ވިޔަފާރި / އެޑްވަޓޯރިއަލް

ޔޫކޭގެ ފެންވަރު ރަނގަޅު މާސްޓާސް ޕްރޮގްރާމެއް ނާސިންގެ ދާއިރާއިން ވެސް

ވިލާ ކޮލެޖުން މީގެ ކުރިން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--. ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގެ ނިސްބަތުން ޕްރޮފެޝަނެއްގައި އެންމެ ގިނަ މީހުން ވަޒީފާ އަދާ ކުރާ އެއް ދާއިރާއަކީ ނަރުސްކަމެވެ. އެ ދާއިރާ އަށް އަންނަ ކުރިއެރުންތަކާއި ތައުލީމް ލިބިގަތުމާއި ތަމްރީން ހޯދުމަށް ލިބޭ ފުރުސަތުތަކަކީ ގައުމީ ފެންވަރުގައި ވެސް ލިބޭ ކުރިއެރުންތަކަށް ވެގެންދާނެ އެވެ.

މިހާރު ނަރުސްކަން ކުރަމުން އަންނަ ނަރުހުންނަށް ހަމަގައިމު ވެސް މިކަން ވާނީ އުފާވެރި ހަބަރަކަށެވެ. އިނގިރޭސިވިލާތުގައި ކުރިއަރަމުން އަންނަ ޔުނިވާސިޓީއެއް ކަމަށްވާ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގެލޭންޑު (ޔޫވީ) ގެ މާސްޓާ އޮފް ސައިންސް އިން ނާސިން ޕްރޮގްރާމް އަންނަ މަހު ފަށަން ވިލާ ކޮލެޖުން އަންނަނީ ތައްޔާރުވަމުންނެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަކީ ނާސިން ދާއިރާއިން ޑިގްރީ ހާސިލްކޮށްފައި ތިބި ނަރުހުންނަށް އިތުރު ހުނަރާއި މައުލޫމާތު ހިމަނައިގެން ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ.

ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑަކީ އިނގިރޭސިވިލާތުގެ ސަރުކާރުން ޔުނިވާސިޓީތަކުގެ ފެންވަރު ވަޒަން ކުރަން ބޭނުންކުރާ މިންގަނޑެއްކަމަށްވާ ޓީޗިން އެކްސެލެންސް ފްރޭމްވޯކް (ޓެފް)ގެ ރަން ވަނަ ލިބިފައިވާ ޔުނިވާސިޓީ އެކެވެ. އަދި މި އަހަރުގެ ގާޑިއަން ލީގް ޓޭބަލްގައި މި ޔުނިވާސިޓީ ވަނީ 28 ވަނައަށް ގިންތި ކުރެވިފަ އެވެ.

އޭޑީކޭގައި ނަރުހުންތަކެއް މަސައްކަތްކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލާ ކޮލެޖުން ބުނިގޮތުގައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމެއް ކަމުގައިވިޔަސް ކިޔަވައިދޭނެ މޮޑިއުލްތައް ހޮވާލުމުގައި ރާއްޖޭގެ މާހައުލާ ގުޅޭ އަދި އެ ދާއިރާއިން ރާއްޖެ އަށް އެންމެ މުހިއްމު ކަންކަމަށް އިސްކަން ދީފައިވާނެ ކަމަށެވެ. މިގޮތުން ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ މީހުން ބެލެހެއްޓުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށާއި ސަބްސްޓޭންސް މިސްޔޫސް އަދި އޮކިއުޕޭޝަން ހެލްތު ފަދަ ދާއިރާތަކަށް ބަލާފައިވާނެ އެވެ. އޭގެ އިތުރުން ހާލު ދެރަ ބަލި މީހުން ދެނެގަތުމާއި އެފަދަ މީހުންނަށް ފަރުވާދިނުމާއި ބެލެހެއްޓުމާ ބެހޭގޮތުން ފަރުމާ ކޮށްފައިވާ މޮޑިއުލެއް ވެސް އެ ޕްރޮގްރާމްގައި ހިމަނާފައި ވެ އެވެ.

ޔޫވީގެ އެ ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ނަރުހުންނަކީ ތަފާތު އެކި ހާލަތްތަކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދަނެގަނެ އެފަދަ ހާލަތްތަކަށް ހޭނުމާއި އަދި ނަރުހުންގެ ކިބައިގައި ހުންނަން ޖެހޭ އެކި ހުނަރުތައް ތަރައްގީކުރުމާއެކު އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރާނެ މީހުން ބިނާކުރުމަށް ސަމާލުކަށް ދީގެންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ނަރުހަކު މަަސައްކަތް ކުރަނީ.-- މިހާރު ފޮޓޯ

އެ ޕްރޮގްރާމްގައި ލީޑަޝިޕް މޮޑިއުލެއްގެ އިތުރަށް ސިއްހީ ދާއިރާއިން ދިރާސާކުރުމާ ބެހޭ މޮޑިއުލެއް ވެސް ވަނީ ހިމަނައިފަ އެވެ. މިއީ ރާއްޖޭގައި ނާސިންގެ ދާއިރާއިން ޑިޒަޓޭޝަނެއް ހިމެނޭގޮތަށް ފަރުމާ ކޮށްފައިވާ ހަމައެކަނި މާސްޓާސް ޕްރޮގްރާމެވެ. މިއީ މި ދާއިރާއިން ޕީއެޗްޑީ ހެދުމުގެ ވިސްނުން ހުރި މީހުންނަށް ވެސް މުހިއްމު ޕްރޮގްރާއްމެއް ކަމަށް ވިލާ ކޮލުޖުން ބުންޏެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ހިންގަން ރާވާފައިވަނީ އަތޮޅުތެރޭގައި މަސައްކަތް ކުރާ ނަރުހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގު ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުން އަންނަނީ މިހާރު ވެސް ޔޫވީގެ ބެޗްލާ އޮފް ނާސިންގެ ޓޮޕް އަޕް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. މިހާތަނަށް 300 އަށް ވުރެ ގިނަ ދަރިވަރުން އެންރޯލް ވެފައިވާ އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް މިހާރު ނިމި މި އަހަރު ވަނީ 22 ދަރިވަރުން ގްރެޖުއޭޓް ވެފައެވެ. މީގެ އިތުރުން ވިލާ ކޮލެޖުގައި ނާސިން ޑިޕްލޮމާ އަދި ފާމަސީ ޕްރޮގްރާމްތައް ވެސް އަންނަނީ ހިންގަމުންނެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

sagester

19 December 2019

ވިލާކޮލެޖުން ރާއްޖޭގެ މަތީ ތައުލީމު ހަލާކުކޮށްފި ! ބްލޮކްމޯޑަށް މަހަކު އެއްދުވަހު ކިޔަވައިގެން އަހަރަކު ހަ ދުވަހު ކިޔަވައިގެން ކޮން މާސްޓާސްއެއްތޯ ހެދޭނީ ؟ ކޮބައިތޯ ފެންވަރު .. ރާއްޖޭގައި ބްލޮކްމޯޑަށް ހިންގާ ހުރިހާ ކޯސްތަކެއް ހުއްޓުވާލަން، އެމްކިއުއޭ އަށް ގޮވާލަން !

The name is already taken The name is available. Register?

ބޭކާރު

18 December 2019

ބޭކާރު ކަމެއް. އެންމެން ބަލަނީ ފަސޭހައިން ލިބޭ ސެޓިފިކެޓު. ވަޒީފާ ދޭ މީހުންވެސް ހޭލުންތެރިވެގެން ވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454