18 ނޮވެމްބަރ 2019 - 13:17
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލާގައި، ސަރުކާރާ އިދިކޮޅު މެމްބަރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެ ދެ ފަނޑޔާރުން ވަކިކުރުމުގެ މައްސަލަ މިއަދަށް ވަނީ އެޖެންޑްކޮށްފަ އެވެ. ޖޭއެސްސީގެ ރިޕޯޓް ދިރާސާކޮށް ޖުޑީޝަރީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މިއަދު ވަނީ ތަޅުމަށް އިއްވައިފަ އެވެ.
އޭގެ ތެރެއިން އުއްތަމަ ފަނޑިޔާރު ވަކިކުރަން ނިންމި ނިންމުމާ ގުޅޭ ބަހުސްގައި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ފެންނަނީ ގާނޫނު އަސާސީ "ފުނޑާލާ"ތަން ކަމަށެވެ.
ޖޭއެސްސީން އަމަލުކުރަނީ ފަނޑިޔާރުންގެ ގާނޫނާ ސީދާ ހިލާފަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އެއީ ޖޭއެސްސީގެ މެންޑޭޓުގެ ބޭރުން ކުރާ ކަމެކެވެ.
"މިހާރު މި ހިނގަނީ ބާތިލް ކަންތައްތަކެއް. ޖޭއެސްސީގެ ގާނޫނު މާ ބާރުގަދަވެގެން ރާއްޖޭގެ ގާނޫނު އަސާސީއަށް ވުރެ. ގާނޫނަށް ވުރެ ބާރުގަދަވާ ގާނޫނެއް މާއްދާއެއް ޖޭއެސްސީގެ ގާނޫނުގައި ނޯންނާނެ،" ގާނޫނު އަސާސީ ހިފައިގެން ހުންނަވައި ޝިޔާމް ވިދާޅުވި އެވެ.
"މިއަދު މިފެންނަނީ މާ ބާރުގަދަ މުއައްސަސާއަކަށް ޖޭއެސްސީ ވެގެން ދިވެހި ރައްޔިތުންނަށް ބިރު ދައްކަން މަސައްކަތް ކުރާތަން."
ޖޭއެސްސީ އަށް ފެންނަނީ ވަކި ވައްތަރެއްގެ އަދި ވަކި ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައި ވާނެ ކަމަށާއި އެކަމަކު އެ މައްސަލަ ޖޭއެސްސީން ނުބަލަނީ ކީއްވެގެންތޯ ޝިޔާމް ސުވާލުކުރެއްވި އެވެ.
"ޖޭއެސްސީން ބޭނުންވާ ގޮތަކަށް. ބޭނުންވާ ފަނޑިޔާރެއްގެ ކަރުގައި ހިފައި ފިތާލާތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިއީ ހިތާމަހުރި ކަމެއް. މިކަންތައް މިކުރާ ވެރިން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެކަން އެނގިގެން މިކަންތައް ކުރައްވާ،" ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ވަކި ގޮތަށް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާ ކަމަށާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައި ވާތީ އަލީ ރަޝީދު ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެ ރާއްޖެޓީވީ އަށް އިންޓަވިއުއެއް ދެއްވައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.
ޝިޔާމްގެ އެ ވާހަކައަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މީޑިއާގައި ވާހަކަ ދެއްކުމަކީ އެއްވެސް ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ބުރަދަނަށް ބަލަނީ އެ މައްސަލައިގެ ބާވަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބަހުސްގައި ޝިޔާމް ވިދާޅުވީ ޖޭއެސްސީން ބަލަނީ ވަކި ފަނޑިޔާރުންތަކެއްގެ މައްސަލަ ކަމަށެވެ.
