ދިރާގުން ކަސްޓަމަރަކަށް ހިދުމަތް ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މާޗް 2020 - 16:35
ކޮވިޑްް-19 އާ ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް ޑޭޓާ ހިލޭ ދޭން ނިންމައިފި އެވެ.
ދިރާގުން ބުނީ، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާޗު މަހާއި އޭޕްރީލް މަހު 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސެއް ދޭނެ ކަމަށެވެ. މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ސްކޫލާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ދިރާގުން ވަނީ މޯބައިލް ކަސްޓަމަރުންނަށާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމައިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އޭގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖު، ޔުނިވާސިޓީތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން ސްކޫލު ކުދިންނަށް ޓީވީ އާއި ވައިބާ ބޭނުންކޮށްގެން އަންނަނީ ސްކޫލުތަކުން އަންނަނީ ފިލާވަޅު ނަގައިދެމުންނެެވެ.
ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް-19 އަށް 13 މީހުން މިހާތަނަށް ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުއްބެ
18 March 2020
30% ހިލޭވީތަ ނެޓްވޯކް މިނުލިބެނީ މީހަކު 30% ހިލޭބޭނުންކޮށްފާނެތީ
ރަށުމީހާ
16 March 2020
މީ ދުނިޔޭގެ ލަދައް ކުރާކަމެއް ތަ ތި30% ނުދިނަސް ހެޔޮ
މާރު
16 March 2020
ހެޔޮނުވާނެ މިތަނަށް މީގެ އެހެންކުންފުންޏެއް ގެނެބަލަ ވަރިހަމަ ޗައިނާއިންވިޔަސް އިންޑިއާއިން ވިޔަސް
ހައްސާ222
16 March 2020
ކޮބާ މޯބައިލް ޑޭޓާ ބޭޏުންކުރާ 2 ލައްކަ ވަރަކަށް މީހުން. އެމީހުންނަށް އޮތީކޯޗެއް.
ހިޔާހި
16 March 2020
އިރާނުން ވެސް އެދެނީ ކޮންމެމީހަކަ ސަތޭކަ ޖީބީ ލަދުން ހަލާކު
ހެހެ
15 March 2020
މި ބޮޑު ޖޯކެއްނު، އެމެރިކާގެ ޓީމޯބައިލް އާއި ކޮމްކާސްޓް ކުންފުނިން 60 ދުވަހަށް އެއްވެސް ޑޭޓާ ކެޕް އަކާ ނުލާ ދޭން އެ ނިންމީ. މިއީ ދިރާގަށް ވުރެ މާބޮޑަށް ވެސް ފާޑުކިޔުން ރައްދުވާ ދެ ކުންފުނި.
ބޮޑުމީހާ
15 March 2020
މިހުރިހާ ދުވަހު ގޮވީ މިރާއްޖެ ދުނިޔެއަށް ބަންދު ނުކުރެވޭނެޔޭ، އިގްތިސާދު ފުޑޭނެޔޭ. ..މިހެން ތިއްބާ މަޑުމަޑުން ބަލި ފެތުރި، ބައެއް ގައުމުތަކުން މީހުން އައުން ހުއްޓުވަން މަޖުބޫރުވަނީ. އެހެން ގައުމުތަކުންވެސް މުޅިގައުމު ބަންދުކޮށްފަ އެއޮތީ، ދެންވެސް ވަގުތު އޮއްވާ ބަންދު ކުރޭ! ހިތަށްއަރަނީ ގައުމު ބަންދުކުރާނީ ގައުމަށް އޮބި ނޯންނަވަރަށް ބަލި މީހުންތަކާއިއެކުތޯ ނޫނީ ވައިރަސް ނެތް ބަޔަކާއިއެކުތޯ! ފުރާނަ ހުރިއްޔާ ފަޅޯ ދަޑި ކައިގެންވެސް އުޅެވިދާނެ!
ޒުނައިރާ
15 March 2020
ދިރާގު އުރީދޫ މީހުން އެތިބެނީ ހެވި ދިއްލިފަ.އާ އެހެންޏަ ހުރިހާކަމެއް މިހާރު މިއޮތީ އިންޓަރނެޓަށް ބަރޯސާވެފަ ވިއްޔާ.އެންމެން ކޮރޯނާ ވައިރަހުގެ އަޕްޑޭޓުސް ބަލަން ނެޓަށްވަދެ.ހިލޭ %30 ދިނިއްޔާ ވާނުވާ ނޭގޭ ގޮތަށް %60 ދާނެ.
އެކުސް ދިރާގު
15 March 2020
ތިޔަ %30 ހޯދުމަށް %300 ހޭދަ ކުރަންޖެހޭނެ. ޔަގީން، ތީ ކޮންތަނެއްކަން އިނގޭ
ނުފުދޭ
15 March 2020
އަންލިމިޓެޑު އެއީ ހަގީގީ އަންލިމިޓެޑަށް ހަދާ. ތްރޮޓްލްކުރުން ހުއްޓާލާ!!!!!!