އޭސީީސީއަށް އަލަށް އައްޔަންކުރި ބޭފުޅުންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ.: ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެ ވަނީ ހަ ދަރަޖަ ވެއްޓިފައި. --ފޮޓޯ: ރައީސް އޮފީސް
23 ޖެނުއަރީ 2020 - 14:13
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރާ ސާވޭގައި، މިދިޔަ އަހަރު ރާއްޖެ އޮތީ 29 ޕޮއިންޓާއެކު 130 ވަނައިގަ އެވެ. އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު ސީޕީއައިގެ ނަތީޖާއާ އަޅާބަލާއިރު ރާއްޖެ މި ވަނީ ދެ ޕޮއިންޓް ދަށްވެ، ގައުމުތަކުގެ ތަރުތީބުކުރުމަށް ބަލާއިރު ހަ ދަރަޖަ ވެއްޓިފަ އެވެ.
މިއީ ކޮންމެ އަހަރަކު ދުނިޔޭގެ 180 ގައުމާއި އެ ގައުމުތަކުގެ ދައުލަތުގެ މަސައްކަތްތަކުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރާ މިންވަރު، ސާވޭކޮށްގެންނާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއުކުރާ ދިރާސާއެކެވެ.
ރާއްޖެ ހިމެނިފައިވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް 50 އަށްވުރެ ދަށުން ޕޮއިންޓް ލިބުނު ގައުމުތަކުގެ ތެރޭގަ އެވެ. ލިސްޓުގެ ތިން ބައިކުޅަ އެއްބަޔަކީ އެ މިންވަރަށް ޕޮއިންޓް ލިބިފައި ހުރި ގައުމުތަކެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މިދިޔަ އަހަރުގެ ނަތީޖާ ނެރުމަށް ތިން ކަމަކަށް ބަލާފައިވާ ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސް، ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީގެ ހާލަތު މައުނަވީ ގޮތެއްގައި އޮތް މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކުން ގައުމުތަކުގެ ސިޔާސަތުތަކާއި މުއައްސަސާތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް އަލިއަޅުވާލާ ތައްޔާރުކުރާ ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުނަޝަލް އެސެސްމަންޓެވެ.
ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރާ ސާވޭގައި، މިދިޔަ އަހަރު ރާއްޖެ އޮތީ 29 ޕޮއިންޓާއެކު 130 ވަނައިގަ އެވެ. އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރު ސީޕީއައިގެ ނަތީޖާއާ އަޅާބަލާއިރު ރާއްޖެ މި ވަނީ ދެ ޕޮއިންޓް ދަށްވެ، ގައުމުތަކުގެ ތަރުތީބުކުރުމަށް ބަލާއިރު ހަ ދަރަޖަ ވެއްޓިފަ އެވެ.
މިއަހަރުގެ ސީޕީއައިގައިވާ މައުލޫމާތުތަކުގެ ތަފްސީލަށް ބަލައިލުމުން އެނގެނީ، އެ ޖަމިއްޔާއިން ބުނިގޮތުގައި، ސިޔާސީ ހަރަކާތްތަކާއި ފައިސާ އަދި ކޮރަޕްޝަނާ ހުރި ގުޅުމެވެ. ސިޔާސީ ކެމްޕެއިންތަކުގައި ފައިސާ ހަރަދުކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގާނޫނުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި ސިޔާސީ ބާރާއި އިންތިޚާބުތަކުގެ ތެރެއަށް ފައިސާގެ ނުފޫޒު ފޯރަމުންދާ މިންވަރު ވެސް ދިރާސާގެ ހޯދުންތަކުން ހާމަވާ ކަމަށް ބުންޏެވެ.
