އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސުއޫދު މިއަދު އައްޔަން ކުރެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ދެބޭފުޅުންނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2019 - 17:29
އުއްތަމަ ފަނޑިޔާރަކަށް ކުރީގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާގައި އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން 64 މެމްބަރުން ވޯޓު ދެއްވި އިރު، އޭނާއާ އައްޔަން ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމުގެ ކުރިން ސުއޫދު ވަނީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ.
ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ފުރިހަމަ ކުރެއްވި މުއުތަސިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށެވެ. އޭގެ ކުރިން އޭނާ ވަނީ ލޯ ކޮމިޝަންގެ މެމްބަރު ކަމާއި އެޗްއާރުސީއެމްގެ މެމްބަރު ކަމާއި ފޮރިން އިންވެސްޓްމަންޓް ބޯޑުގެ މެމްބަރު ކަމާއި ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރު ކަން ވެސް ކުރައްވައިފަ އެވެ.
މުއުތަސިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި މިއަދު ކުރައްވަނީ: މުއުތަސިމަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އޭގެ އިރުކޮޅެއް ކުރިން ކުރެއްވި ހުސްނުއް ސުއޫދު.---ފޮޓޯ: ރައީސް އޮފީސް
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމާއި ލޯ ކޮމިޝަންގެ ޗެއާމަން ކަން ކުރެއްވި ސުއޫދު އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީގައި ލޯ އިން ވަނީ މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އޭނާ ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ސުއޫދަށް ގައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފަ އެވެ.
ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި މިއަދު ކުރައްވަނީ: ސުއޫދަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު.---ފޮޓޯ: ރައީސް އޮފީސް
ސިވިލް ކޯޓުގެ އިސް ގާޒީކަމާއި ބާ އެސޯސިއޭޝަންގެ ރައީސްކަމާއި އެޗްއާރުސީއެމްގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދަކީ މިހާރުގެ އާ ގާނޫނުއަސާސީ ޑްރާފްޓް ކުރެއްވުމަށް ބުރަ މަސައްކަތެއް ކުރެއްވި، އަދި ހާއްސަ މަޖިލިހުގެ މެމްބަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ މުއުތަސިމާއި ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓަށް މިހާރު މަދު ވަނީ އެންމެ ދެ ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
09 December 2019
މާޒީގަ ތިކޯޓުން ކަންކުރި ގޮތަށް ކަންތަށްވެގެންނުދާނެމަށް އުންމީދުކުރަން ﷲގެ ވާގިފުޅާއެކު މިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރެވިގެންދާތަން ފެންނާނެކަމަށް އުންމީދުކުރަން
އަލީ!
09 December 2019
ސުޕްރީމް ކޯޓް 5 ފަނޑިޔާރުންނަށް ހެދުން ރަގަޅުކަމަށްފެނޭ.
އިންޓެގްރިޓީ
09 December 2019
ޑރ އަފްރާޝީމްގެ ގާތިލުން ފުރައިގެން ދިޔަ ވާހަކަ އެންމެ ކުރިން މިގައުމުގައި ދެއްކެވި ބޭފުޅާ އެ ދެއްކެވި ވާހަކަ ރިޕޯޓަށް ނުލުމަކީ ފަނޑިޔާރުކަން ލިބެންޖެހޭ ސަބަބެއް؟
އަހުމަދު ސަޢީދު
09 December 2019
މިހާރު ތި ތަނުގެ މެޖޯރިޓީކއަކީ "ކޮމަން ލޯ" އިން ކިޔަވައިގެން ތިބި މީހުންކަން ދަންނަންޖެހެއެވެ.މިއީ 100 އިންސައްތަ އިސްލާމް ޤައުމެއްކަމުގައި ވީހިނދު މިޤައުމުގެ އިސްޕްރީމް ކޯޓުގެ ބާކީ ދެން އޮތް ދެމަޤާމަށް ޢަރަބި ބަހާއި، އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިބި ބަޔަކު ބައިތިއްބަންޖެހެއެވެ.ނޫނި ފެންނާނީ ނުކަސިޔާރު ކަންކަމެވެ.
މެދެވަލަ
09 December 2019
މުއުތަސިމްގެ ކާފަ ހުސައިން ސަލާހުއްދީން ކިޔަވާވިދާޅުވުމަށް ވަޑައިގަތީ އައްޑޫ މީދޫއަށް. އެދުރަކީ އައިސާގެދަރު އިބްރާހިމް ތަކުރުފާނު (ދޮންބެއްޔާ). ދޮންބެއްޔާގެ އެދުރަކީ މީދޫ އެދުރުގޭ އިބްރާހިމް މަޖްދުއްދީން. މަޖްދުއްދީނަށް މުނިކާފަ ކިޔާ ދެމީހުން އަޒްމިރަލްޑާ ޒާހިރާއި ހުސްނުއްސުއޫދަކީ
ޝޮކްތެރަޕީ
09 December 2019
ސިޔާސީމީހުން ފަޑިޔާރަކަ ލީމަ. ޤައުމަށް ވާނީކިހިނެ؟ އެމްޑީޕީ މީހުން ލައިގެން ޕީޕީއެމްގެ މީހުން ޖަލައްލާން ހުކުން ކުރީމަ ކަމަކުނުދާނެ. ސިޔަސީމީހުން ލައިގެން ރާއްޖެ ހަލަބޮލި ކުރަން މިއުޅެނީ.
އައް ދައުލަތުލް ޖަޒީރިއްޔާ
08 December 2019
މިއަދު މަތީމަގާމާ ބޮޑުވަޒީފާލިބެނީ ގިނައިން ލަދުހަޔާތް އަރުއްވައިގަނެގެން އުޅުއްވާ އިތްޒަތްތެރި ބޭފުޅުންނައްކަން ސާބިތުކޮއްދީފި.
ޢާއްމު ރައްޔިތު 360 ޑިގްރީ
08 December 2019
އަޅުގަނޑުމެން ބަލަން އެބަތިބީމުއެވެ. ތިޔައެރުނީ ފަނޑިޔާރުގޭގެ އެންމެ މަތީ ފަޑިއަށްކަން ހަދާނުގާ ބެހެއްޓުން ބުއްދިވެރި. ތިޔަހުރި އިންސާފްވެރިކަމާއި އަދުލުވެރިކަން ފެންނާނީ ދިވެހި ރައްޔަތުންނާ ގުޅުންހުރި ވަރުގަދަ ހުކުމެއް އިއްވާލަންޖެހޭ ދުވަހަކުންނެވެ. ވަރަށް ވެދުން....!
ވާނެ ގޮތް
08 December 2019
ސުޕްރީކޯޓް ލީޑް ކުރާނީ ސުޢޫދުގެ ޓީމުން ނެވެ. ދެން ހުރި ބޭފުޅާ ކޯފާވެ ފާވެފައި ހުންނަވާނީ އެވެ.
ރަދީފު ބިން ރަފައިދާ
08 December 2019
ސޫދު މީ ފުޅިމަދުއުނގުރިއެއްދޯ. ކޮންމެ ތަނަކަށްވެސް ބަރާބަރަށް ފިޓު. ޕޮލިސްކަންކުރަންދިނަސް ޕޮލިހުންނަށްވުރެ މާކުރީގައި އޭނާ އުޅެނީ.