24 ފެބުރުއަރީ 2020 - 07:12
އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެޑޮކްނަލްޑްސް އިން އެ ތަނުގެ މަގުބޫލު ބާގަގެ ތެރޭގައި ހިމެނޭ ކްއާޓާ ޕައުންޑާ ނެރޭތާ 50 އަހަރު ފުރުމާ ދިމާކޮށް އެ ބާވަތުގެ ބާގަ ތައްޔާރުކުރަން ބޭނުންވާ ތަކެތީގެ ރަހަ، ވަހުން ގެނެސްދޭ އުއްބައްތި ކަލެކްޝަނެއް ނެރެން ނިންމައިފި އެވެ.
ހަ އުއްބައްތި ހިމެނޭ މި ކަލެކްޝަންގެ ދަށުން ނެރޭނީ ބަނަހާއި ޗީޒާއި ސޯސް އާއި ޕިކްލްސް އާއި ފިޔާ އާއި ބީފް ބާގާގެ ވަސް އެކުލެވޭ އުއްބައްތިތަކެވެ. ނަމަވެސް މި ކަލެކްޝަން ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާންނުކުރި ނަމަވެސް، މީގެ ފޮޓޯތަކެއް ވަނީ ދައްކާލައިފި އެވެ. ކްއާޓާ ޕައުންޑާ އަކީ މެކްޑޮނަލްޑްސް އިން 1970 ގައި ތައާރަފުކުރި ބާގާއެކެވެ.
McDonald’s to sell limited edition six-pack of candles that smell like Quarter Pounder ingredients: Ketchup, Pickle, Cheese, Onion & Beef. pic.twitter.com/XpBv6l79S0
— Darren Rovell (@darrenrovell) February 20, 2020
މި ވައްތަރުގެ ބާގާގެ ވަހުން ބަނޑުފުރައިލަދޭނެ ވަހާ އެކު ތައްޔާރު ކުރި އުއްބަތި ހުންނާނީ ބިއްލޫރި ތަށިތަކުގަ އެވެ. އޭގެ ކުލަތަކުގެ ތެރޭގައި ރަތާއި ފެއްސާއި ހުދާއި ރީނދުލާއި މަޑު މުށި އަދި ގަދަ މުށި ކުލަ ހިމެނެ އެވެ. އަދި އެ އެއްޗެހީގެ ބޭރުގައި ކޮން ވަހެއްކަން އަންގައިދޭ ގޮތަށް ލިޔެފައި ހުންނާނެ އެވެ.
އުއްބައްތީގެ އިތުރުން މެކްޑޮނަލްޑުން ވަނީ ތަފާތު އައިޓަމްތަކަކާ އެކު މާޗެންޑައިޒްތަކެއް ވެސް ނެރެފަ އެވެ.
އޭގެ ތެރޭގައި ޓީ-ޝާޓާއި އަންގި އާއި ކަލަންޑަރާއި ކަރުގައި އަޅާފަށާއި ސްޓިކާ އަދި ޕިން ހިމެނެ އެވެ. މި ތަކެތި މެކްޑޮނަލްޑްސްގެ ފޭން ކުލަބް ސައިޓުން މިހާރު ގަންނަން ލިބެން ހުންނާނެ އެވެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
24 February 2020
އަހަރުމެން މި ތިންވަނަ ދުނިޔޭގެ ގައުމު ތަކުގައި މެކްޑޮލްޑު ވަރެއް ނެތް އެކަމަކު ކުރިއަރާފައިވާ ގައުމުތަކުގައި އެކެއުމަށް ކިޔަނީ ޖަންކް ފުޑް ދިވެހި ބަހުން ބުނާނަމަ އާދައިގެ ސައިހޮޓާތަކުގެ ހެދިކާ.