"މި ދިރާސާގެ ހޯދުންތަކާ ދުނިޔޭގެ ގައުމުތަކުގައި ޑިމޮކްރަސީ އަށަގަނެފައިވާ މިންވަރު ހާމަކުރާ ތަފާސްހިސާބުތަކާ އަޅާ ބަލައިލުމުން އެނގިގެން ދަނީ ކެމްޕެއިންތަކުގައި ފައިސާ ހަރުދަނާކުރާނެ ގޮތުގެ ހަރުދަނާ އުސޫލުތައް ގާނޫނުގައި ލިޔެވި، ރަނގަޅަށް ތަންފީޒުކުރެވޭ، ހާމަކަމާއި އެންމެންގެ ބައިވެރިވުމާއެކު ސިޔާސީ ކަންކަމުގައި ގޮތް ނިންމުމުގެ ސަގާފަތް ހަރުލާފައިވާ ގައުމުތަކުގައި ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތައް މާ ބޮޑަށް ވެސް ކާމިޔާބުކަމުގަ އެވެ،" ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.
އެއާ ހިލާފަށް ރާއްޖެ ފަދަ، ވޯޓުގަތުމުގެ އަމަލުތައް ގިނަ، ކެމްޕެއިން ފައިސާ ހަރަދުކުރުމުގެ ހަރުދަނާ އުސޫލުތައް އެކަށައެޅިފައިނުވާ ގައުމުތައް ސީޕީއައިގައި ފެންނަނީ އެންމެ ދަށުން ކަމަށް ވެސް ބުންޏެވެ.
ސިޔާސީ ކަންކަމުގައި އާއްމުންގެ އިތުބާރު ހޯދުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ހަ ކަމަކަށް ގޮވާލި އެވެ. އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ހުއްޓުވައި މަސްލަހަތު ފުށުއެރުން ކުޑަކުރުމަށްޓަކައި މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމާއި އިންތިޚާބީ ނަޒާހަތްތެރިކަން ހަރުދަނާކޮށް ދޮގު މައުލޫމާތު ފެތުރުމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
25 January 2020
ޝުކުރިއްޔާ އިއްޒަތްތެރި ރައީސް! ގައުމު އަނެއްކާވެސް 6 ދަރަޖަ ފަހަތަށް ތި ފޮނުވީ. މިކަމުގެ ޒިންމާ ރައްޔިތުންވެސް އުފުލަންޖެހޭ. ސިޔާސީ މީހުން ރައްޔިތުންގެ ފައިސާގަ ޖެހިފަ ރަށްރަށަށް އެރީމާ މާފަތި އެޅުވުމުގެ ބަދަލުގައި ސުވާލުކޮށް އަހަންއެބަޖެހޭ ކީއްވެހޭ މިވެނި އެވެނި ކޮރަޕްޝަނެއް ހިންގީ. ސިޔާސީ މީހުންނަށް ބިރުން ރައްޔިތުން އުޅޭހާ ހިނދަކު ގައުމު ރަގަޅެއް ނުވާނެ
ޖުހާބެ
24 January 2020
އަނގަ ފޮނި ސަރުކާރު.
އައްލާ
24 January 2020
މީކޮރަޕްޝަން އިނޑަސްޓުރީއެއް ދެން ކޮން ކަމެއްތޯ ދައްވާނީ މިހާރުވެސް އެބަލަނީ ރައްޔަތުންނައް ފައިދާވާ ތަނެއް ޓީއެމްއޭ ކިޔާކުންފުންޏަކައް ހިބައިންކަހަލަގޮތަކައް ދެވޭތޯ ނުހިންގެނީއޭ ފައިދާއެއްނުވާނޭ އެހެންވީމާ ސަރުކާރްވެސް ފޭލްވީއެއްނުންތޯ ސަރުކާރައް ރައްޔަތުން އަމާނާތެއް ހަވާލްކުރީމާ އެއްވެސް މުއައްސަސާއެއް ނުހިންގެންޏާ އެވީ މުޅިސަރުކާރް ފޭލް މިވަރުން ދަންޏާ އަދި ސަރުކާރުވެސް ބޭރުކުންފުންޏަކައް ހިންގަންދޭނެބާ އެަމަކު ޕާޓީ ކުދިންލޮޅައް ވަރިހަމަ އަޅ
ހިސެން
24 January 2020
ވަގުންގެ ފޮށި ބާރައް ބަންނާނެ، އަޑުގަދަވާނެ މިފެންނަނީ ހެކި. ވަގު ވަގު ވަގު، ހުސްވަގުން
ހޯރަ އިއްބެ
23 January 2020
އަލިފާނާ ފެނާ ކަލޯގެޔާ ގައުމެއްނެތް ރީދޫ ގުރޫޕު ބާރަށް އަތްޖަހާ ކެނެރީ ނަސީދު މިހަބަރު ކިޔައިފިބާ ވާވާ......
