ވިޔަފާރި / އެޑްވަޓޯރިއަލް

ސީޖެޓް އެންޓިފޯލިން: އޮޑީގެ ވައްތަރަށް ހާއްސަކޮށްފައި، އުމުރު ދިގުކޮށްދޭ

މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި ހުރި ސީގިއާގެ ސްޓޯލްގައި ދައްކާލަން ބަހައްޓާފައި ހުރި ސީޖެޓްގެ އުފެއްދުންތަކެއް.-- ފޮޓޯ: ސީގިއާ

އޮޑީގެ އުމުރު ދިގުވެ، ވީހާ ވެސް ގިނަ ދުވަހު ގެއްލުމެއް ނުވެ ގެންގުޅުމަކީ ކޮންމެ އޮޑިވެރިއެއްގެ ވެސް އުއްމީދެކެވެ. އޮޑި ސާފުކޮށް ރީތިކޮށް ގެންގުޅުމާއި މޫދުގައި އޮންނައިރު ފެހި ޖެހުމާއި ގާފޮރިން ސަލާމަތް ކުރުމަކީ މެދުކެނޑުމެއް ނެތި ކުރަންޖެހޭ ކަމެކެވެ. އޮޑި އަށް ކަމުދާ ދަވާދާއި އެންޓިފޯލިން ބޭނުންކުރުމުން، ގާފޮރި އާއި ލޮނުގެ ސަބަބުން އޮޑި އަށް ލިބޭ ގެއްލުން ކުޑަކޮށް ދެ އެވެ. އޮޑި އަށް ފުރިހަމަ އަށް އަޅާލައިގެން އޮޑި އަށް މޮޅުވާނެ ގޮތަށް ކަންތައްތައް ބެހެއްޓުމުން އޮޑީގެ އުމުރު ދިގުވެ، އޮޑިން ލިބޭ ނަފާ ބޮޑުވެގެން ދާނެ އެވެ.

ލަކުޑި، ފައިބަރު އަދި ދަގަނޑު އުޅަނދުފަހަރަށް ވަކިން ހާއްސަކޮށް އެންޓިފޯލިން އުފައްދާފައި ހުރެ އެވެ. ކޮންމެ ވައްތަރެއްގެ އޮޑިއަކީ ވެސް ތަފާތު އޮޑިއެއްކަން ދަނެގަނެ އެ އަށް ހާއްސަކޮށް އުފައްދާފައިވާ އެންޓިފޯލިން އާއި ދަވާދު ބޭނުންކުރުމުން އޮޑީގެ އުމުރު ދިގުވެ، އޮޑި ވަރުގަދަކޮށް ބޭއްވުމަށް ކުރަންޖެހޭ ހަރަދު ކުޑަވެގެން ދެ އެވެ.

ގާފޮރި ޖެހުމުން އޮޑިދޯނިފަހަރުގެ ދަށުއޮޑި، ބަނޑުފިލާ، ހުންގާނު އަދި ބުރަފައްޗަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. މީގެ އިތުރުން، ގާފޮރި އާއި ފެހި ގިނަވާ ވަރަކަށް އޮޑި ބަރުވެ، ފެނަށް ހިފާ ވަރު ގަދަވެ އެވެ. މީގެ ސަބަބުން އޮޑީގެ ދުވެލި ދަށްވެ އެވެ. ދަށުއޮޑި އާއި ބުރަފަތި ގާފޮރިން ސަލާމަތްކުރުމަށް ފެންވަރު ރަނގަޅު އެންޓިފޯލިން އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރުން މުހިންމެވެ. އޮޑި ދުވެއްޔަށް ފަހިވާނީ ބަނޑުފިލާ އޮމާންވި ވަރަކަށެވެ.

