30 ނޮވެމްބަރ 2019 - 11:59
ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމާ އެކު، ކޮންމެ ދުވަހަކު މެޗެއް ކުޅެން ޖެހޭ ގޮތަށް މުބާރާތް ލީގު އުސޫލުން ކުރިއަށްގެންދަން ނިންމުމުން ރާއްޖޭން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ކުރިން ރާވާފައި އޮތީ ދެ ގްރޫޕަށް ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ. އެކަމަކު އިންޑިއާ ވަކިވެ ފަސް ޓީމަށް ވުމުން ނިންމީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.
މިހާރު އޮތްގޮތުން ރާއްޖޭން ލީގު ބުރުގެ ހަތަރު މެޗު ކުޅެން ޖެހޭނީ އަރާމުކުރަން 24 ގަޑިއިރު ވެސް ނުލިބި ޖެހިޖެހިގެން ހަތަރު ދުވަހު އެވެ. ފުރަތަމަ މެޗުގައި ހޯމަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅެފައި ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝާ އެވެ. އަދި ތިން ވަނަ މެޗުގައި ބުދަ ދުވަހު ބޫޓާނާ ވާދަކުރުމަށް ފަހު، ހަތަރު ވަނަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެކަމަކު ފައިނަލަށް ހޮވިއްޖެ ނަމަ ތިން ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
Changing the format and fixtures after the final draw is unacceptable and ridiculous. New fixture is absolute madness giving teams less than 24hrs rest after matches. @NocNepal or @theanfacom hasn’t taken appropriate action based on @MaldivesFA protest. @theafcdotcom @FIFAcom pic.twitter.com/iprMvmKl4n
— Hussain Jawaz (@jawaaz) November 29, 2019
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުބާރާތުގެ ގުރުނެގުމަށް ފަހު ފޯމެޓާއި މެޗު ޝެޑިއުލަށް ބަދަލު ގެނައުމަކީ ޖޯކެއް ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އާ ޝެޑިއުލްގެ ދަށުން ކޮންމެ ޓީމަކަށް ކޮންމެ މެޗަކަށް ފަހު އަނެއް މެޗުގެ ކުރިން އަރާމުކުރަން ލިބެނީ 24 ގަޑިއިރަށް ވުރެ މަދުންކަން ފާހަގަކޮށް ޖަވާޒް ވިދާޅުވީ މިކަމުގައި ރާއްޖޭން ހެދި ދެކޮޅު ހެދުންތަކަށް، ނޭޕާލުގެ އޮލިމްޕިކް ކޮމިޓީން ވެސް އަދި ނޭޕާލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އެދެވޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
މުބާރާތަށް ފުރުމުގެ ކުރިން ކޯޗު ޕީޓާ ސެގާޓް ވެސް ވަނީ އިންޑިއާ ނުކުޅޭތީ ޝެޑިއުލަށް ބަދަލު ގެންނަން އުޅޭ ވާހަކަ އަޑުއިވިފައިވާ ކަމަށާއި އެކަމަކު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.
"އަހަރެމެންގެ ވިސްނުން ހުރީ ދެ ވަނަ ދުވަހު އިންޑިއާއާ ކުޅެން އޮތް މެޗަށް. އެ ދުވަހު އިންޑިއާ ނެތިއްޔާ އަހަރެމެންނަށް މެޗު ލިބުނީ. މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައި އޮއްވައި ޝެޑިއުލް ބަދަލުކުރެވިގެން ނުވާނެ،" ސެގާޓް ބުންޏެވެ.
ކުރިން އޮތްގޮތުން ރާއްޖެ އާއި އިންޑިއާ އަދި ލަންކާ އެއް ގްރޫޕެއްގައި އޮތުމުން އިންޑިއާ ވަކިވެއްޖެ ނަމަ ރާއްޖެ އާއި ލަންކާ އަށް އޮޓޮމެޓިކުން ސެމީ ފައިނަލުން ފުރުސަތު ލިބުނީ އެވެ.