"ޖޭއެސްސީން ބޭނުންވާ ގޮތަކަށް. ބޭނުންވާ ފަނޑިޔާރެއްގެ ކަރުގައި ހިފައި ފިތާލާތަން އަޅުގަނޑުމެންނަށް މިފެންނަނީ. މިއީ ހިތާމަހުރި ކަމެއް. މިކަންތައް މިކުރާ ވެރިން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެކަން އެނގިގެން މިކަންތައް ކުރައްވާ،" ޝިޔާމް ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރުން އަބްދުﷲ ޖާބިރު ވިދާޅުވިގޮތުގައި ފަނޑިޔާރުގެ މިނިވަން ކުރުމުގެ ނަމުގައި މަޖިލީހުން ހަދަމުން ދަނީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ދެން އަމާޒު ހިފީ ފަނޑިޔާރު ގެއަކީ އަމިއްލަ މިލްކިއްޔާތަކަށް ހަދަން ކަމަށް ޖާބިރު ވިދާޅުވި އެވެ.
ހަމައެކަނި ގޯހީ ފަނޑިޔާރުގެ ތޯ އާއި ސަރުކާރުގައި ތިބި ކޮރަޕްޓް މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅަނީ ކީއްވެތޯ ޖާބިރު ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން ދިވެހި ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުކުރަން ޖެހޭކަން. ހަމަ އެގޮތަށް އަޅުގަނޑު ގަބޫލު ކުރުމަށް ސަރުކާރުގައި ތިބި ވަގުންތައް ބޭރުކުރަން ޖެހޭކަން،" ޖާބިރު ވިދާޅުވި އެވެ.
ފަނޑިޔާރުން ވަކިކުރަން ނަގާ ވޯޓުގައި ވޯޓު ނުދެއްވާނެ ކަމަށާއި ސަބަބަކީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަން ކުރާ ކަމަކަށް ވާތީ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ވައްކަމުގެ ތުހުމަތު ރައީސަށް ޖާބިރު ކުރެއްވި އެވެ.
މިހާރު އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މަޖިލީހުގައި ބޭނުން ކަމެއް ކުރެވިދާނެ ކަމަށާއި ނަމަވެސް ފަހުން އެ ބާރުނެތް ދުވަހަކުން ކަންވާނެ ގޮތަކާމެދު ވިސްލާނަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
19 November 2019
ހުރިހާބައެއްވެސް ކުޅެންގެންގުޅޭނެ ތިނެތިން އެކަތި! އެއީ މިބުނާ އެންމެން ކުޅޭއެތި! އޭތީގަ ތިބިމީހުންލައްވާ ކޮންމެ ބައެއްވެސް ބޭނުންގޮތަކަށް ކުޅުވާފަ ބޭނުން ކެނޑުމީ ދެނީ ފެންކައްކާ ބޮލީގެ ޢިއްޒަތް! ޕީޕީ ކުދިންގެ ދުވަހުގެ ޖެއްސިޙާލާއި މީހުން މަގުމަތިކުރިގޮތް ވަކި ސަހަލުތަ؟؟
އާދަމް ޝަރީފް
19 November 2019
ރައްޔިތުން މަޖިލސް ހޮވީ އެޖެންޑާ 19 ތަންފީޒްކުރުމަށް. ކޮރަޕްޓް ފަޑިޔާރުން މަގާމުން ވަކިކޮށް ފަޑިޔާރުގެ ސާފުކުރުން އެެޖެންޑާ 19 ގަ އެބައޮތް. އެހެންވީމާ މިހާރު މިކުރަނީ އެ މަސައްކަތް. އިދިކޮޅުން ކިތަންމެ ނުރުހުނަސް އެ މަސައްކަތް ހުއްޓާލެވެން ނޯންނާނެ. އެއީ ރައްޔިތުން ބޭނުންވެގެން ކުރާކަމެއް. ރިޔާސީ އިންތިޚާބުގަ އިބްރާހިމް ސާލިހަށް ވޯޓްދިނީ ކޮރަޕްޝަން ހުއްޓުވުމަށް. އެކަން ކުރުން ލަސްވާތީ ރައްޔިތުން ކަންބޮޑުވޭ.
