މާލެ: މޭ 25، 2017: ދިރާގުގެ މުވައްޒަފުންތަކެއް އާ ޔުނީފާމާއެކު ބަޔަކަށް ހިދުމަތް ދެނީ: ދިރާގުގެ ބްރޭންޑާއެކު މުވައްޒަފުންގެ ޔުނިފޯމް ވެސް ވަނީ ބަދަލުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 މާޗް 2020 - 12:43
ކޮވިޑް-19 ރޯގާ ކޮންޓްރޯލްކުރަން، މީހުން ބައްދަލުވެ އުޅުން މަދުކުރުމަށް އަޅާ ފިޔަވަޅުތަކުގައި ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ހަފުތާއަކަށް ބަންދުކޮށްފި އެވެ.
ދިރާގުން ބުނީ މިގޮތަށް ހިދުމަތްތައް ދިނުން ބަންދު ކުރީ މި ދުވަސްވަރު ފެތުރެމުންދާ ރޯގާ ކޮންޓްރޯލްކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުގެ ދަށުށް ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމަޔަށް ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުވާނެ އެވެ.
"މިދުވަސްވަރު އަޅުގަނޑުމެން ކަސްޓަމަރުންނަށް އިލްތިމާސްކޮށްލަން ބޭނުން ވަނީ ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ހިދުމަތްތައް މެނޭޖްކުރެއްވުމަށް،" ދިރާގުން ބުންޏެވެ.
މީގެ އިތުރުން ކޮންމެހެން ގުޅަން ޖެހިއްޖެ ހާލަތެއްގައި ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، އައި-މެސެޖިންގް، ވައިބާ ހެލްޕް އަދި ފޭސްބުކް މެސެންޖާ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ދިރާގުން އެދެ އެވެ.
ދިރާގުން ބުނީ އަބަދުވެސް ބަލަނީ ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައަށް ލުއިފަސޭހަ ކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު މިވަނީ ޕޮޒިޓިވްވެފަ އެވެ. މި ބައްޔަކީ ފަސޭހައިން އެކަކު އަނެކަކުގެ ގަޔަށް އަރާ ބައްޔަކަށް ވުމާ އެކު މި ދުވަސްވަރު ކަސްޓަމަރުންނާ ގާތުން ހިދުމަތްދޭ ކުންފުނިތަކުގެ އޮންލައިން ހިދުމަތްތައް ވީހާ ވެސް ގިނައިން ބޭނުން ކުރުމަށް އެ ކުންފުނިތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޔަދު
19 March 2020
މަ ހީކުރީ ދިރާގު ކަސްޓަމަރ ސާރވިސް ފާއިތުވެ 2019ވަނަ އަހަރުން ފެށިގެން އެއްކޮން ބަންދު ކޮށްގެން އުޅޭ ކަމަށް. ހިދުމަތެއް ލިބޭ ތަނެއްނޫން
އިއްލި
19 March 2020
ދިރާގަކީ ވަރަށް ކަޑަ ބައެއް އެއްކަމެއްވެސްވާ ބައެއްނުން އެއީ މާރަހަޅު އެއްކޮށް ބަންދުކޮލިއްޔާ