ޚަބަރު / ކޮވިޑް-19

ކޮވިޑް-19: ޕޮޒިޓިވްވި، އިޓަލީގެ ދެ ޓޫރިސްޓުން ފުރުވައިލެވުމަކީ ލިބުނު ފިލާވަޅެއް: މައިމޫނާ

މިއަދު އޮތް ބައްދަލުވުމެއްގައި، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު، ނަތީޖާ ނުލިބެނީސް އިޓަލީގެ ދެ ޓޫރިސްޓުން މިއަދު ފުރުވައިލުމަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެއީ ބަދަލެއް ގެންނަ ނަމަ ދަސްވި އާ ކަމެއް ކަމަށް ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގެ ފަޅުތެރޭގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ކަރަންޓީނު ކުރި އިޓަލީގެ ޓޫރިސްޓުންގެ ބަޔަކު މިއަދު ފުރުވައިލި އިރު އޭގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް އޮތީ ނަގައިފަ އެެވެ. އެ ދެ މީހުން އެ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު އިރު އެ މީހުން ތިބި މަތިންދާ ބޯޓް ރަޝިއާ އަށް ދަތުރުކުރަނީ އެވެ. އެހެންވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެ ނިންމުމާ މެދު އެތައް ބަޔަކު ދަނީ ފާޑުކިޔައި، އެ ކަން އެގޮތަށް ކުރި ކުރުމާ މެދު ސުވާލު އުފައްދަމުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، މައިމޫނާ ވިދާޅުވީ މިއަދު ފުރައިގެން ދިޔަ ދެ ޓޫރިސްޓުންގެ ސާމްޕަލް ނެގީ ޓެސްޓް ކުރުމުގެ އުސޫލަށް ބަދަލެއް ގެންނަން ޖެހޭތޯ ބަލަން ކަމަށާއި އެއީ ޕްރޮޓޮކޯލްގައި އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތަށް ސާމްޕަލް ނެގީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ކަމަށް މައިމޫނާ ވިދާޅުވި އެވެ. އަދި ޓްރެވެލް ހިސްޓްރީ ނެތް ދިވެހިންގެ ފަރާތުން ވެސް އެ ގޮތަށް ސާމްޕަލް ނަގާ ކަމަށް ވިދާޅުވި އެވެެ.

އެ ދެ މީހުންގެ ސާމްޕަލް ނެގީ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަމަކަށް ވާތީ ނޫންކަމަށް ވިޔަސް، ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވައިލެވުން އެއީ ގޯސްކޮށްވީ ކަމެއް ކަމަށް ގަބޫލުކުރައްވަންތޯ "މިހާރު"ން ސުވާލު ކުރުމުން މައިނޫމާ ވިދާޅުވީ އެއީ ރަނގަޅަކަށްވީ ކަމެއް ކަަމަށެވެ.

"އެއީ ރަނގަޅަކަށްވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ކަންކަން ނިންމުމުގައި ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާ މައިމޫނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަރަންޓީނުގައި 14 ދުވަސް ހޭދަކޮށް ފުރި އިޓަލީގެ ދެ ޓޫރިސްޓުގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެއާލައިނާއި އެ ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ ޑެސްޓިނޭޝަނަށް އެކަން ވާނީ އަންގައިފަ އެވެ.

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުން ދަތުރުކުރި ރަޝިޔާގެ އެއަރޯފްލޮޓުގެ މަތިންދާ ބޯޓު މޮސްކޯގައި ކަރަންޓީންކޮށްފައިވާކަން "މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފަ އެވެ.

