އެމްއެސްއެސްގެ އެމްޑީ އަބްދުﷲ ސައީދު އެ ކުންފުނީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް/މިހާރު
05 އެޕްރީލް 2020 - 15:13
މިދިޔަ މަހު އުފެއްދި ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސައިފި އެވެ.
ސައީދު، ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.
އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަކީ އޭރު ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ވެސް މެ އެވެ.
ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭރު ވެރިކަން ކުރި އެމްޑީޕީގެ އިސް ސަފުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
06 April 2020
ކުންފުނިތައް ކުރިއަރާ ދާނީ އެތަންތަން ހިންގުމަށް ފަންނީ ގާބިލު މީހުން. ރާއްޖޭގައި ތިބި ފަންނީ ގާބިލު ޒުވާނުންނަށް ފުރުސަތު ނުދީ ޕާޓީގެ ކުނި ގޮޑު ހުވައިގެން މީހުން ލުމަކުން ނަތީޖާއެއް ނުނެރެވޭނެ. ގަބީލާ ވިސްނުން ދޫކޮށް ގައުމީ ވިސްނުމުގައި މަސައްކަތް ކުރުމުގެ ރޫހު ވަރަށް ކުޑަ.
Hussain
06 April 2020
މާތް ކަލާކޯ، ތިޔައީ ދުވަހަކުވެސް ކަމެއްކުރެވިފަހުރިމީހެއްނޫން. އެކުސްޕަޔަވެފަ ހުރި ތާކުންތާކުނުޖެހޭ ދެއުޅިއެއްނުވާ ބޮޑު ފޭލިޔަރެއް. ސާބަސް ހަމަ އިބޫގެ ސަރުކާރައް. ޕަކާސް
ހުސެނ
06 April 2020
މަރުހަބާ ސައީދް... ދިވެހިން ގެ ޝިޕިން ލައިން އެއް އުފެދިގެން ދިއުމަކީ ވަރަށް އުފާވެ ހިއްހަމަ ޖެހޭ ކަމެއް... ޝިޕިންގ ގެ ދާއިރާއިން ރާއްޖެ އަކީ އެންމެ ކުރީސަފުގައި މަސައްކަތް ކުރެވިދާނެ ގައުމެއް... ތެދުވެރިކަމާއެކު މަސައްކަތް ކޮށްފިއްޔާ ވާނެ... އުއްމީދަކީ އަމިއްލަ ފްލީޓެއް މުޅި ދުނިޔޭގައި ދުއްވުން ކަމަށް ހަދާ އެމަގަށް މަސައްކަތް ކުރޭ...ވާނެ...
ބޭކާރު ފައިސާ
06 April 2020
ތިކަމަކީ ކުރަން ވެފައި އޮތްކަމެއް އެކަމަކު މައްސަލައަކީ ތިކަންކަން ރާވާ ހިންގަން ތިލަނީ ކަމަށް ގާބިލު މީހުންކަމަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ގަބޫލެއް ނުކުރެވޭ މަހަކު 210 ހާސް ޑޮލަރަށް ބޯޓް ކުއްޔަށް ހިފައިގެން މިދަޑިވަޅުގައި ފަށަންވީ ވަރުގެ ކަމެއްނޫން މިގައުމަށް ގެންނަން ތިބޯޓަށް އަރުވަން އެކަށީގެން ވާ އަދަދަކަށް މުދަލެއް މިދަޑިވަޅަކު ނުލިބޭނެ ކަން ޔަގީން
ޢަހުމަދު އީސަ
06 April 2020
ދެން ބަންގާޅީންނައް ވަޒީފާދީ ފުރާލާ ދިވެހިން ރޮއެރޮއެތިއްބާ ދިވެހިންނަކީ ވަރައް ހެޔޮއެދޭބައެއް
ދަވާލި19
06 April 2020
މީ އެބޭބެއާ ހާދަ ވައްތަރު ބޭބެ އެކޭ ދޯ
ޙަސަންބެ3
06 April 2020
އަދިވެސް އިބޫ ސޯލިހު ބައި އެޅުމުގަ. ހިތާމަކުރަން
އަހުގާފް
06 April 2020
700 ޓީއީޔޫގެ މިވަރުގެ ބޯޓެއް ޗާޓަރކުރަންވެސް ގިނަވެގެން 5000ޑޮލަރ އަށް ދުވާލަކަށް/ 150,000ޑޮލަރ މަހަކަށް ލިބޭނެ. ބޯޓް ގެނައީ މަހަކަށް 210,000 ޑޮލަރަށް. މިތިބި ހާލަތުގައި ދުވާލަކަށް 2000 ޑޮލަރގެ ރޭޓުން 183ދުވަހަށް ޖުމްލަ މާރކެޓްރޭޓަށްވުރެ ބޮޑުވާ އަދަދަކީ 5.65 މިލިއަން ދިވެހިރުފިޔާ. މިބޯޓްގެ ކުލިން ބޮޑުވާ @ ވަންނާނީ ބޯޓުންމުދާގެންނަމީހުންގެ މުދަލުގެ އަގަށް.
