ފެޑެރާ (ވ) އާއި ނަޑާލް.-- ފޮޓޯ: އޭއެފްޕީ
11 އޮކްޓޯބަރ 2016 - 11:38
ލަންޑަން (އޮކްޓޯބަރު 11) - އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލްސް (އޭޓީޕީ) އިން ނެރުނު ރޭންކިންގެ ގަދަ ހަތަރަކުން މަޝްހޫރު ދެ ތަރިން ކަމަށްވާ ރަފައެލް ނަޑާލާއި ރޮޖާ ފެޑެރާ ފާއިތުވި 13 އަހަރުތެރޭ ފުރަތަމަ ފަހަރަށް އަށް ޖާގަ ގެއްލިއްޖެ އެވެ.
ކުރިން ދުނިޔ$ގެ ރޭންކިން އެއް ވަނަ މަގާމުގައި އޮތް މި ދެ ކުޅުންތެރިންނަށް އަނިޔާ އާއި ފޯމު ދަށްވުމުގެ ސަބަބުން ވަނީ ފާއިތުވި ދެ އަހަރު ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. އިއްޔެ ނެރުނު ރޭންކިންގައި ނަޑާލް އޮތީ ފަސް ވަނައިގަ އެވެ. ފެޑެރާ އޮތީ ހަތް ވަނައިގަ އެވެ.
އެއް ވަނައިގައި އޮތީ ސާބިއާގެ ނޮވަކް ޖޮކޮވިޗެޗެ. ދެ ވަނައިގައި އިނގިރޭސި އެއް ވަނަ ކުޅުންތެރިއާ އެންޑީ މަރޭ އޮތްއިރު، ތިން ވަނައިގައި އޮތީ ސްޓޭން ވަވްރިންކާ އެވެ. އަދި ހަތަރު ވަނައިގައި އޮތީ ޖަޕާންގެ ކެއި ނިޝިކޯރީ އެވެ.
އުމުރުން 30 އަހަރުގެ ނަޑާލް އެންމެ ފަހުން ކާމިޔާބުކުރި ޓެނިސް ގްރޭންޑް ސްލޭމް މުބާރާތަކީ 2014 ވަނަ އަހަރުގެ ފްރެންޗް އޯޕަން އެވެ. މި އަހަރު ނަޑާލަށް ކާމިޔާބު ކުރެވުނީ އެންމެ ދެ މުބާރާތެވެ. އެންމެ ފަހުން އޮތް ޗައިނާ އޯޕަން އިން ނަޑާލް ކެޓީ ކުއާޓާ ފައިނަލުންނެވެ.
ގްރޭންޑް ސްލޭމް 17 މުބާރާތް ކާމިޔާބުކުރި އުމުރުން 35 އަހަރުގެ ފެޑެރާ މިވަގުތު ވެސް ހުރީ އަނިޔާގަ އެވެ. މި އަހަރުގެ ވިމްބަލްޑަން މުބާރާތުގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ފެޑެރާ އަށް ވަނީ އޮލިމްޕިކްސް ވެސް ގެއްލިފަ އެވެ.
އަންހެން ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ އިނގިރޭސި ކުޅުންތެރިއާ ޖޮހާނާ ކޮންޓާ އަށެވެ. މިދިޔަ އަހަރު ދުނިޔޭގެ 146 ވަނައިގައި އޮތް ކޮންޓާ މި މަހު ނެރުނު ރޭންކިންގައި އޮތީ ނުވަ ވަނައިގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy