ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކާފިއު ވަަގުތު ނިމޭއިރަށް ނުކުމެގެން ދުއްވައިނުގަނޭ!

ނެޝަނަލް އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ބްރީގިން ގައި ޑރ.މޫސާ މުރާދު ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ ކާފިއުގެ ވަގުތު ނިމޭ އިރަށް އެންމެން ނުނިކުންނަށް އެދިވަޑައިގަންނަވާ ކަމަށް. ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރިދާނެ ހާލަތެއް އަޔަ ނުދިނުމުގެ ގޮތުން މާލެ ސަހައްދުގައި ކޮންމެ ދުވަހަކު ތިން ގަޑި އިރަށް ހިންގާ ކާފިއުގެ ވަގުތު ނިމޭ އިރަށް މަގުތަކަށް މީހުން ގިނަވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަންބޮޑުވުން ފާޅުކޮށް، އެގޮތަށް ކަންތައް ނުކުރުމަށް މިރޭ އިލްތިމާސްކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކާފިއުގެ ވަގުތުގައި ވެސް އަދިވެސް ގިނަ ބަޔަކު މަގުތަކަށް ނުކުމެގެން ފުލުހުން އެމީހުން ހުއްޓުވި ކަމަށެވެ. އެގޮތުން މިއަދު ވެސް 141 މީހަކު އެވަގުތު ބޭރުގައި އުޅުމުން ފުލުހުން އެމީހުން ހުއްޓުވި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޕްބްރީފިންގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކާފިއުގެ ވަގުތުގައި ގޭގައި ތިބެންވީ އެއީ މަޖުބޫރެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި އެއީ ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. ކާފިއުގެ ވަގުތު ތިން ގަޑިއިރަށް އޮތުމަކީ ނަސީބެއް ކަމަށާއި ކުރެވޭ ކަމެއްގެ ސަބަބުން، އެއަށް ވުރެ ގިނަ އިރު ގެއިން ނުނިކުމެ ތިބެން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކަންތައް ހިނގަމުން އަންނަ ގޮތް ސިފަކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ފެންނަނީ މަޖުބޫރުވެގެން ގޭގައި ތިބެފައި އެވަގުތު ނިމޭ އިރަށް ނިކުމެގެން ދުއްވައިގަންނަ މަންޒަރު ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ބްރީގިންގައި ޑރ.މޫސާ މުރާދު، ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އަދި އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/މިހާރު

"އެއީއެއް ނޫން މިކަމުގެ ބޭނުމަކީ. މިކަމުގެ ބޭނުމަކީ، މިއި އަަޅުގަނޑުމެން އެންމެންގެ ވެސް ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅެއް ވީމާ އެކަންތައް އެގޮތުގައި ބަލައިގަނެ،ކޮންމެ ގަޑިއެއްގައި ވެސް އަޅުގަނޑުމެން މިކިޔާ ދުރުމިން، އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ނުވަތަ އަމަލުތައް ބެހެއްޓުން. އެއީ ވަރަށް މުހިއްމު ކަމެއް،"އޭނާ ވިދާޅުވި އެވެ.

މުރާދު ވިދާޅުވީ ބޭންކް ހުޅުވުމުން ނުވަތަ އެނޫން ވެސް ކޮންމެ ކަމަކާ އެކު ފެންނަނީ ބަލި ފެތުރުނަ ނުދިމަށް ބަހައްޓަން ޖެހޭ ދުރުމިން ނުބެހެއްޓިދާ މަންޒަރު ކަމަށެވެ. މިއީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ނަފްސާއި އާއިލާ އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް ކުރާ ކަންތައްތަކުގެ ގޮތުގައި ބަލައިގަތުމަށް އޭނާ އިލްތިމާސް ކުރެއްވި އެެވެ.

"އެއީ އަޅުގަނޑުމެން މިކަމުގައި [ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި] އެންމެ ކުރީ ސަފަށް ނުކުންނަން ތިބި މީހުންގެ ހައިިއްޔަތުން، ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް އެދޭ ވަރަށް ބޮޑު އެދުމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެނޫން ވަގުތު ތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނައިން، އެކުގައި އާއްމު ތަންތަނަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. ކާފިއުގެ ވަގުތެކޭ އެއްގޮތަށް އެ އަމުރު ތަންފީޒުވަމުން ނުދަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އެކަމުގައި ފުލުހުން މީހުންނަށް ނަސޭހަތްތެރި ވަމުން އަންނަ ކަމަށެެވެ.