"އެއީ ރަނގަޅަކަށްވީ ކަމެއް ކަމަށް އަޅުގަނޑުމެން ބަލައިގަންނަން. އެ ކަންތައްތައް އެގޮތަށް ކުރަން، ދެން ބަދަލެއް ގެންނަންޏާ ގެނައުމަށް ލިބުނު ވަރަށް ރަނގަޅު ލެސަން އެއް ކަމަށް ނޫނީ ލާނިންއެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މައިމޫނާ

އައިލެންޑް ސަފާރީ އަކީ ރާއްޖެ އައިސް ފުވައްމުލަކުގައި ބަދަރުކޮށްފައިވަނިކޮށް، އެ ސަފާރީން ބަޔަށް ޝައްކު ކުރެވި ޓެސްޓު ކުރުމަަށް ފަހު ޕޮޒިޓިވް ވުމުން މޮނިޓަރިންގެ ހާލަތަށް ގެނައި ސަފާރީއެކެވެ. އެ ސަފާރީ މާލެ ސަރަހައްދުން ވިލިވަރު ކައިރީ ބަނދަރު ކުރުމަށް ފަހު އޭގައި ތިބި 16 ދިވެހި މުވައްޒަފުންނާއި 16 ޓޫރިސްޓުން ކަރަންޓީނުކޮށްފައި ވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީގަ އެވެ.

އައިލެންޑް ސަފާރީން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މި މަހުގެ 20 ވަނަ ދުވަހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ބަދަލުކޮށްފަ އެވެ.

އިޓަލީގެ ދެ ޓޫރިސްޓުން ޕޮޒިޓިވްވުމާ އެކު ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16 އަށްް އަރައިފަ އެވެ. އެކަމަކު އެ ދެ މީހުންނަކީ ރާއްޖޭގެ ކޭސްތަކެއްގެ ގޮތުގައި ބެލުމާ މެދު އަދި ގޮތެއް ނުނިމެ އެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 579,894 އެވެ. އޭގެ ތެރެއިން 26,518 ވަނީ މަރުވެފަ އެވެ.

60 ކޮމެންޓް, 140 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 22%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުލް މ

29 March 2020

އިގިރޭސީ ވިލާތުން އައި ކުންޖަކު ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނިކޮށް ހުރިހާ އެށްމެން އެއް ލޯއްޗެގަ ވަރު ރިސޯޓު އަށް ގެންދި ޔުން މީ އަސްލު ވެސް ވަރަށް ފަރުވާ ކުޑަވީމަ ފެނިގެން އަންނަ ކަން ކަންކަން..... ނަމުގައި ކަރަންޓީން އެކަމަކު އެތަން މިތަނުން ދަތުރި ކުރި އެންމެން ގޮވަިގެން އެތަނުން އަނެއްތަނަށް ބަދަލް ވަނީ ތޮތް ޖައްސާލައިގެން. 50 މީހުން އެއްކޮށް ލޯންޗުގަ ގެން ދިޔައި..

The name is already taken The name is available. Register?

އޮނަރަބްލްފުލުސް

29 March 2020

ލެސަން ދަސްކުޜާކައްނޫން ޓެސްޓުހެދީ...ބަލި ނެތްކަން ކަސަވަރުކުރަން.. ނަތީޖާ ނުލިބެނީސް ފުރުވާލީ ފަރުވާކުޑަކަމުން..ނާތަހުޒީބު ކަމުން އެ ފްލައިޓްގަ ދަތުރުކުރި އެންމެންގެ ޒިންމާވެސް ތިބޭފުޅާ ނަގަންޖެހޭނެ...

The name is already taken The name is available. Register?

އަބްދުލް މ

29 March 2020

އެޗް އި އެޗް ގަ ތިބި ހުރިހާ ކުދިން ވެސް ވަރު ރި ސޯޓު އަށް ގެންދި ޔައި އެއްލޯންޗެއްގަ 50މީހުން އަރުވައިގެން.. އެކަމް އެއިވެސް ކަރަން ޓީން ކޮއްފައި ތިބި މީހުން... 14 ދުވަހަށް އިލާ އައި ދުރު އެކަމް އެތަން މިތަނުން ދަތުރު ކޮއްފަ އި މީ ހުންނާ އެއްކޮށް ތަންތަނަ ގެންދިޔުން އެއި ކަރަން ޓީންގެ ލޭޓެސްޓް އަޕް ޑެޓް...

