ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މާލޭަގައި ބޭއްވި ޑްްރިލް އެއްގައި ބަޔަކު ހަރަކާތްތެރިވަނީ. ސާވޭ ދައްކާ ގޮތުން ރާއްްޖޭން 8000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި.
14 އެޕްރީލް 2020 - 14:14
މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ރާއްޖެއިން ގާތްގަނޑަކަށް 8،000 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުން އެކަށީގެންވާ ކަމަށް ސާވޭތަކާ ހަވާލާދެއްވައި ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ބާއްވަން ފަށަން ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް މަޖިލީހުގެ ޗެމްބަރުގައި އޮތް ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެޗްޕީއޭއިން އެންމެ ފަހުން ކުރި އެޕިޑެމިއޮލޮޖިކަލް ސާވޭގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވާފައިވާ ކަަމަށެވެ. އެ މައުލޫމާތު ހޯއްދެވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާތީ ކަމަށް ވެސްް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކޮވިޑްް-19 ފެތުރުން ކޮންޓްރޯލް ކުރަން ދެ ގޮތަކަށް މަސައްކަތް ކޮށްފި ނަމަ ނުކުންނާނެ ދެ ނަތީޖާއެއް ސާވޭއިން ފާހަގަކޮށްފައި ވެ އެވެ. އެ ގޮތުން އެއް ނަތީޖާ އަކީ ރާއްޖޭން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ނެރެވޭނެ ނަތީޖާ އާއި ފިޔަވަޅުތައް ދޫކޮށްލުމުން ނުކުންނާނެ ނަތީޖާ އެވެ.
އެމަނިކުފާނު ވިދާޅުވީ ފިޔަވަޅުތައް ނާޅައިފި ނަމަ ގާތްގަނޑަކަށް 8،000 މީހުން އެ ބައްޔަށް ޕޮޒިޓިވް ވާނީ 80 ދުވަހުގެ ތެރޭގަ އެވެ. އަދި ފިޔަވަޅުތައް އެޅިޔަސް، ހަމަ އެ އަދަދަށް މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވާނެ ކަަމަށް ލަފާކޮށްފައިވާ އިރު، އެކަމަކު އެ ހިސާބަށް ދާން 210 ދުވަސް ނަގާނެ ކަމަށް، ސާވޭތަކާ ހަވާލާ ދެއްވައި، އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު މިއަޅާ ފިޔަވަޅުތައް އެޅީމާ، މިކަމުން އަޅުގަނޑުމެެންނަށް ލުޔެއް ލިބެން އަންނަނީ 210 ދުވަހުން. މީގައި މި ފާހަގަކުރަން ޖެހޭ އެއްޗަކީ ފިޔަވަޅުތައް އެޅީމާ ވެސް ހަމަ އެއް އަަދަދެއްގެ މީހުންނަށް ޖެހެނީ. އެކަމަކު އެއީ ދިގު މުއްދަތެއްގެ ތެރޭގައި. މިގޮތަށް މި ހަދާ ސަބަބަކީ އެއް ދުވަހު އެހާ ގިނަ މީހުން ހޮސްޕިޓަލަށް ވަންނަން ނުޖެހުން،" މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މައިގަނޑު ބޭނުން ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ފިޔަވަޅު ތަކާ އެކު ގިނަ ދުަވަސްްތަކެއް ހޭދަކުރަން ޖެހޭނެ ކަމަށް ސާވޭއިން ދައްކާ ކަމަށް.
އެމަނިކުފާނު ވިދާޅުވީ ދިގު މުއްދަތެއް ހޯދަން ރާއްޖޭން މަސައްކަތް ކުރަނީ އެއް ދުވަހާ ހޮސްޕިޓަލަށް ވަންނަން ޖެހޭ މީހުންގެ އަދަދު ގިނަވުމުން ފަރުވާ ނުދެވި، މީހުންގެ ފުރާނަަ ގެއްލޭ އަދަދު އިތުރުވާނެތީ ކަމަށެވެ.
"މުއްދަތު މި ހޯދަނީ ހޮސްޕިޓަލާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް. ދެން އަޅުގަނޑުމެން ހަދަން މި ޖެހޭ ގޮތަކީ ސިއްހީ ހިދުމަތް އައިސީޔޫ އާއި އިންޓެންސިވް ކެއާ ދެވޭނެ ގޮތް މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ހޯދަންވީ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑްް-19 ފެތުރޭ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ހާލަތަށް ތައްޔާރުވާން އިތުރަށް ހޯދަން ޖެހެނީ 247 އެނދު އަދި ޖުމްލަ 700 ހޮސްޕިޓަލް އެނދު ކަމަށް ވެސް ސަވޭއާ ހަވާލާ ދެއްވައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަތުގައި އެއަށް ވުރެ ގިނަ އައިސީޔޫ އެނދު އެބަހުރި،" އެމަނިކުފާނު ވިދާޅުވި އެވެ.
އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެެތުރޭ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން ބަލަން ސާވޭއެއް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފަ އެވެ. ނަޝީދު މިއަދު ވިދާޅުވެ ދެއްވީ އެ ސާވޭގެ ހޯދުންތައް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ. އެޕިޑެމިއޮލޮޖިކަލް ސާވޭގެ ނަތީޖާ އެޗްޕީއޭއިން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯބެ
15 April 2020
ރ ނަޝީދަކީ އާދައިގެ ބޭފުޅެއްން.. އެބޭފުޅާ ވިދާޅުވާ ކޮންމެ ބަސްފުޅަކާ ނަސޭހަތަކުން ގިނަ އިބްރަތަކާ ހޭލުންތެރިކަން ގައުމަށް ގެނަސް ދެއްވައިފި.. މިވާހަކަ ފުޅާވިއްދާ އެ މަނިކުފާނަށް ހުތުރުބަހުން ކޮމެންޓު ކުރިމީހުން ގެ އަންދާޒާ ކިހާ ވަރަކަށް ބާހުރީ.. އެންމެން ގޭގަ ތިބެ ނަމާދުކޮށް ގުރުއާން ކިޔެވުން އިތުރު ކުރޭ.. ﷲގެ ކިބައިން ރައްކާތެރިކަމަށް ތާ އަބަދު ދަންނަވާ..