ދިވެހިމީހާގެ އަޑު
06 April 2020
7000 ޑޮލަރ ދުވާލަކަށް ކަމަށް ބެލެވެނީ، ކޮބާ މީގެ އިތުރުން އެޔަށް އަޅާ ތެޔޮ ، އިސްވެ ދެންނެވުނު އަދަދަކީ ހަމަ އެކަނި ޗާޓަރ ފީ، މި ބޯތުފަހަރުން ދިވެހި ސީމަނުން/ކެޕްޓަނުން ނަށް ވަޒީފާ ލިބޭނެޔޯ މި ގަމާރުންތަކަށް ނޭނގޭ މީ ޗާޓަރ ކޮށްފައޮއި އޮއި ބޯޓެއް ކަން ، މި ދެން ބޮޑުވަރު ކޮންމެ މަހަކު މިކަމަށް ދާ ހަރަދު އެސް.ޓީ.އޯ ގެ ހިއްސާދހަރުންނަށް އިނގެންޖިހޭ / އަދި އޭ.ސީ.ސީ އިންވެސް ބަލަންޖިހޭ. މީ އެނގިތިބެ ވަކި ބައެއްގެ މަންފާޔަށް ކުރި ކަމެއް ކަމަށްބެލެވޭ
ރީތި މޫސަ
05 April 2020
ކަންކަމަށް ކޮލެޓީ މީހުންބޭނުމީ ކޮބައިތަ ކިޔަވައިގެންތިބި ޒުވާނުން ހައްތާވެސް ނަޝީދުގެ ގާތްމީހުނަށްދިނަސް ފެންވަރުގެ މީހުނަށްދީބަލަ
އަޙުމަދު.
06 April 2020
ތިމާ އަމިއްލަ އަށް ރީތި މީސަ ކަމަށް ހެދިގެން ކޮމެންޓް ނުކޮށް ފެންވަރެއް ހުރިނަމަ އެބޯއްޓުގެ ވަޒީފާއަށް ނިކަންދޭބަލަ. ނަޝީދުގެ ގާތް ކާކަށް ކޮންކަމެއްދީގެން ރީތިމޫސަ އަށް ތިހާވަރެއް ތިއަރަނީ.؟
ރައްޔިތުންގެބާރު
05 April 2020
މިއީ ރައްޔިތުންގެ މޫނުމަތީގައި ޖެހި ރަގަޅު ތަފާޔެއް އަހުލާގީ މައްސަލައެއް މުޅިރާއްޖެ އަށް އާމުވެފައިވާ މީހަކު ސަރުކާރުގެ މިފަދަ މަގާމަކަށްލުމަކީ ރައްޔިތުންގެ އެއްވެސް ބާރެއް ނެއްކަން އަންގަންވެގެން ކުރިކަމެއް ހެން ބޮޑަށް ހީވަނީ އަދި ތިބޯޓަކީ 6 މަަހަށް ކުއްޔަށް ގެނައިބޯޓެއް ދައުލަތުގެ މައިކުންފުނިން ބޯޓެއް ގެންނައިރު އެބޯޓުގެ ބޭރުގައި އެސްޓީއޯ ޖަހާނުލާއޮތުމަކީ މިކަމުގެ ފުރިހަމަ ހެއްކެއް ރައްޔިތުންނޭ މިސަރުކާރުން ރައްޔިތުން ގޮބޯހައްދަނީތައް؟
ނަޝީދު.
05 April 2020
ތީ އެއްކަލަ ވޯޑިއޯއެއްގެ މައްސަލައިގަ ސިންގަޕޫރަށް ދިޔަ ބޭފުޅާތަ؟