ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

މިނިސްޓަރު އިމްރާން ކުރީގެ ރައީސް ޔާމީންއާ ޖަލުގައި ބައްދަލުކުރައްވައިފި

ކަރެކްޝަންސްގެ އޮފިޝަލުންތަކަކާއެކު ހޯމް މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ.-- ފޮޓޯ: ކަރެކްޝަނަލް ސާވިސް

މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލުގައި ބައްދަލުކުރައްވައިފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ، ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި އެތަނުގެ އާއްމު ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި ޔާމީންއާ ބައްދަލުކުރައްވައި އެ މަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވެވި ކަމަށް ބުންޏެވެ.

ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުދެއްވަ އެވެ.

ހިތުގެ އާލާސްކަންފުޅެއްގައި ޔާމީން ހޮސްޕިޓަލުގައި ތިން ދުވަހު އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޔާމީނަށް ނޮވެމްބަރު 28، 2019 ގައި އިއްވި ފަސް އަހަރުގެ ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ހައި ކޯޓުގައި މިއަދު ބާއްވާފައި ވެ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން ޔާމީން ކަފާލާތުގެ ދަށުން ދޫކޮށް މިިނިވަންކޮށްދޭން އެދުނަސް، ހައި ކޯޓުން ނިންމާފައި އޮތީ ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ނުކުރެވޭނެ ކަމަށެވެ.

14 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 6%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

25 February 2020

އިމްރާނަ އެގޭ ޤައުމު މިދަނީ ރަގަޅާކަށްނުންކަން. ރާއްޖެ އަލުން މިނިވަންކުރަން ޖެހިއްޖެކަން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

25 February 2020

ރޔާމިންގެ ދައުރުގާ މުޅިރާއްޖެ ތަރައްގީވަމުން ދިޔައީ. މި ސަރުކާރު ވެރިކަން ލިބުމާއެކީ ރާއްޖޭގެ އާރާބާރު އިންޑިޔާއަ ދޭ މަންޒަރު މި ފެންނަނީ.

The name is already taken The name is available. Register?

ކާޖާ

24 February 2020

އެ މަނިކުފާނުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިިނުން ގޯހެއް ނޫނެވެ. ނަމަވެސް ޖަލު ނޫންތަނެއްގައި ބަހައްޓާކަށް ހިތެއް ނުރުހެއެވެ.

The name is already taken The name is available. Register?

ހާޖި

24 February 2020

ޔާމީނަކީ ރާއްޖޭގެ ވަރަށް ގިނަރައްޔަތުން ބަލައިގަތް ކުރިއެރުންތަކެއް ކުރު މުއްދަތެއްގައި ގައުމަށް ގެނެސްދިން ވެރިއެއް އެކަމަކު ކޮރަޕްޝަންގެ ކަންތައް ތަންކޮޅެއް ބޮޑުވީ މިސަރުކާރަށް ޔާމީނާ ހަމަކުރެވުނީ ހަމައެކަނި ކޮރަޕްޝަނުން އެކަނި ދެންހުރި ކަންކަން ހުރީ އަދި ދުރުމިއަށްވެސް ނާރާހިސާބުގައި

The name is already taken The name is available. Register?

ފަހީމާއިބުރޭ

24 February 2020

ހަމަހަމަކަން ޕްލީޒް ، ޖަލުގެ ކުށްވެރިންގެ ޙާލުބައްލަވާލެއްވިޔަސް ވާނީ ހަމަ ރައީސް ޔާމީނާ ބައްދަލުކުރީ ކަމަށް ދޯ.

The name is already taken The name is available. Register?

ބޮޑުމީހާ

24 February 2020

ތިގޮތަށް ދެން ތިބޭ ކުށްވެރިންނާއިވެސް ބައްދަލުކޮށް އެމީހުންގެ ބޭނުންތަކާއި ޝަކުވާތައް އަޑުއަހާލުންވެސް ރަގަޅު

The name is already taken The name is available. Register?

ކޮރަލް

24 February 2020

ޔާމީން އާ އަދީބާ ދޭތެރޭ ވަނީ ތަފާތު ކޮށްފަ އެވެ. އަދިވެސް 1 ބިލިއަން ރުފިޔާ ގެ އެއްވެސް މީހަކަށް ހުކުމް ނުކުރެ އެވެ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

24 February 2020

ތިއޮތީ ގޯސް ވެފަ. ތިއްޔަކީ ޒަމާނީ މެނޭޖްމެންޓްގައި ތިޔަކަން ފެނިދެނި ވާގޮތެއް ނޫން. ވަޒީރުގެ ( މަންދޫބެއް ) ފޮނުވައިގެން ވާން އޮތް ކަމެއް ތިޔަ މަގަށް ހިމުންވެ ތަރުތީބު ވީމާ ވަރަށް ސާފް. ރައީސް އިބޫ ސޯލިހުގެ މަންދޫބެއް ގޮތަށް ހޯމް މިނިސްޓަރ ތިޔަކަން ކުރުން އޯކޭ. ( ބުޅާ ތިއޮތީ ގޯނިން ނުކުމެފަ ) ތޯއްޗެއް ތިޔަ ހިފަނީ ތިޔަ ބައްދަލް ވުމުގެ ދުރު ރާސްތާ އަކީ ( އިމްރާން ) އަމިއްލެއަށް އިސްތިއުފާ ދެއްވާނެ ކަމުގެ ރަގަބީލް ނޫންބާ؟

The name is already taken The name is available. Register?

ރަދީފް

24 February 2020

ބޮޑު ރޯނުއެދުރެއް.

The name is already taken The name is available. Register?

1828

25 February 2020

މަންފޫބުން ފޮނުވާނީ ގަޓްނެތް މީހުން. ރައީސްކަން ކޮށްފައި ޖަލުހުކުމް ތަންފީޒް ކުރާ ޤައިދީނާއި ބައްދަލުކުރަންވާނީ ހޯމްމިނިސްޓަރ.

The name is already taken The name is available. Register?

ފާތޭ

24 February 2020

މިއަދު އިމްރާން އެދެއްކެވީ ވަރަށްވެސް ރީތިނަމޫނާއެއް. ނަޝީދަކަށް ކެތެއް ނުކުރެވޭނެ. އަދި ބޮޑުކޮއްލާނެ. ބަލާތި....

The name is already taken The name is available. Register?

އާތޭ

24 February 2020

ބައްދަލުވުމުގައި ދެއްކި ވާހަކަ ނަޝީދު ރުހޭ ގޮތަށް ކިޔައިދިނީމަ ނަޝީދަށްވެސް އެކަން އޯކޭވާނެ. އިމްރާނަށް މިހާރު އެނގޭނެ ނަޝީދު ހިތްޕުޅާވާނީ ކޮންކަހަލަ ވާހަކައެއް ދެއްކީމަކަން. މައްސަލަޖެހޭ ކަހަލަ އެއްވެސް ކަމެއް އިމްރާން މިހާރަކު ނުކުރާނެ.

The name is already taken The name is available. Register?

އަހުމަދުބޭ

24 February 2020

ހާދަ ބިރުބޮޑޭ، އެއްބޯޓެއްގައި ޖަލުގައި ހުންނެވި މާލިމީގެ ދަށުން ފަޅުވެރީންގެ ގޮތުގައި މަސައްކަތްކޮއްފައިވާ ބޭފުޅެއް އިމްރާން ތިޔައީ، އަނެއްކާ ކިހައިވަރަކުން ދާނެބައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454