ރާއްޖޭން މުބާރާތަށް ދިޔައީ ރަން މެޑަލް ހޯދުމުގެ އަމާޒުގަ އެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ރާއްޖޭން ކާމިޔާބުކޮށްފައިވީ ނަމަވެސް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑެލް ލިބިފައެއް ނުވެ އެވެ. ލިބުނު ކާމިޔާބީތަކަކީ 1984 އާއި 2010 ގައި ލޯ މެޑަލް އަދި 1991 ގައި ރިހި މެޑަލް ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްލާ
01 December 2019
ތިއޮތީ ނޭޕާލުން ރީތިކޮށް ހިލުވާލާފަ. އަސްލު ނުކުޅެ އަންނަންވީ
ފޫޖެހި ކޭކު
01 December 2019
ހުރިހާ ޓީމަކަށް ހަމަހަމަ ފުރުސަތު...މުބާރާތްކުޅެވޭތޯބަލާ..ޓީމަށް ހިތްވަރުދީ
ާއަލިމޯޑު
01 December 2019
ކޮން ޝަކުވާއެއް ކުރާކަށް.އެހެން ޓީމްތަކުން ރާއްޖެއަށް އެމީހުން ބޭނުންހާ ގޮތެއް ހެދިޔަސް އެޓީމްތައް މާލެއައުމުން ރާއްޖެއިން މިދެނީ 5 ސްްޓާ ހިިދުމަތް.ރާއްޖެޓީމް އިިންޑިޔާއަށް ދިޔާމަ ކަޑަކެއުންދީފަ ދަނޑާ ހެސްކިޔާފަ ދުރުން އެކޮމޮޑޭޝަން ދީފަ މެޗަށް ދާންޖެހެނީ 2 ގަޑިއިރު ދުއްވާފަ.އެކަމަކު ރާއްޖެ އައިމަ މާލެ ހޮޓެލް ޖެންގަ ފެންވަރުގަ
އިއްުބު
01 December 2019
ރާއްޖެއަށް ރަން މެޑަލް ދޭންވެގެން އިންޑިޔާއިން ވަކިވީކަމަށް ކޯޗުގެ ވާހަކަ އިން އަޅުގަނޑަށް ދޭހަވަނީ!
ހިސެން
01 December 2019
ރާއްޖޭގެ ވޮލީ އަންހެން ޓީ މު މިފަހަރު ސެ މީއައް ދިޔައޭ، ސަބަބު " އަނެއް ޓީ މު ހާޒިރުނުވާތީ". އެހިސާބުން ދެން އުއް މީދުކުރީ ފައިނަލައްދާން އެވެސް އަނެއްޓީ މު ހާޒިރު ނުވާނެކަ މައް ބަލައިގެން. އެކަ މު ކަންދި މާކުރީ އެޔާ އިދި ކޮޅައް. ސެ މީގަ ސީދާ 3 ސެޓުން އިންޑިޔާ އަތުންވީބަލި. ލޮލް
ޜުބިކަން
30 November 2019
ކޮބާތަ ގަދަފަދަ ބާސްކެޓް ގެ ވާހަކަ އެއް ނެއްތަ
އިބުރާ
01 December 2019
ވޮލީޔޯ؟ މިއީ ހަމަ ބޭކާރު ޚަރަދުތަކެއް ކުރާ ބައެއް!
ކައުންސެލަރު
30 November 2019
ކޯޗާ ދެކޮޅަށް ކޮމެންޓް ކުރާ މީހުންނަށް، ވެދުން ސަލާމް! ކޯޗުއެބުނަނީވެސް ރަނގަޅުވާހަކައެއް. ބަލިވުމާ މޮޅުވުން އެއްކިބައިގައި އޮއްވައި ބޮޑުސިންގާހާ މުބާރާތެއްގެ ޝެޑިއުލަށް ހިތުހުރިގޮތެއް ހެދިގެންނުވާނެ. ސަރަހައްދުގެ ގައުމުތަކުން މުބާރާތަށް ރެޑިވެގެންމިއަންނަނީ ވަކިފޯމެޓަކަށް. ދެން އިންޑިޔާ ހަމަބޭނުންވިއްޔާ އެބޭނުންވާހާގޮތަކަށް އެހެން ޓީމުތަކަށް ހެދިގެންނުވާނެ. މަނަމަ ދެންތިބި އެންމެން އެކައްޗެއްކިޔާފަ ފުޓުބޯޅަ މުބާރާތް ބޮއިކޮޓް ކުރީހީ. ބައްޔެއްނު!
މައްސަލަބޮޑޭގެ ސެގާޓޯ
30 November 2019
ބަލިވާނެކަން އެނގޭތީ ބަހަނާ ދައްކަނީ. ނުކުޅެންޏާ ނުކުޅެ ވަކިވެގެން އައިމަ ނިމުނީނު. ކޮންހާ ބަހަނާއެއް ސެގާޓޫ!؟
އުފާ
30 November 2019
ރާއްޖޭގެ ކޯޗް ބުނީ އިންޑިޔާ ނުކުޅޭތީ. ރާއްޖެއަށް މެޗެއްނުކުޅެ ސެމީއަށް ދެވޭނެޔޯ. ޙެހެ
ރައްޔެތު.
30 November 2019
ބަލިވުމުގެ ކުރިން އުޒުރެއް ބުނެލީދޯ