އެލައިޑްގެ ހަފުލާއެއްގައި ހިޔަލީ ބައިވެރިވެވަޑައިގަންނަވަނީ: އޭނާ މިއަދު ވަނީ އެ ކުންފުންޏާ ދުރަށް ވަޑައިގެންފައި. --ފޮޓޯ/މިހާރު
13 ފެބުރުއަރީ 2020 - 23:52
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑްގެ ޗެއާމަންގެ މަގާމުން މުހައްމަދު ރަޝީދު (ހިޔަލީ) މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ގާތްގަނޑަކަށް 190 މުވައްޒަފުން ހިމެނޭ އަދި އިންޝުއަރެންސް ކެޕޭސިޓީ 140 މިލިއަން ޑޮލަރަށް އަރާފައިވާ އެލައިޑުގެ ކުރިއެރުމަށް ވޭތުވެދިޔަ ހަ އަހަރު ހިޔަލީ ކޮށްދެއްވި މަސައްކަތަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެލައިޑްގެ ޗެއާމަންގެ މަގާމަށް އޭނާ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ.
ޑީއާރްޕީގައި ވެސް އިސްކޮށް ހިޔަލީ އުޅުއްވި އެވެ. އަދި ފަހުން ޕީޕީއެމް އުފެއްދުމުގައި ވެސް ހިޔަލީ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހިޔަލީ ވަނީ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް 2018 ގެ ފަހުކޮޅު ޕީޕީއެމް ދޫކޮށްލައްވައި އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ.
ކުޅިވަރަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ހިޔަލީ ވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ހަތަރު ދައުރު ފުރުއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ހަސަން
16 February 2020
މިހާރުގެ ސަގާފަތަކީ އަބުރު ކަތިލުން ދޮގުހެދުން ދޮގުހަބަރު ފެތުރުން ހިޔަލީގެ އަބުރު ކަތިނުލަނީސް އިސްތިއުފާދިނީމަ ވަރައް އުފާވޭ
ސަންދާނު މޮޔަމީހާ
16 February 2020
ހިޔަލީ އަކީ ވަރައް ހެޔޮރަނގަޅު މީހެއް
ނަޑަރާޖް
14 February 2020
މިޤައުމުގެ މީހުން މީގެ 15 ވަރަކަށް އަހަރުކުރިން ތިގޮތަށް ތަންތަނަށް ވެރިވެގެން އުޅުނު އެތަށް ބަޔަކަށް ވަރަށް އިޙްތިރާމްކުރި. އެކަމު މިހާރު ހަޤީގީ ފަތިފުއް އެގުނީމައި މީހުންގެ އިޙްތިރާމް ގެއްލިއްޖެ.
ޙހޖދ
14 February 2020
ޙިޔަލީ ގެ ގޮތް އިނގޭ....ހުރިހާ ޖަރީމާއެއްވެސް އިނގޭ...
ޖުލައި
14 February 2020
ހިހޫ ތަނުން ވައިޖަހައިގެން ކައިގެން އުޅުއްވަ
ރުބީނާ
14 February 2020
): ): ):
މަށެއްނޫން
14 February 2020
ތީގަ އޮތީ 2 ގޮތެއް. އެއީ މަގާމު ދޫކޮށްލަން މަޖުބޫރުވުން. ނުވަތަ އެހެން މަތީ މަގާމެއް ލިބެން އޮތުން.
އަމީލް
14 February 2020
):
އާރީ
14 February 2020
ހިޔަލީ ތި އުޅެނި އެފްއޭއެމްގެ ރައީސް ކަމުގަ މަގާމަށް ކުރިމަތި ލާން ކަންނޭ.
ނަޖުމުއްދީން
14 February 2020
ހިޔަލީގެ ހިޔާލު ގޯހެއްނޫން.