"މިކަމުގައި ހަމަ ފުލުހުން މިހާރު ވެސް ދަނީ ނަސޭހަތްތެރި ވަމުން. އެހެން ނަމަވެސް މިކަން މިއަށް ވުރެ އިތުރު ހަރުފަތަކަށް ގެންދަން ޖެހޭތޯ އެއީ ދެން ކުރަން ޖެހޭ ސުވާލަކީ،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ބޭރަށް ނުނިކުމެ ތިބެންވީ އެގޮތަށް ކަންތައް ނުކުރީމާ ޖަލަށް ލާތީ ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

"އެކަހަލަ މުޖުތަމައެއްގެ ގޮތުގައި ރާއްޖެ އޮތުން އަޅުގަނޑުމެން ދެކެން ބޭނުންވޭ. ކޮންމެ ކަމަކީ ޖަލަށް ލާފާނެ ކަމުގެ ބިރަށް ކުރާ ކަމެއް ކަމުގައި ނުވުން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގިނަ ގައުމުތަކަކީ އެބަލި ފެތުރެން ފެށުމުން ވެސް އިޖުތިމާއީ ދިރިއުޅުމަށް ބަދަލެއް ގެނައުން ލަސްވި ގައުމުތަކެވެ. އެމެރިކާއާއި އިޓަލީ އަދި އީރާނަކީ މީގެ މިސާލުތަކެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިިޓިވްވި މީހުންގެ އަދަދަކީ މިހައިތަނަށް 19 އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ރާއްޖޭން ފުރައިގެން ގޮސްފަ އެވެ. އަނެއް 17 މީހުންގެ ތެރެއިން 13 މީހަކު މިހާރު ވަނީ އެބަލިން ރަނގަޅުވެފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 1,140,641 އެވެ. އޭގެ ތެރެއިން 61,189 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

19 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 5%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ އަލީ

05 April 2020

ކޮންކާފިއު އެއް ހިންގާކަށް! ރާއްޖޭގައި ތިބަލި ނުފެރޭ! ކާފިއުހިންގަނީ ބަލިފެރުރެން ފެށިމަ އެއްމެ ފަހު ފިޔަވަޅަކަށް! ކުރު ގޮތަކަށް ބުންނޔާ ކާފިއު އަކީ ހުކުމުން ކުޅުން! މިޔަ ނިވެބަލަ! ރައްޔިރުންގެ ހިތްތަކުގަ ބިރުވެރިން އުފއއްދަން ނުޅުއްވާ!

The name is already taken The name is available. Register?

ހަސަނު1

06 April 2020

ބަލި ފެތުރެން ފެށީމައި ކާފިއު ހިންގީމައި އޮންނާނީ މާ ލަސްވެފައި. މީގެ އަލާމާތްތައް ފެންނަނީ ވަގުތަކުން ނޫން. ހަފްތާއެއް ފަހުންވެސް ފެނިދާނެ. އޭރު މާލަސްވެފައި ހުންނާނީ. ފަހަރެއްގައި ވެދާނެ އެހެން އެބުނަނީ އަލީއަށް ނޭނގޭ އެއްޗެއް ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންނަށް އިނގޭތީކަމަށް.

The name is already taken The name is available. Register?

ކޮރަލް

05 April 2020

ވައިރަސް އަންނަނީ ރާއްޖެ އިން ބޭރުންނެވެ. ބޭރުން މީހުން ގެންނަނަމަ ވައިރަސް ފެތުރުމުގެ ފުރުސަތޮ ބޮޑު ވާނެ އެވެ. ބޭރުން އަންނަ މީހުންގެ ކަރަންޓީން ހަރުކަށި ކުރަން ވީއެވެ. މެލޭޝިޔާ އާއި އިންޑިޔާ އިން ބަޔަކު އެބަ އާދެ އެވެ.

The name is already taken The name is available. Register?

ހަޒާނާ

05 April 2020

މެލޭޝިޔާ އާއި ޓްރިވެންޑްރަމްގައި ހުރި ދިވެހީން މާލެ ގެންނަނީ އެވެ. ކުރެވޭ ކަމަކުން 24 ގަޑި އިރަށް ކާފިއު ހިންގަން ޖެހިދާނެ އެވެ.

The name is already taken The name is available. Register?

އެންދެރި

05 April 2020

އަންނި ޓެސްޓް ކުރަން މަޖްލީހަށް ދިއުމަކީ ހެދި ވ ބޮޑު ގޯހެކެވެ.

The name is already taken The name is available. Register?

