަސް ސައިކަލް ފިހާރަ: އެ ކުންފުނިން ވަނީ ސީއެސްއާރުގެ ދަށުން 1.2 މިލިއަން ރުފިޔާގެ ހެލްމެޓް ބަހަން ނިންމާފައި .-- ފޮޓޯ: މިހާރު

ކޯޕަރޭޓް ސޯޝަލް ރެސްޕޮސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ލިޓަސް އިން 1.2 މިލިއަން ރުފިޔާގެ ހެލްމެޓް ބަހަން ފަށައިފި އެވެ.

ލިޓަސް އިން ވަނީ މި ޕްރޮގްރާމުގެ އެއްބައި މިދިޔަ މަހުގެ 24-26 އަށް ކުރިއަށް ގެންގޮސްފަ އެވެ. އެ ކުންފުނީގެ ޖަނަވަރީ މަގު ޝޯރޫމަށް ޒިޔާރަތް ކުރި ކޮންމެ މީހަކަށް ވަނީ ހެލެމެޓެއް ދީފަ އެވެ. މި ޕްރޮގްރާމުގެ އިތުރު ބައިތަކެއް މި މަސް ތެރޭގައި ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

ލިޓަސް އިން ބުނި ގޮތުގައި ހެލްމެޓް ބެހުމުގައި އެ ކުންފުނީގެ ކަސްޓަމަރަކަށް ނުބަލަ އެވެ. މިއީ މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުުވަން އެ ކުންފުނިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެ ކުންުފުނިން ބުންޏެވެ.

"އަޅުގަނޑުމެން މި ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ބޭނުމަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަމަށް ގިނަ ބަޔަކު އަހުލުވެރިކުރުވުން. އެގޮތުން، މިދިޔަ މަހު ކުރިއަށް ގެންދިޔަ ހަރަކާތަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު،" ލިޓަސްގެ އޮފިޝަލަކު ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން 3،000 ހެލްމެޓް ބަހަން ހަމަޖެހިފައި ވާއިރު މިދިޔަ މަހުގައި ބޭއްވި ހަރަކާތުގެ ތެރެއިން ދެ ހާހެއްހާ ހެލްމެޓް ވަނީ ބަހައިފަ އެވެ. މިއީ މާރުކޭޓުގައި 400ރ. ގެ ރޭޓުން ލިބެން ހުންނަ ކޮލިޓީ ހެލްމެޓެވެ.

4 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެނގޭ

05 November 2019

ހެލްމެޓު އެޅީމާ މަގުމަތީގެ އެކްސިޑެންވުމުގެ ފުރުސަތުކުޑަވަނީ ކިހިނަކުން؟ ލިޓަސްއިން އޮޅުން ފިލުވައި ދީބަލަ.

ހާމީން

05 November 2019

ހެޔޮ ދުޢާ

ސަލާހު

05 November 2019

ރަނގަޅު މަގުސަދެއްގަ ކުރާކަމެއްނަމަ ރާއްޖޭގަ ދުވޭ އެންމެ ބާރުމިނައް ވުރެ މަތިނޫވާވަރައް ތިކުންފުނީގެ ވެހިކަލުތައް ސުޕީޑު ލިމިޓު ކޮއްފަ ވިއްކަބަލަ

ވަވވވވވއއއއހހހހހހހހނ ނ ންްްްްް

05 November 2019

ޝުކުރިއްޔާ ލިޓަސް

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454