މިކަމަށް ސީޖެޓްގެ އުފެއްދުންތަކުން ހައްލު ހޯދައި ދެ އެވެ. ކަނޑު އުޅަނދުފަހަރާއި އެ ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ވައްތަރުތަކުގެ އެއްޗެހި ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް ވިއްކާ ސީގިއާ އިން ރާއްޖެ އަށް ތައާރަފް ކުރި ސީޖެޓްގެ އުފެއްދުންތަކުގެ އެންމެ މުހިންމު އަސާސަކީ އެއީ އެވެ. އަގުހުރި މުދާ ގިނަ ދުވަހަށް ރައްކާތެރި ކޮށްދިނުމުގެ ޔަގީންކަމެވެ.

މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި ހުރި ސީގިއާގެ ސްޓޯލްގައި ދައްކާލަން ބަހައްޓާފައި ހުރި ސީޖެޓްގެ އުފެއްދުންތަކެއް.-- ފޮޓޯ: ސީގިއާ

ޖަޕާނުގެ ސީޖެޓަކީ ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ދަވާދު އަދި އެންޓިފޯލިން އުފެއްދުމުގައި ދުނިޔޭގައި މަޝްހޫރުކަން ހޯދައިފައިވާ ކުންފުންޏެކެވެ. ނުވަދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސީޖެޓްގެ އުފެއްދުންތައް ވަނީ މި ސިނާއަތުގައި އެންމެ މަތީ ފަންތީގެ ބައިނަލްއަގުވާމީ އެވޯޑުތައް ހޯދައިފަ އެވެ. ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދައިފައިވާ ސީޖެޓްގެ ކާމިޔާބީގެ ފަހަތުގައި ވަނީ ޒަމާނީ އާ އީޖާދުތައް ކުރުމާއި އޮޑިދޯނިފަހަރުގެ އުމުރު ދިގުކޮށް ދޭ ތަފާތު އުފެއްދުންތައް އުފެއްދުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމެވެ.

ގާފޮރި ޖަހަނީ ކީއްވެ؟

ބަޔޮލޮޖިކަލް ފައުލިން ނުވަތަ ގާފޮރި ޖެހުމަކީ، ތެމިފައިވާ ނުވަތަ ފެނުގެ އަސަރު ކޮށްފައިވާ ތަންތަނުގައި ލޮލަށް ނުފެންނަ ދިރޭ މައިކްރޯ އޯގަނިޒަމްސް އެއްވެ، އާލާވުމަށް ކިޔާ ނަމެކެވެ. މި ގޮތުން ދޯނިފަހަރުގެ ކަޑިފަށަށް އަދި ދަށުއޮޑި އަށް ލޮލަށް ނުފެންނަ ދިރޭ އެއްޗެހި އެއްވެ، މޫދުގައި މުރަކަ ހެދޭ ފަދައިން އާލަވެ، ގިނަވާން ފަށަ އެވެ.

ގާފޮރި ޖެހުން ބެހެނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ މަރުހަލާގައި ލޮލަށް ނުފެންނަ ދިރޭ އެއްޗެހި އެކުލެވޭ ގޮތަށް އޮލަ ފަށަލައެއް ދަށުއޮޑީގައި އުފެދި، މޫދުގައި އުޅޭ ތަފާތު ވައްތަރުގެ ބެކްޓީރިއާތައް މި ފަށަލައާ ގުޅެން ފަށަ އެވެ. ދެވަނަ މަރުހަލާގައި ކުރިން ހެދިފައިވާ ފަށަލަ އަށް ބެކްޓީރިއާގެ ބޮޑެތި ވައްތަރުތައް އެއްވެ އާލާވާން ފަށަ އެވެ. މީގެ ސަބަބުން ގާފޮރީގެ މަޑު އަދި ހަރު ވައްތަރުތައް އުފެދެން ފަށަ އެވެ.

ސީޖެޓް އެންޓިފޯލިން ސިސްޓަމް

ޕްރައިމަރީ ދަވާދު:

މިއީ އެންޓިފޯލިން ލުމުގެ ކުރިން ލާ ދަވާދެކެވެ. މީގެ ސަބަބުން އެންޓިފޯލިން އިތުރަށް ވަރުގަދަވެ، އޮޑީގައި ހިފާލެއް ގަދަވެ، ގިނަ ދުވަހު އޭގެ ބާރު ނުކެނޑި ހިފަހައްޓައި ދެ އެވެ.