The name is already taken The name is available. Register?

123321

28 March 2020

ސާބަސް، ތިގޮތައް ލެސަން ނުނެގިއްޔާ ރަނގަޅުވާނީ، ގޯސްކޮށް ކަމެއް ކުރެވުނީމަ ގަބޫލުކުރަން ޖެހޭނީ، ކޮންހާ ދޮގެއް ހަދާކައް، ބާރު ލިބުނަސް ތިއީބޮޑުވަރު، ސިމްޕްޓޮމްސް ވެސް ހުރި އެމީހުންގެ، ހަމަތިބެފަ ސާމްޕލް ނެގީކީނޫން، ނަތީޖާލިބެން ދެން މަޑުކުރުވަން ޖެހޭ، އެމީހުން އެކުސްޕޯސްވި އެއްމެންގެ ޒިންމާ ނަގާދެން ތި ލެސަންގެ ތެރެއިން، ބޯހަލާކު

The name is already taken The name is available. Register?

މަވެސް19

28 March 2020

ރަގަޅަކަށް ވީކަމެއް ކަމަށް ބަލައިގަންނަމޯ... ކީކޭ ދެން ބުނާނީ.... ޒިންމާވާން ޖެހޭނެ ތި ކުރި ކަމެއްގެ ސަބަބުން އިތުރު ކިތަން މީހުންނަށް މިބަލި ޖެހުމުގެ ދޮރު އެހުޅުވުނީ... އެ ފްލައިޓްގަ ދަތުރުކުރި އެންމެންގެ ޒިންމާވެސް ތިބޭފުޅާ ނަގަންޖެހޭނެ...

The name is already taken The name is available. Register?

ޢޒްރާ އަލީ

28 March 2020

ޓެސްޓުގެ ނަތީޖާ ނުލިބެނީސް ފުރުމުގެ ހުއްދަ ދިނުން އެއީ ވ ބޮޑު އިހުމަލެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 March 2020

މައިމޫނާ ތިޔަ ބުނާ ފިލާވަޅެއް ސަރުކާރު ހިންގާން ތިބޭ މީހުނަށް ލިބޭނަމަ 88 ނޮވެމްބަރ 11 ގެ ޙަމަލާ، 1990 ގެ ޤަލްފު ހަނޤުރާމަ، 2004 ޑިސެންމަރ 26 ގެ ސުނާމީ، 2012 މާލޭ ފެން ފްލާންޓް ރޯވުން އަދި އޭގެއިތުރުން މާލޭއިން ކަރަންޓް ކެޑުން ފަދަ އެތައް ޙާދިސާއެއްހިގާ މާލެ ހުއްޓުމާއިއެކު މުޅިދައުލަތް ހުއްޓުނު. # ކޮވިޑް 19 ގަވެސް ވަކިތަފާތެއްނެތި މިއޮތީ ހަމައެހާލަތުގައި. މާލެ ހުއްޓޭއިރަށް ދައުލަތް ހުއްޓޭ. މިކަން ބަދަލުވާނީ ކޮންކަހަލަ ފިލާވަޅެއް ލިބިގެންތޯ؟

The name is already taken The name is available. Register?

ސަހަރޯ

28 March 2020

ދުނިޔޭގެ އެހެން ތަންތަނުން އެއުޅެނީ މިވަރަށްވެސް ހިފަހައްޓާ ނުލެވިގެން. އެމީހުން ފުރައިގެން ދިއުމާމެދު އަޑުއުފުލާ ހަޅޭއްލަވާކަށް ނުޖެހޭ. އެމީހުން ފުރުވާފައި އެވަނީ ހަމަޔާއި އުޞޫލުގެ ތެރެއިން. ދިވެހީންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. އިންސާނުން ކުރާ ކަންތައްތަކުގައި މިސްޓޭކް ހުންނާނެ، އެއްވެސް މީހަކީ ޕާރފެކްޓް މީހެއްނޫން.

The name is already taken The name is available. Register?

