ފޮރިން މިނިސްޓަރު ޝާހިދު: އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތައް ރާއްޖެއިން ވަނީ ކުށްވެރި ކޮށްފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
14 ނޮވެމްބަރ 2019 - 19:01
އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލި މައްސަލަ ރާއްޖެ އިން މިއަދު ކުށްވެރިކޮށްފި އެވެ.
ގާޒާއަށް އިޒްރޭލުން ދެ ދުވަސް ވަންދެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 34 މީހަކު ޝަހީދުކޮށްލުމުގެ އިތުރުން އިތުރު ބަޔަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ ހަމަލާތައް ހުއްޓާލީ އިޒްރޭލާއި އިސްލާމިކް ޖިހާދާ ދެމެދު މިސްރުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އިޒްރޭލުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާތައް ހުއްޓުވުމަށް މިސްރާއި ބައިނަލްއަގްވާމީ ފަރާތްތަކުން ކުރި މަސައްކަތް ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އެކަށީގެންނުވާ ބާރުތައް ބޭނުން ކުރަމުންދާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަ ލިބެން ޖެހޭ ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި އަދި ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން މިހާރު ވެރިވެ ގަންނަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޒާމް
14 November 2019
ރާއްޖޭގެ ވަކި ބަޔަކު ކުއްވެރިކޮށްފިއޭބުނޭ! އަހަރެންވެސް މީ ރާއްޖޭމީހެއް، އަހަރެންނަކަށް އެކަމެއް ކުއްވެރިއެއްނުވޭ!
ތީރަނގަޅުކަމެއް!
14 November 2019
މޮރޮކޯއަށް ގޮސްގެން އުޅޭއިރު ތީރަނގަޅުކަމެއް!
އެމް.
14 November 2019
މެދުއިރު މަތީގެ ހަނގުރާމަ ތަކާ ނުބެހި ބަލަ. އަހަރުމެން ބުނާ އެއްޗަކުން، ކުރާ ކަމަކުން، އަދި އެދޭ ގޮތަކުން އަދި ނޭދޭ ގޮތަކުން ކުޑަވެސް ބަދަލެއް ނާންނާނެ!
ޒުވާނާ.
14 November 2019
މަރުހަބާ ޝާހިދު ޔާ މިނައް ނުކެރުނު 7 އަހަރުގެ ވެރިކަ މެއް ކޮއްލިއިރު ފަލަސްތީނައް ހެޔޮބަހެއް ބުނެލަން ފަލަސްތީނައް ގޮސްލަން ނަ މަވެސް އިބޫގެ ދަތުރެއް ވަރައްއަވަހައް އެބައޮތް
ހަބީބާގެ ދަރި
14 November 2019
ނާދޮގެއް؟ ނިކަން ކެނެރީގޭ ނަޝީދު އަދި ކެރަފާ ނަސީމް ކުރެން އަހާބަލަ ތިޔާކަން ރަނގަޅުތޯ!
އިސްމާލްކަލޭފާނު
14 November 2019
ޝާހިދު ތިވަރަށް ދުނިޔެވަށާ ބުރުޖަހާއިރުވެސް ފަލަސްތީނަށް ކައިރިނުކޮށްލާ.
މޯޑުސް
15 November 2019
ޓެރަރިސްޓުން އުޅޭ ތަނަކަށް ދާނެ ކަމެއް ނެއް
ސަންޕަ އަހަންމަދު
14 November 2019
ކުއްވެރިކޮށްގެން އެކަނި ފުދޭކަށްނެތް. 100 ޕަސެންޓު އިސްލާމީ ގައުމަކަށްވެހުރެ އެއްކަމެއްނުކޮށް މިހެން ޣާފިލްވެގަނެގެން ތިބޭން ހެޔޮނުވާނެ.
އަލީ!
14 November 2019
ދެންކޮންކަމެއްކުރަންވީ؟
ފުރަތަމަ
14 November 2019
ފުރަތަމަ ރާއްޖެ މީހުން ގޮވާލަންވީ ފަަލަސްޠީނުގެ އެތެރެހަނމަ ނުޖެހުން ހުއްޓުވައި އެއްގަލަކަށް އެރުމަަށް. އެމީހުން އަމިއްލަ އަމިއްލަ އަށް އެތެރޭ ހަނގުރާމަ ކުރަނިކޮށް ބޭރުގެ ކިތަންމެ އިސްލާމީ ޤައުމެއްގެ އެހީ ލިބުނަސް ނުވާނެ.
ކިއްލިބާޝާ
14 November 2019
ދިވެހިސިފައިން އެތަނަށް ފޮނުވާންވީ. 500 އެއްހާ މީހުންވިޔަސް ހެޔޮ.
ފިޔަވަޅުއަޅާބަލަ
14 November 2019
ފިޔަވަޅުއަޅާބަލަ އެޅެން ހުރިހުރިހާގޮތަކަށް!