އެންޓިފޯލިން ދަވާދު:

މިއީ ފެހި އަދި ގާފޮރި ޖެހުން ހުއްޓުވައި ދޭ، ދޯނިފަހަރުގެ އުމުރު ދިގުކުރުމަށް ކޮންމެހެން ވެސް ލާންޖެހޭ ދަވާދެކެވެ.

ޓޮޕްކޯޓް:

މިއީ އެންޓިފޯލިން ދަވާދުގެ މަތިން ލާ، އިރުގެ ވަރުގަދަ ދޯދި ތަކުންނާއި ކުނޑި އަދި ސޫފާސޫފިން އޮޑި އިތުރަށް ރައްކާތެރިކޮށް ދީ، އެންޓިފޯލިން ދަވާދަށް އިތުރު ފުރިހަމަ ކަމަކާއި ބާރެއް ގެނުވައި ދޭ ދަވާދެކެވެ.

މިހާރު ކުރިއަށް ދާ މެރިން އެކްސްޕޯގައި ހުރި ސީގިއާގެ ސްޓޯލްގައި ދައްކާލަން ބަހައްޓާފައި ހުރި ސީޖެޓްގެ އުފެއްދުންތަކެއް.-- ފޮޓޯ: ސީގިއާ

ސީޖެޓް އެންޓިފޯލިން އިން ގާފޮރިޖެހުން ހުއްޓުވައި ދެނީ ކިހިނެތް؟

- ސެލްފް ޕޮލިޝިން (އިރޯޑިން އެންޓިފޯލިން):

އެންޓިފޯލިން ދަވާދު ފެނުގައި ޖެހުމުން އެންމެ ބޭރު ފަށަލަ ކެމިކަލެއްގެ ގޮތުގައި ފެނަށް ވިރި، ގާފޮރި ޖެހުމާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔޯސައިޑް (ގާފޮރި ޖަހަން މެދުވެރި ކުރާ ބެކްޓީރިއާ ހުއްޓުވާ ކެމިކަލް) ކޮންޓްރޯލު ކުރެވިފައިވާ ރޭޓެއްގައި ބޭރުކުރަން ފަށަ އެވެ. އަދި ދަށުއޮޑި ވަށައިގެންވާ ފެނުން އެ ފަށަލަ އަބަދު ވެސް އޮމާންކޮށް ދީ، ދަށަށް ހުރި ބަޔޯސައިޑް ފަށަލަތަށް ހާމަކޮށް ދެ އެވެ. އެންޓިފޯލިންގެ މުއްދަތު ހަމަވަން ދެން މި ގޮތަށް މި މަރުހަލާތައް ތަކުރާރުވަމުން ދެ އެވެ.

ހާޑް އެންޓިފޯލިން (ފައުލް ރިލީސް):

މި ޓެކްނޮލޮޖީގެ ސަބަބުން ދޯނީގައި ގާފޮރި ޖަހާ ފަށަލަ ވަރަށް ބޮޑަށް އޮމާންކޮށް ދީ އިތުރަށް ގާފޮރި އުފެދުން ހުއްޓުވައިދެ އެވެ. މި ޓެކްނޮލޮޖީ މަސައްކަތް ކުރާނީ އެންޓިފޯލިން ދަވާދުގައި އެކުލެވިފައި ހުންނަ ބަޔޯސައިޑް ގިރިގެން ދިއުމުގެ ބަދަލުގައި މަޑުމަޑުން އަމިއްލަ އަށް ދޫކުރާ ގޮތަށެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން އާމިރު

02 October 2016

ހުސްދޮގު............

The name is already taken The name is available. Register?

ހަމްދޫން

30 September 2016

ހާދަފައްކަލޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454