ވަހީދު

28 March 2020

އުސޫލުގެ ތެރެއިން ބަލިޖެހިފައިވާ ކަމަށް ބެލެވޭ މީހަކު ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުނުވޭނަމަ، އެއުސޫލެއް ބަދަލު ކުރުމުގެ ބާރު އޮންނާނެ. 100 ފޫޓު ހަމަނުވާ ބޯޓެއްގައި ތިބި 2 މީހަކަށް ގައިންގަޔަށް އަރާ ބައްޔެއް ޖެހުނުކަން އެނގުނީމަ ގަބޫލު ކުރަން ޖެހޭނެ އެބޯޓުގެ އެހެން މީހުންނަށް ވެސް ބަލި ޖެހިފައި ހުރެދާނެ ކަމަށް. ޢެންމެ ކުޑަމިނުން ޓެސްޓް ކުރަން ޖެހޭނެ އެއްނު.

The name is already taken The name is available. Register?

މިސްޓޭކް

29 March 2020

ފުރަތަމަ މިސްޓޭކް..ދެން ދެވނަ މިސްޓޭކް..ދެން ރައްޔިތުން ނައް ބަލި ޖެހެން ފެށީމަ ފިލާވަޅު ދަސްވީ...ވަރައް ސަލާމް

The name is already taken The name is available. Register?

ދިއްދޫމީހާ

28 March 2020

އެޗް.އައި.ވީ. ޖެހިފަ ހުރި މީހެއްގެ ލޭ އަޅާފަ ވެސް ބުނި މީ ލިބުނު ގިލާވަޅެކޭ، އަނެކާ އަނެ ފިލާވަޅު، ދުވަހަކުވެސް ގޮލާވަޅު ދަސްކުރާތަނެ ނުފެނޭ، މާދަން ބުނާނެ މީ ލިބުނު އިމްތިހާނެކޭ، ފިލާވަޅު ދަސްނުކޮ އިމްތިހާނަ ދިޔާމަ ވާނީ ކިހެނެ؟؟!

The name is already taken The name is available. Register?

ާަަަައކކ

28 March 2020

މިހާރު 14 ދުވަސް ވެގެން ކަރަންޓީން ކޮށްފައި ދޫކޮށްފައި ތިބިމީހުނާއި ދޭތެރޭ ޟައްކު.

The name is already taken The name is available. Register?

ޑެލްބޯއި

28 March 2020

ވަރަށް ދޯދިޔާކޮށް ކަންކަން ރޭވިފައިވާކަން ހާމަމިވަނީ! ހަރުދަނާކޮށް ހިންގޭނެ މީހަކު މިއަދު މިގައުމުގެ މަތީ ފަޑީގައި ނެތުމުން ހިތާމަކުރަން. ވަކި އެމް.ޑީ.ޕީ އެއް ނޫން ޕީޕީއެމްގެ ހާލަކީ ވެސް އެއީ. ގައުމު ބިނާ ކުރުމުގައި ވެރިކަމުގައި 30 އަހަރު ހޭދަކުރި މީހާ އިންދި ގަހުގެ މޭވާގެ ހިތިރަހަ މިލަނީ. ސްކޫލުތައް ހާލާކުކޮށްލީ. މިސްރު ކަލްޗަރ ތަޢާރަފު ކުރަން އުޅެ އެޔަކަށްނުވެ މިއަކަށް ނުވެ ގައުމު ބޮއްސުންލުމުގެ ނަތީޖާ.

The name is already taken The name is available. Register?

Influvac

28 March 2020

30 އަހަރުގެ ބާނީގެ ކުޅަދާނަ ހިންގުންނުވިނަމަ މިގައުމުގެ ހާލަތު މިއަށްވުރެ ދަށްވާނެ..ސްކޫލްތަށް ހަލާކުވީ ކަލޭކަހަލަ ޑިމޯކްރަސީ ވެގެންއުޅޭ ލާދީނީ ގްރޫޕްތަކުގެ ސަބަބުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454