ދަރުމަވެރިކަމުގެ ދާއިރާ އިން މިދިޔަ އަހަރު ޒުވާނުންގެ އިނާމް ހޯދި ދިމްނާ ފާކިރާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވޯޑް ހަވާލުކޮށް ދެއްވަނީ: މި އަހަރުގެ އިނާމު ދިނުން އަންނަ ނޮވެމްބަރު 17 ގައި އޮންނާނެ.
29 ސެޕްޓެމްބަރ 2016 - 20:01
ޒުވާނުންގެ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މިނިސްޓްރީން ބުނީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ޒުވާނުންގެ ގައުމީ އިނާމު މި އަހަރު ދޭން ނިންމާފައި ވަނީ 10 ދާއިރާއަކުންނެވެ. މީގެ އިތުރުން މި އަހަރު ވެސް ޝަހީދު ޖަވާދު އުމަރުގެ ހަނދާނީފިލާ ދޭނެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ ޒުވާނުންގެ ގައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެމީހުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރު އަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޒުވާނުންގެ އިނާމަށް ހޮވޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ. ގެ ފައިސާގެ އިނާމެއް ދެ އެވެ.
ޒުވާނުންގެ ގައުމީ އިނާމު ދިނުމުގެ ހަފުލާ އޮންނާނީ ޒުވާނުންގެ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގަ އެވެ.
މިދިޔަ އަހަރު ޒުވާނުންގެ ގައުމީ އިނާމް ހަ ދާއިރާއަކުން ހަ ޒުވާނަކަށް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
01 October 2016
ޒުވާނުން ބޭނުންވަނީ ޤައުމީ އިނާމެއްނޫން، ޒުވާނުން ބޭނުންވަނީ ވަޒީފާ، އަދި ވިޔަފާރީގެ ތެރެއަށްވަދެ ސަރުކާރަށް ބަރޯސާނުވެ ތިމާގެއާއިލާ ބެލެހެއްޓޭނެ ގާބިލުކަން، އެކަން އެބަކުރެވޭތަ؟
ހަަރީރު
29 September 2016
25 ހާސް ރުފިޔާއެއް ނުދޭ. އެއީ ދޮގެއް.