ދިވެހި އިންޝުއަރެންސްގެ ކަލަންޑަރު: މިކަލަންޑަރަކީ މޭޒުމަތި ތަރުތީބު ކުރަން އެހީ ވެދޭ އެއްޗެއް-- ފޮޓޯ: ދިވެހި އިންޝުއަރެންސް
21 ޖެނުއަރީ 2020 - 14:09
އެއީ ރީތި ފޮއްޓެކެވެ. ހުޅުވާލުމުން ނެގޭނީ ރީތި ކަލަންޑަރެކެވެ. އެކަމަކު ދިވެހި އިންޝުއަރެންސްގެ މި ކަލަންޑަރުން ބުނެދެނީ ދުވަސްތައް އެކަންޏެއް ނޫނެވެ: މޭޒުމަތި ތަަރުތީބުކޮށްލުމުގެ އެހީތަކެއް ވެސް އޭގައި ވަނީ ހިމަނައިފަ އެވެ.
މިހާރު މި ފެންނަނީ ތަފާތު ކުންފުނިތަކުގެ އަހަރީ ކަލަންޑަރުގެ ސިފަޔަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ތަނެވެ. އޭގެ ތެރެއިިން ވެސް، ދިވެހި އިންޝުއަރެންސްގެ މި އަހަރުގެ ކަލަންޑަރުން ފާހަގަކޮށްލެވޭ ކަންކަން ގިނަ އެވެ.
ކަލަންޑަރު ބަހާލާފައި ވަނީ ފަސް ބަޔަކަށެވެ. މަސްތަކަށް ހާއްސަ ގަނޑުތަކަކީ އެއް ބަ އެވެ. އެކަމަކު އެ ގަނޑުތައް ދޫކޮށްލާފައި ވަނީ ހަމައެކަނި މަސްތަކުގެ ދުވަސްތައް ޖަހާފައެއް ނޫނެވެ. ދިވެހި އިންޝުއަރެންސްގެ ވެރިންނާއި މުވައްޒަފުންގެ ތަފާތު ފޮޓޯތަކުން ދައްކައިދެނީ، އެ ކުންފުނީގެ "ހިނިތުންވުމާއި" މަސައްކަތުގެ މާހައުލެވެ.
ދިވެހި އިންޝުއަރެންސް ކަލަންޑަރުގައި ގަލަމާއި ތަޅުދަނޑި ބަހައްޓާފައި-- ފޮޓޯ: ދިވެހި އިންޝުއަރެންސް
ކޮންމެ ގަނޑެއްގެ އަނެއް ފުށުގައި ދެނީ މެސެޖެކެވެ. އެގޮތުން އިންޝުއަރެންސާ ގުޅުން ހުރި ތަފާތު ވާހަކަ، ކުރު އިބާރާތްތަކުން ގެނެސްދީފައިވެ އެވެ.
މޭޒުމަތި ތަރުތީބުކޮށްލުމުގެ އެހީތެރިޔަކަށް މި ކަލަންޑަރު ވަނީ، އޭގައި ހިމެނޭ އެހެން ބައިތަކުންނެވެ. ގިނަ ފަހަރަށް ސައިކަލްގެ ތަޅުދަނޑި މޭޒުމަތީގައި ތަރުތީބެއް ނެތި ބޭއްވެ އެވެ. އެކަމަކު މި ކަލަންޑަރުގައި ތަޅުދަނޑި ފަދަ އެއްޗެހި ރައްކާކޮށްލެވޭނެ ކުޑަ "ވަތްގަނޑެއް" ހަރުކޮށްފައިވެ އެވެ.
އޭގެ އިތުރުން ގަލަން ބަހައްޓާނެ ތަނަކާއި، ތަތްކުރާ ނޯޓުތައް ލިއާނެ ކަރުދާސްކޮޅުތައް ވެސް ހިމެނެ އެވެ.
"އުއްމީދުކުރަން މި ކަލަންޑަރު ބޭނުންކުރާ މީހުންނަށް ފަސޭހަވާނެ އެއްޗަކަށް ވާނެ ކަމަށް،" ދިވެހި އިންޝުއަރެންސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހީމާއިބުރޭ
21 January 2020
މިހާރު ދެން ލައްކަގިނަ އެވޯޑިން ސެރެމަނީ ތައް އެބަ ބާއްވާ ، " ބެސްޓް ކަލަންޑަރ އޮފް 2020 " (މޭޒުމަތީ ) ވެސް ހޮވަން ވަރަށް ފެނޭ ...
ކްއިކްގަން މުރުގަން
21 January 2020
އަވަހަށް އުޅެންވީ ސްޕޮންސާރ ހޯދައިގެން ތިޔަކަން ކުރަން ލައްކަ ޕްރޮފިޓް ވާނެ.
ކްއިކްގަން މުރުގަން
21 January 2020
ކިހިނެއްތޯ ތަރުތީބު ކުރަނީ؟ ތިވެސް ލިބެނީ ވަކިބަޔަކަށް. ހޯދަން އެދުނީމަ ބުނަނީ ނޯ ސްޓޮކް.
ކަލަންޑަރ
21 January 2020
ތިޔަ އެއްޗެއް ލިބެންހުރިތަނެއް ބުނެނަދީބަލަ؟
ކްއިކްގަން މުރުގަން
21 January 2020
ނެތޭ އެއްވެސް ތާކު. އޮފީސްތަކަށް ބަހާ ނިމިއްޖެޔޯ! ގުޅީމަ ބުނީ ނޯ ސްޓޮކް. ދިރާގު ކަލަންޑަރަކަށް އެދިގެން ނޯޓްކޮށްގެން ހުންނަތާ އަހަރަކަށް ވުރެ ގިނަވެއްޖެއް ގުޅީމަ ބުނީ އެނުގުޅީ ނެތީމަޔޯ ދެން ކިހިނެއްހޯދާނީ ބުނެބަލަ "ކަލަންޑަރ" ތިވެސް ލިބޭނީ މޭޒު ދަށުން، ނޫނީ މަތީ މަގާމުގަތިބޭ މީހުންނަށް.