26 ޖެނުއަރީ 2020 - 07:13
ޑާކް ރެއިނުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަސައްކަތް ފެށި ފިލްމު "ނޮވެމްބާ" ގެ ޝޫޓިން ނިންމާލައިފި އެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމުގެ މަންޒަރުތަކުގެ ތެރެއިން އެންމެ ފަހުގެ މަންޒަރުތައް ނިންމައިލީ ދ. ކުޑަހުވަދު އަށް ކުރި ދަތުރުގައި ހުކުރު ދުވަހު އެވެ. އެ ރަށަށް ގޮސް ނެގި މަންޒަރުތަކުގައި ތެރޭގައި ފްލައިޓެއް ތެރޭގައި ނެގި މަންޒަރުތަކެއް ހިމެނެ އެވެ. ޝޫޓިން ނިންމައިލުމަށް ފަހު ކާސްޓާއި ކްރޫ ވަނީ ހުކުރު ދުވަހު މާލެ ވެސް އައިސްފަ އެވެ.
#November #OnLocation @MantaAir pic.twitter.com/30ajHDP6S3
— Dark Rain Ent (@DarkRainEnt) January 24, 2020
ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" ގެ ސްކްރީންޕްލޭ ލިޔުނު އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް "ނޮވެމްބާ" ގެ މަންޒަރުތަކެއް ވަނީ މާލެ އާއި ލ. އަތޮޅާއި އައްޑު އާއި ސިންގަޕޫރްގެ އިތުރުން މާލެ އަތޮޅުގެ ރަށްތަކެއްގައި ވެސް ނަގައިފަ އެވެ.
Todays shoot is the final shoot November probably the toughest schedule wise. #LaamuAtoll #AdduCity #Thulusdhoo #DhaaluAtoll #singapore #MantaAir pic.twitter.com/aNhKBW2vxN
— Dark Rain Ent (@DarkRainEnt) January 24, 2020
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ކުރިން ވެސް އެކީގައި ރީތި ފިލްމުތަކެއް ކުޅެފައިވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ އެވެ. އަދި އެކިއެކި ރޯލްތަކުން ބޮޑު ކާސްޓެއް ފެނިގެންދާ "ނޮވެމްބާ" ގެ ވަރަށް ހާއްސަ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް ވެސް ފެނިގެން ދާނެ އެވެ.
ފިލްމުގެ ލަވަތަކުގެ ތެރެއިން "މޫސުން" ކިޔާ ލަވައެއްގެ އޯޑިއޯ ޑާކް ރެއިނުން އާންމުންނަށް ދޫކޮށްލާފައިވާ އިރު، ފިލްމު ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
އެ ސްޓޫޑިއޯ އިން މިހާރު ވަނީ "ބަޅިނދު" ކިޔާ ބިރުވެރި ފިލްމެއްގެ ޝޫޓިން ވެސް ފަށައިފަ އެވެ. އަދި އިއުލާންކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ބައިސާ" އާއި "ކައިވެނީގެ އަމާޒު" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލްގަސްތާނު
26 January 2020
އަޅޭ!!!!!!! ކާންޓް ވެއިޓް!!! ކޭން އައި ސީ ބިފޯ ޕްރިމިއާރ. އައި ޕޭ ޔޫ!
ނިޔާމް
26 January 2020
ދެ މަހުން ފިލުމެއް. ގޯހެއް ނޫން.