މީޒްލީ

05 April 2020

ޑރ. ކުރެވޭ ކަމެކޭ ވިދާޅުވާނެ ކަމެއްނެތް، ތިޔަ ވިދާޅުވަނީ އެކައްޗެއް، ރާއްޖޭން ބޭރުގައި ތިބި ދިވެހީން ތިޔަ އޮތްގެން މިތަނަށް ގެންނަނީ، ދެން މިތާގައި ސަލާމަތުން ތިބި މީހުންވެސް ނުރައްކަލުގެ ތެރެއަށް އިތޮތްގެން ތިޔަ ވައްޓާލަނީ، ބޭރުގައި ތިބި މީހުންނަވުރެން އެތެރޭގައި ތިބި މީހުން ގިނައީ، ތިކަން ތިގޮތަށް ނުކުރުމަށް އާދޭސްކޮއްފައި ދަންނަވަން، މިތާކުނެތް ތިބަލި ފެތުރިއްޖެ ނަމަ ކުރެވޭނެ އެއްވެސް ކަމެއް! ހިތާމަޔާއި އެކު ވެދުން!

The name is already taken The name is available. Register?

ހަޒާނާ

05 April 2020

އަޅުގަނޑަށް ހީވާގޮތުން ލޮކްޑައުން މާ އިފެކްޓިވް ވާނެކަންނޭގެ ރޭގަނޑު 21:30 ފެށިގެން ހެންގުނު 6:00 ހެދީމަ.

The name is already taken The name is available. Register?

ޫވުބު

05 April 2020

ތިއޭ މައްސަލައަކީ ނަސޭހަތްދީގެން ދިވެހިންމައިތިރިއެއްނުވާނެ. ކާފިއުވަގުތު ބޭރުގައުޅޭމީހުން ވަގުތުންފުލުސްއޮފީހަށްގެންގޮސް ޖޫރިމަނާ ފައިސާ ނަގަންވީ. ފައިސާދިނީމަނޫނީ އެމީހުންދޫނުކުރަންވީ

The name is already taken The name is available. Register?

އަސްލުވީގޮތް

05 April 2020

އަސްލު ވާގޮތަކީ ފުރަތަމަ އޮތީ އާންމުކޮށް ގޭގަ މަޑުކުރަން އެންގިފައި.. ދެން ވަކި ވަގުތެއް ޚާއްސަކޮށް ނިކުތުން މަނާ ކުރީމާ އެބުނެވެނީ ދެންހުރި ގަޑިތަކަކީ ނިކުތުން މަނާ ނޫން ގަޑިތަކޭ. ލައިކްވިޔަސް ނުވިޔަސް މިއީ އިންސާނުންގެ ކަންކަން ހިނގާ އުސޫލަކީ. މިވަރު ކާފިއު އިއުލާނުކުރި ބޭފުޅުންނަށް ނޭނގުނީތީ އަޖައިބުވޭ.

The name is already taken The name is available. Register?

އަލި

05 April 2020

ކާފިއު ކުރުމުގެ ބޭނުމެއްނެތް އެހެން ގަޑިތަކުގައި ގޭގައި ނުތިބެވެންޏާ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ކަމުގެ ސީރިއަސްކަން ކަމުގެ މަގުސަދު ނުވިސްނޭ.

The name is already taken The name is available. Register?

ސަންޕަ ހަސަންފުޅު

05 April 2020

ރައްޔިތުންގެ ގިނަބަޔަކު ތިބެނީ ބޯގޮވާފައި.

The name is already taken The name is available. Register?

falcon_autho

05 April 2020

ތީ ކޮންވައްތަރެއްގެ ކާފިއުއެއްތަ؟ މީހުން އެއްވެ ނޫޅެންވެގެންހެން މަށަށްހީވަނީ ކާފިއު ހިންގުމުގެ ބޭނުމަކީ. ފެނިވަޑައިގަތްތޯ ޕާރުސަލްތައް ހިފައިގެން ތޮއްޖެހިފައިވާ މީހުން. އެނޫން ގޮތަކަށް އެކަން ނުވީތޯ؟ މިހެން ބުނީމާ އެންމެންވެސް ރުޅިއަންނާނީ ބުނާމީހާ ދެކެ. އެމެރިކާގެ ރައީސްވެސް ވިދާޅުވިދޯ މީހުން ގޭގައި މަޑުން ތިބުމަކީ ތިމަންނަ ގަބޫލުކުރާ ކަމެއްނޫނޭ. މުޅިގައުމަށް ފެތުރުނީމާ ނޫން ބުނަންވީކީ މާސްކް އަޅައިގެން ގޭގައިތިބޭށޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454