އެމްސް
19 November 2019
މިހާރު ވެއްޖެއްޔާ ފަނޑިޔާރަކުވެސް ވަކި މިކުރަނީ، ފުރާޅުން ޓިނު ނެގުމުގެ ބަދަލުގަ، ކޮންމެވެސް ވަރެއްގެ ޑިއު ޕްރޮސެސް އެއްގެ ތެރެއިން!
ނަސޭހަތް
19 November 2019
ޔާމީން ޤާނޫނުއަސާސީ ގިރައިގެންބުއީ ސޯލިހު ފުނޑާލީ.ކޮބާމައްސަލަ. ސިޔާމު މައިތިރިވޭ ހާދަ ހަނދާންބައްޔޭދޯ. 15 ވޯޓް ފަނޑިޔާރެއްތީ.
ޢަބްދުﷲނާފިޒް
19 November 2019
ޝިޔާމޫ ދެންވެސް ޝުކުރު ކޮށްބަލަ، ފުރާޅުން ޓިނު ނުނަގާ މިކަން ނިންމާލިކަން، އެހެން ނޫނީ ކިހާ ހުތުރުވީސް، ޝިޔާމުމެންގެ ގަޓުރައިސްގެ ނަން ތާރީޚުން ނުފޮހެވޭނީ ބުރިޖުއެޅީމަ އެކަންޏެއް ނޫނޭ، ސުޕްކޯޓު ފުރާޅު ޓިނުނެގި ރައީސް އެއްގެ ގޮތުގަ ވެސް ގަޓުރައީސްގެެ ނަން ދިވެހި ތާރީޚުގަ ލިއެވިގެން ދާނެއެވެ.
ކަލާކޯ
19 November 2019
ކަލޭމެން މިއަދު ތިބޭ ކުޅިބަލަން!
ގިޔާސް
18 November 2019
ޝިޔާމޫ، އަހަރުމެން އުއްމީދު ކުރަނީ ކަލޭމެން ދެން ތިހެން ގޮވަމުން ގޮވަމުން ގޮސް އެއްމެފަހުން އަމިއްލައަށް ފުނޑިގެން ދާނެކަމަށް، ތިހާ ފޯރިއެއް ތިނަގަނީ 28 ރުފިޔާއަށް ޑީސަލް ލީޓަރެއް ނުވިއްކިގެން އުތަ، އެކަން ނިމިއްޖެ ދެން އެކަމާ ނޫޅޭ، ތިހެން އުޅެގެން އިތުރަށް ބަލިގަނޑު ހިލޭނީ.
އަވަދި
18 November 2019
ސުޕްރީމްކޯޓުން މީހުންގެންދަން ވަންނަންއޮންނަނިޒާމަކީ ފުރާޅުން ޓިނުނަގައިގެންވަނުންތޯ. ނިޒާމުފުނޑާލާފަމިއޮތީ އެހެންބައެއްނު!
ހަނުހުންނަ މީހާ1
18 November 2019
ވާނީވެސް އެހެންތާ ބާރުކެޑޭތަން ފެނިފަ ދެރަވާނެ
ނީރާ
18 November 2019
ރޭގަނޑު ދަންވަރު މަޖިލިހުގެ ޖަލްސާތައް ބާއްވާ ޖަވާބުދާރީވާން ފުރުޞަތު ނުދީ މީހުންތައް މަޤާމުން ވަކިކުރީ ނިޒާމު ފުނޑާނުލާތޯ. ހިތައްއެރީމާ ރޭގަނޑު ދަންވަރު ކޯޓުތައް ހުޅުވައިގެން އަޑުއެހުންތައް ސިއްރުކޮށް ފަޓާސްބަރިއެއްހެން ވަކިބައެއްގެ މައްސަލަރައް ނިންމާ ބޭނުންވާ ގޮތަކަށް ޙުކުމްތައް އިއްވަމުން ދިޔައީ ނިޒާމު ފުނޑާނުލާތޯ. ބަލަމިހާރު ކަންކުރަމުން ގެންދަނީ ޤާނޫނުތަކާއެއްގޮތަށް. ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަކީ ނިޒާމު ފުނޑާލުންތޯ؟