ހުސައިން
23 January 2020
ކޮރަޕްޝަން ހުއްޓުވުމަށް 100 އާއި ހަމަޔަށް ގުނަންނޭގުނަސް ތިލަފަތަށް ކައުންސިލް އިންތިޚާބުގައި ވޯޓްދެއްވާ. ކުރިންކީ އަނެއްދިވެހިރާއްޖެ. މިފަހަރު އޮތީ އެޖެންޑާ19 އަކާއި ޖަޒީރާއެއްގެ ވާހަކަ
ާއުނިމާ
23 January 2020
ޔާމީނު ސަރުކާރަށްވުރެ މިސަރުކާރުގެ ކަރަޕްޝަން މަތީގާ އެހެންވީރު މިހިރީ، ފޭނޭތޭ! ކޮބައިހޭ ތިޔަ ގެނައި ހެޔޮބަދަލު؟ މިއީ ޒީރޯ ޓޮލަރަންސް ސަރުކާރުގެ ހާލަތަކީ، ސިސްޓަމް ރަނގަޅު ކުރަން ކަތިވަޅިޔާ، މަރިޔަބާ ދަނޑުތައް ދިނީމަވެސް ވީކަމެއް ޙަރާމް! ކެނޑި ފޮނިތަކާބަލާއިރު އަމަލު ހަދަ ޒީރޯ! މިސަރުކާރަކީ އަގައިން 1، ކަމުން 0 !
އަހާ
23 January 2020
ނަމޫނާ ސަރުކާރު އައިސްގެން މިވީ ކިހިނެތްތަ؟
ރައްޔިތުމީހަ
23 January 2020
މިމީހުން ކުރަނީ އެއް ކަމެއް. ކުޅުންތެރިން ބަދަލުވީ! މި ރާއްޖޭގެ ސީޔާސީ ދާއިރާއަށް އިހްލާސްތެރި އިލްމީ ޒުވާނުންނަށް ވަނީ ބޭނުންވެފައި. ރައްޔިތުން އައު މީހަކަށް ތާއީދު ކުރަންވެއްޖެ. ޔާމީން މައުމޫން ގާސީމް ނަޝީދު ނޫން ގޮތެއް ނެތިފަ މި ތިބެނީ.
ާއުނިމާ
23 January 2020
ޕޯޑިޔަމްތަކަށް އަރާ ރައްޔިތުންކުރިމަތީ މާބޮޑަށް އަގަފޮނި ކަނޑާމީހުނަށް ކަންކަމެއް ނުވާނެ! އެފަދަ މީހުންނަކީ މީހުން ގުބޯހައްދައިގެން ތިމާގެ އެޖެންޑާ ފެތުރަންބޭނުންވާމީހުން! މީހުން ހައްލާލާ ތިމާގެ މަސްލަހަތު އިސްކުރާމީހުން! މިހާރުއޮތް ސަރުކާރަކީ މީން ހަޔާތުގަވެސް ފޮނި ނުކަނޑާވަރަށް ފޮނިކަނޑާފަ އެވަރަށް ރައްޔިތުން ހައްދައިގެން ވެރިކަމަށް އައި ސަރުކާރެއް! ހުރިހާ ބާރެއްލިބި ، ރައްޔިތުން ހެއްދިވަރާ ގާތަކަށްވެސް އަމަލެއްނުކުރެވޭ!
ނޫސް ބަލާމީހާ
23 January 2020
މިހާރު ތިޔައީ ފަޚުރުވެރި ނަމެއް. ތިޔަނަން ކުރިތަށް ނުވަތަ ފަހަތަށް އިތުރު ކުރުމަކީ ލަޤަބެއްކަމުގައި މިޤައުމުގައި ރަސްމީކޮށް ކަނޑައެޅެންވެއްޖެ.