ދިރާގު މުވައްޒަފުންތަކެއް. މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ ދޭން ވަނީ ނިންމާފަ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 މާޗް 2020 - 15:22
ކޮވިޑް-19 ރޯގާގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމުގައި ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސެއް ދޭން ނިންމައިފި އެވެ.
ދިރާގުން ބުނީ މިމަހާއި އަންނަ މަހަށް މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ޑޭޓާ އެލަވަންސެއް ލިބޭނެ ކަމަށެވެ. އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެ އެވެ. މިގޮތަށް ޑޭޓާ އެލަވަންސް ދެނީ މަންތްލީ ޑޭޓާ ޕެކޭޖުތަކުންނެވެ. މީގެ އިތުރުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ވޮއިސް އެޑް-އޮން ކަމަށްވާ "ވޮއިސް 15"ގެ އަގު 50 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ.
ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ޑޭޓާ ހިމެނޭ ހުރިހާ ޕްލޭނަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނެ އެވެ. އެގޮތުން އެ ކަސްޓަމަރެއްގެ ޕްލޭނަކާ އެކަށީގެންވާ ގޮތަށް 500 އެމްބީ އާއި 10 ޖީބީ އާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. މިމަހަށް ހާއްސަކޮށް ދޭ އިތުރު ޑޭޓާ މިހާރު ވަނީ "ކަނެކްޓް ޑޭޓާ" ގެ ނަމުގައި ކަސްޓަމަރުންނަށް ދީފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރާގުން އަންނަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފަ އެވެ. މީގެ އިތުރުން ދިރާގުން އިއްޔެ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖެތަކުގެ ކަސްޓަމަރުންގެ ފިކްސްޑް ބްރޯޑްބޭންޑްގެ މަހު ފީ އިން 25 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފަ އެވެ.
ކޮވިޑް-19 އާ ހެދި މުޅި އިގްތިސާދަށް އަންނަ ބަދަލުތަކާ އެކު އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ގިނަ ކުންފުނިތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް މި ބައްޔަށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވް ވަނީ ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރިޝް
18 March 2020
މިލިއަނުން ފައިދާވާކުންފުންޏެއް ތީ އެކަމު ތި ލުއި ހެޔޮ ނުދިނަސް
އާރީ
18 March 2020
ހުސްދޮގު އެކައްޗެއް ވެސް ނުލިބޭ
Mohamed Moomin
17 March 2020
މީގަނެއް ޑިސްކައުންޓެއް ކުރީގެ އަގު ކުޑަ ކުރީމަ ދޯ ސޭވް ކުރެވޭނީ
އެހުރު
17 March 2020
އުރީދޫން މާގިނައިން ދޭނެ އެހެންތަ ހީވަނީ
ޅަބޭ
17 March 2020
ދިރާގުން އަދިވެސް އުޅެނީ ސެލްފީ ނުނެގިގެން. ރައްޔިތުންނައް ހިދުމަތެއް ދޭކައް ނޫޅޭ.
ޢަބްދުﷲނާފިޒް
18 March 2020
އަދި އެވެސް ބޭނުން ވަރަކަށް ދެއްތޮ.................
އުޖާލާ
17 March 2020
އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ސްކީމްގައި ބައިވެރިގެން ދިރިއުޅުން އުޖާލާކުރުމަށްޓަކައި ޒަރޫރީ ބޭނުންތަކެއް ފުއްދައިގެން ގިނަ ރައްޔިތުންތަކެއްް ތިއްބައި މިފަދަ ޚުތޫރަތްތެރި ދަނޑިވަޅެއް ދިމާވުމުން، އުޖާލާ ދިރިއުޅުން ހަރާބު ނުވާނެ ފަދަ ލުއި ގޮތަކަށް އިސްލާމިކް ބޭންކުންވެސް ވިސްނާލުމަށްފަހު މުސާރައިން ކަނޑަމުން އަންނަ މިންވަރު މަދު ކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރަން
އަދާލަތު
17 March 2020
ސަރީފާ 17 މާޗް 2020 15:53 ޕެކޭޖު ނުނަގާ ހިލޭ ނުދެވޭނެ ދޯ؟ އުލޭ ފާޑުދެން. ނޫޅެން * ޕެކޭޖް ނެގިކަމަށްވާނީ، ކިތައް ޤަރުނު ވަންދެން ޕެކޭޖް ބޭނުން ކުރީމައިތޯ؟ ދިރާގުން ތަޢާރުފު ކުރި ޚިދުމަތެއް ނެގުމުގައި ފުރަތަމަ 10 ގައި ހިމެނޭކަސްޓަމަރެއް. ބ/ބ 1، ދފ/1 ލ/ލ 1، ޕޯސްޓްޕެއިޑް3، ޕްރި ޕެއިޑް 4 ދުވަހަކުވެސް ބިލް ނުދައްކައިގެން ޚިދުމަތް ކަނޑާލަފައެއް ނޯންނާނެ. ދިރާގު މޯބައިލް 35ވަނަ ކަސްޓަމަރ. މަލާމާތް ކުރައްވާނީ، މަޢުލޫމާތު ހޯއްދަވާފައި.
ސީރިއަސްކޮށް
17 March 2020
ނޭގުނު މިވީ ގޮތެއް....
ސަރީފާ
17 March 2020
ޕެކޭޖު ނުނަގާ ހިލޭ ނުދެވޭނެ ދޯ؟ އުލޭ ފާޑުދެން. ނޫޅެން
އަދާލަތު
17 March 2020
މީގެ ކުރީ މަހެއްގައިވެސް 20ޖީބީ، ޕޯސްޓް ޕެއިޑަށް ދީފިޔޯ ނުވެސް ދެނަހުރިން. މިހާރު ތިޔަކިޔާ ލަވައެއްވެސް ނޭގެ.
ޝިފް
17 March 2020
އުރީދޫއިންވެސް ދޭނަމަ
1828
17 March 2020
އުރީދޫން އިން ޑާޓާ ނުދިނަށް ޕްރިޕެއިޓް ކަސްޓަމަރުންނަށް އިނދޭ 102ރ އަށް ލިބޭ ވޮއިސްކޯލް ޕެކެޖެއް. ހުރިހާ އުރީދޫ ނަމްބަރުތަކަށް ހިލޭ އެއްމަސް ވަންދެކަށް ގުޅޭ.