ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ އަޅާ ސްޓޭޝަން-- ފޮޓޯ: މިހާރު
13 މާޗް 2020 - 10:17
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި އެވެ.
އެ ކުންފުނިން ވިއްކާ ޕެޓްރޯލުން 53 ލާރި ހެޔޮކޮށްފައިވާ އިރު ޑީސަލުން ވަނީ 50 ލާރި ހެޔޮކޮށްފަ އެވެ. ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ 9.60ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެނީ 10.39 ލާރި އަށެވެ.
އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވަނިކޮށެވެ.
އެސްޓީއޯ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ޑީސަލްގެ އަގު ހެޔޮކޮށްފައިވެ އެވެ. މިއީ މި އަހަރުގެ ތެރޭ ޑީސަލްގެ އަގު ހެޔޮކުރި ދެ ވަނަ ފަހަރެވެ. އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު އެންމެ ފަހުން ހެޔޮކުރީ މިދިޔަ އަހަރުގެ ޖުލައި 15ގަ އެވެ. މިއީ މި އަހަރުގެ ތެރޭ ޕެޓްރޯލުގެ އަގަށް ބަދަލު ގެންނަ ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ތެލުގެ މާކެޓަށް އަސަރު ވަނީ ބޮޑަށް ކޮށްފަ އެވެ. ގައުމުތަކުގައި ތެލަށް އޮތް ޑިމާންޑް ކުޑަވުމުން، ތެޔޮ އުފައްދާ ކުންފުނިތަކަށް ވަނީ އަގު ދަށްކުރަން މަޖްބޫރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
13 March 2020
ދުވަހަކު ވެސް އަގު އުފުލުނު އެއްޗެއް ކުޑަވި ފަހަރަކީ މިވެރިކަމުގާ
މޫސަ
13 March 2020
ޑީސަލާއި ޕެޓްރޯލުގެ އަގު ހެޔޮ ކުރިއަސް ނުކުރިއަސް މިހާރުން މިހާރަށް ތިޔަ ހިންގާ ކޮރަޕްސަންތައް ހުއްލަން އެބަޖެހޭ. ކޮބާތޯ ކުދި އަދި މެދު ފަންތީގެ ވިޔަފާރުތައް ކޮޅަށްޖަހާނެ ކަމަށް ވީ ވަޢުދު. އެސް.ޓީ.އޯގެ ސްޓޯރޭޖް ފެސިލިޓީ އިން ހޯލްސޭލްކޮށް އެއްމިލިއަން ލީޓަރ ކޭސްކޮށްފައި ނެގީމާ ދެނީ 9.15ރ (ނުވަރުފިޔާ ފަނަރަލާރިއަށް) އަށް އެކަމަކު އެސް.ޓީ.ޢޯ މުވައްޒަފުން ލައިގެން ބޯޓުފަހަރަށް ބަރުކޮށްގެން އެތައް ހާސް ލީޓަރު ޑީސަލެއް އަންދައިގެން ހއ. އުލިގަމަށް ގެންގޮސް އެސް.ޓީ.ޢޯގެ ހޯލްސޭލް އަނގަށްވުރެ ކުޑަކޮށް -/7ރ (ހަތްރުފިޔާ) އަށް ލީޓރެއް ވިއްކުމަކީ ދިވެހި ދައުލަތާ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެ ކޮރަޕްޝަން ހިންގުން. މިއީތޯ އިބޫ ސޯލިހުގެ ވައުދަކީ? ކޮބާތޯ އެންޓި ކޮރަޕްޝަން ކޮމިސަން, ކޮބާތޯ އޮޑިޓަރ ޖެނެރަލް, ކޮބާތޯ ރައްޔިތުންގެ މަޖްލިސް? ކޮބާތޯ މަޖިލިހުގެ ކަމާބެހޭ ކޮމިޓީ?
އެލެކްސް2020
13 March 2020
ބޭނުންވަނީ ކަރަންޓު އަދި ފެންބިލުން ތިކަމުގެ ފައިދާފެނުން. ކީކޭތޯ އެލެކްސް ނަޝީދު ބުނަނީ.
އިވަންކާ
13 March 2020
ކޮބާ ހީވޭ! މަގޭ ޑެޑީ ބުނީ ރަނގަޅަށެއްނު. ސައުދީގެ އޮއިލް މާކެޓްވެއްޓުނީމާ ރައްޔިތުންނަށް ފައިދާވާނެޔޭ، ކުރިންވެސް ހެޔޮކޮށްވިއްކެން އޮތްވާވެސް ހަމަ އަގުބޮޑުކުރަނިއްޔޭ!
ސާރޭޕާޕާ
13 March 2020
މިއަދު ހެޔޮކޮށްފައި މާދަން އަށްނުފޯރާފަށް ނާރުވައިފިއްޔާ ކިތަންމެހައިވެސް ރަނގަޅޫ
އސޱއ
13 March 2020
ހެޔޮ ހަމަ އެއްގޮތެއް ނޯވޭ ދެއްތޯ؟