ވިލާ ޓްރެވަލްސް ހިންގާ އިމާރާތް:
28 ޖެނުއަރީ 2020 - 12:02
ގަތަރު އެއާވޭސް އިން ބާލިން އަށް ދަތުރު ކުރާ މީހުންނަށް ވިލާ ޓްރެވަލްސް އިން ހާއްސަ ފެއާއެއް ކަނޑައަޅައިފި އެވެ.
މި ފެއާގެ ދަށުން 1010 ޑޮލަރު (15،574ރ.) އަށް ޖަރުމަނުގެ ބާލިންގެ ދެކޮޅު ޓިކެޓް ލިބޭނެ އެވެ. މި ފެއާގައި ދަތުރު ކުރެވޭނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ.
މި ފެއާގައި ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ބުކިން ހައްދަން ޖެހޭނެ އެވެ. މިއީ ބާލިން އަށް ދާ ދިވެހިންނަށް ހެޔޮ އަގުގައި ދަތުރު ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ވިލާ ޓްރެވަލްސް އިން ކަނޑައަޅާފައިވާ ފެއާ އެކެވެ.
ވިލާ ޓްރެވަލްސް އިން މި ފެއާ ކަނޑައަޅާފައި މިވަނީ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ފެއާ ކަމުގައިވާ "އައިޓީބީ" ނުވަތަ ބާލިން ފެއާ ކުރިއަށްދާ ދަނޑިވަޅާ ދިމާކޮށްގެންނެވެ. ބާލިން ފެއާ އަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ޓޫރުޒަމް އިޝްތިހާރު ކުރުމަށް ގިނަ އަދަދެއްގެ ޓުއާ އޮޕްރޭޓަރުން ބައިވެރިވަމުން އަންނަ ފެއާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
28 January 2020
ތި ފެއަރގެ ދަށުން 6 ދު ވަހުގެ ހުރުމާއި ކެއުމާއި އެކު ލިބޭނެ ނަމަ މަމެންގެ ތެރެއިން 75 މީހުން ދާން ބޭނުން. ފެއަރ އަކަށް ވާނީ މިހުރިހާ ކަމެއް ވެސް ހަމަޖެހުނީމާ.