ސްރީ ލަންކަން އެއާލައިނުން ޑިސެމްބަރުގައި ގަމަށް ދަތުރުތައް ފަށާނެ.
06 އޮކްޓޯބަރ 2016 - 17:50
ސްރީ ލަންކަން އެއާލައިނުން އައްޑު އަށް އަންނަ ޑިސެމްބަރު މަހު ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނާތީ، ވަޒީފާތަކަށް އައްޑޫން މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އެ އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް އިން ނެރުނު އިއުލާނެއްގައި ބުނީ އައްޑޫން ހޯދަން ބޭނުން ވަނީ ޓިކެޓިން އެންޑް ރިޒަވޭޝަން އެޖެންޓުންގެ އިތުރުން އެކައުންޓެންޓް އެސިސްޓަންޓެއްގެ އިތުރުން ކާގޯ އެސިސްޓަންޓެއް ކަމަށެވެ.
އެގޮތުން ޓިކެޓިން އެންޑް ރިޒަވޭޝަނަށް ތިން އެޖެންޓުން ހޯދާ އިރު، ބޭނުން ވަނީ އެއް އެކައުންޓް އެސިސްޓަންޓަކާއި އެއް ކާގޯ އެސިސްޓަންޓެކެވެ.
އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގަމާއި ކޮލޮމްބޯ އާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ އެއާލައިންގެ އޮފީހެއް އަންނަ ހަފުތާގެ ތެރޭގައި ފޭދޫގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.
އަންނަ ޑިސެމްބަރު 1 ގައި ގަމާއި ކޮލޮމްބޯ އާ ދެމެދު ސްރީ ލަންކަން އެއާލައިންސް އިން ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައި.
އަދި ސަބް އެޖެންޓުން މެދުވެރިކޮށް މިހާރު އަންނަނީ ދަތުރުތަކަށް ރިޒަވޭޝަން ވެސް ހަދައި ދެމުންނެވެ.
ގަމާއި ކޮލޮމްބޯ އާ ދެމެދު ކުރާ ދަތުރެއްގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 342 ޑޮލަރު (5،256.54ރ.) އެވެ.
މި ދޭތެރޭގައި ހަފުތާއަކު ހަތަރު ދަތުރު ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓި
09 October 2016
ޢިއުލަންގެ ލިންކެއް ލިބިދަނެ ތޮ
ފީސަބީލާ ތަޤިއްޔު ސ. ހުޅުދޫ
08 October 2016
އައްޑޫން މީހުން ހުހެއް ނުވާނެ ހުސްވާނީ ވަޒީފާ
މުހަންމަދު
08 October 2016
މަރުޙަބާ ސްރީލަންކަން، މަރުޙަބާ އައްޑޫ. އައްޑޫގައި ތިކަމުގެ ޤާބިލިއްޔަތު ހުންނާނެ.
ބޭނުމީ މިނިވަންކަން/ ދިވެހިރާއްޖެ
08 October 2016
މަރުހަބާ ސްރީލަންކަން. ތިޔައީ ހެޔޮއެދޭ އަވައްޓެރިއެއް. ތިޔާ ފުލައިޓު ތަކުގެސަބަބުން ދެޤައުމުގެ ރައްޔިތުންނަށްވެސް އިތުރު ފަސޭހަތަކާއި ފައިދާ މިންވަރުކުރައްވާށި.
މޫސަ
07 October 2016
ތީއެހާ ކަމުދާ ކަމެއްނޫން
ޢިބްރާހީމް
06 October 2016
ޢަސްލު ލަންކާ އެއަރޕޯޓް ޖެނުއަރީން ފެށިގެން ބަންދު ދުވާލު ކުޜާތީ ދިވެހިންގެ ބޮލަށް ޗިޕްޖަހާގެން ވަގުތުގެ ފާދާ ނަގަނީ މީކީ ދިވެހިން ދެކެ ލޯބިން ކުޜާ ކަމެއް ނޫން ބަލާބަލަ ދިވެހިން ލަންކާ އެއަޕޯޓްގާ ޖައްސާހާލު އެރައިވަލް ބާގާ##
އިބިރިހިން ތައްކާނު
08 October 2016
ބަލާބަލަ މަދުނަމަވެސް ބައެއްދިވެހިން ބޭރުޤައުމުތަކުގައި އަދި އެއަރޕޯޓްތަކުގައިވެސް އުޅޭ މުޑުދާރު އުޅުން.