ލެކިއުޓް އިން ވިއްކާ ސެންޓުތަކެއް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ލެކިއުޓް
09 އެޕްރީލް 2020 - 15:26
ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ސެންޓު، ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ލެކިއުޓުން މުޅި ރާއްޖެ އަށް ޑެލިވަރީގެ ހިދުމަތް ފަށައިފި އެވެ.
މީގެ ކުރިން ލެކިއުޓުން ޑެލިވަރީގެ ހިދުމަތް ދިނީ މާލެ ސަރަހައްދަށް އެކަންޏެވެ. ނަމަވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން ނިންމީ ކަމަށް އެ ފިހާރައިން ބުންޏެވެ. އެތަނުން ބުނީ މި ހިދުމަތް މާލެ އަށް ހިލޭ ފޯރު ކޮށްދޭއިރު އެހެން ރަށްތަކަށް އެ އޮންނަ އުސޫލެއްގެ ދަށުން ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
ލެކިއުޓުން ބުނީ މި ދަނޑިވަޅުގައި ސޯޝަލް ޑިސްޓެންސިން މުހިންމުވެފައި ވާތީ އެ ފިހާރައިގެ އަމާޒަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ލެކިއުޓުން ޑެލިވަރީކުރާ ހުރިހާ ޕާރުސަލްތަކަކީ ވެސް އޭގެ ޕެކޭޖިން ޑިސްއިންފެކްޓް ކުރުމަށް ފަހު ސީލް ކޮށްގެން ޑެލިވަރީ ކުރާ ޕާރުސަލްތަކެކެވެ.
ލެކިއުޓްގެ އޮންލައިން ޕްލެޓްފޯމު ވެސް ވަނީ ތައާރަފު ކޮށްފައި--
ލެެކިއުޓުން ވިއްކާ ސެންޓުގެ ބާވަތްތައް އެ ފިހާރައިގެ ވެބްސައިޓު www.lecute.com އިން ބަލައިލެވޭނެ އެވެ. އަދި މި ވެބްސައިޓަށް ޒިޔާރަތްކޮށްގެންނާއި ފިހާރައިގެ ހޮޓަލައިން 7696699 އަށް ގުޅާލުމުން ޑެލިވަރީގެ ހިދުމަތް ފޯރު ކޮށްދޭނެ އެވެ.
އެ ފިހާރައިން ވިއްކާ ބްރޭންޑުތަކުގެ ތެރޭގައި "ޑިއޯ" އާއި "ޓޮމް ފޯޑް" އާއި "ރާލްފް ލޮރެން" އަދި "ޕްރާޑާ" ފަދަ މަޝްހޫރު ބްރޭންޑުތައް ހިމެނެ އެވެ. ލެކިއުޓުން، އެ ފިހާރަ އިން ވިއްކާ ހުރިހާ ސެންޓަކީ ވެސް އޮރިޖިނަލް ސެންޓު ކަމުގެ ޔަގީންކަން ދެ އެވެ. މީގެ އިތުރުން މޭކަޕުގެ ސާމާނާއި ރީތިވާން ބޭނުންވާ ސާމާނު އަދި އެކްސަސަރީޒް ވެސް ލިބެން ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސި
10 April 2020
މަށް އަދިވެސް ނުވިސްނޭ ތިތަނުން ވިއްކާ ސެންޓު އަދި އެހެނިހެން ސާމާނު އެހާ އަގުބޮޑު ވާންޖެހޭ ސަބަބެއް. މިހާރު ކަރަންޓު ސިޑިވެސް ނެތްއިރު ބޮޑުތަނުން ހަރަދު ކުޑަވާނޭތާ
ންންންން
10 April 2020
މިރޯދަމަހު ސައިބޮނީ ސެންޓުން ތަ؟