ދޮން ދީނި
15 April 2020
ކޮވިޑް ފުރަތަމަ ކޭސް މާލޭން ފެނިއްޖެ. ރައީސް ނަޝީދު މަޑު މަޑުން ބޯ ޖަހާލާފައި ބުންޏެވެ. "ހޫޒް ލާފިންގ ނައު"
ގަޓް ބްރޯ
15 April 2020
ރައީސް މައުމޫނުގެ ވެރިކަމުގަ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް އާ ޑިމޮކްރެސީ އާ އަސާސީ ހައްޤުތަކާ މިނިވަންކަމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވީމަވެސް ކީ އެއްޗެތި މަވެސް އެހިން. ކުރީގެ އެޑިޔުކޭޝަން މިނިސްޓަރަކު 1992 ގަ މިސުރުގަ ތިބި ދިވެހި ކިޔަވާކުދިން ނެރުނު "ރޭނީސް" ކިޔާ މަޖައްލާ އަކަށް ދިން އިންޓަރވިޔު އެއްގަވެސް ވިދާޅުވީ ރާއްޖޭގަ "ސާޅީސް ދެ ސިޔާސީ ޕާޓީ" (42 މަޖިލިސް މެންބަރުން) އޮތްވާހަކަ.
އެކަނި ވެރިޔާ
15 April 2020
މަވެސް މިކުރިން އަންނި އަށް ސަޕޯޓު ކުރި ޒުވާނެއް ދީނަން ފުރައްސާރަ ކުރަން ފެށިހިސާބުން އަންނި ފެނުނަސް ރުޅި އާދޭ އެހެން ހުރެލާފަ ޗައިނާއޭކިޔާގެން ވެސް އަގަތަޅަން ފަށާފާނެ ބޮޑަށް ވައްތަރީ .....
ާއުނިމާ
14 April 2020
މީނަޔަކަށް އެގުރާފު ތަރުޖަމާކުރާކަށް ނޭގުނު، ދެން މާ ރޯނުއެދުރު ވެގެން، މީހުންގެ ސަމާލުކަން ހޯދޭތޯ
ކާކުބުނީކީކޭ
10 September 2020
ދެން މިއަދު ވެސް ބުނާތި ރޯނު އެދުރޭ
ބުއްޅަބަފާ
14 April 2020
ލާރިގަނޑެއް ކާލަންވެގެން މިހާރުވެސް ކެވުނުވަރުމަދުވެގެން 2 އަހަރުވީ ޔާމިނައްވުރެ ގިނައިން ދިރުވާލައިފި
ވަހީދު
14 April 2020
ކޮމެންޓް ތަށް ކިޔާލީމަ އެނގޭ މީ ސޭކުންގެ ޕަރސެންޓޭޖް ބޮޑު ގައުމެއް ކަން. ސޭކުންގެ ކޮމެންޓް ޕަބްލިޝް ކުރުމުގެ މިނިވަންކަން ހޯދައި ދެއްވީތީ އަންނި އަށް ޝުކުރު ދަންނަވަން.
ރަގަޅު
15 April 2020
ވަރަށް ރަގަޅު ވާހަކައެއް...
ދިސް އިސް އެން އިޑިއަޓް
14 April 2020
މިކަލޭގެއަކަށް ނޭނގޭ ސަރވޭއަކާއި އެނަލިސިސްއެއްގެ ތަފާތެއް. ސަރވޭއަކުން ދައްކާނީ އެއްއަދަދެއް، އެއީ މިހާރު ކޯވިޑް ޖެހިފަ މީހަކުހުރިއްޔާ އެކަން. ސިނާރިޔޯތަކަކަށް ބޭސްކޮށް އެނަލިސިސްއިން ދައްކިދާނެ ދެނަތީޖާއެއް. އެކަމު ނަޝީދު މިކިޔާ ނަންބަރު ހަމައެއް ނުޖެހޭ. އެމެރިކާއިންވެސް އެސްޓިމޭޓް ކުރަނީ 1 މިލިއަން މީހުންނަށް އެބަލި ޖެހޭނެކަމަށް. އެއީ އާބާދީގެ 0.3 ޕަސަންޓް. ރާއްޖޭގައި މިކަލޭގެ އެބުނަނީ 2% މީހުންނަށް އެވެސް 210 ދުވަސް ތެރޭގައި
ސިތާރާ
14 April 2020
ނަޝީދު މަނިއްޕުޅަށް ދަންނަވަން މިހާރު ތިމަނިއްޕުޅު ދައްކަވާ ވާހަކަފުޅުތައް ބޮޑު ޖޯކަކަށްވެ މީހުން ހީސަމާސަ ކޮށްލާފައި ފޫހިގޮތަކަށް ދެކެނީ ދެންވެއްޖެ ނޫންތޯ ދުވަސްކޮޅަކައް ނަމަވެސް ހިމޭނުން މާ އެގޭ މީހަކަށް ވެގެން ނޫޅެ ހުރެވޭތޯ ބަލަން. މަނިއްޕުޅު ދައްކާ ވާހަކަ ގަބޫލު ކުރާނެ މީހުންގެ އަދަދު 8000 މީހުންނަށްވުރެ މިހާރު މަދުވާނެ
ނަޝީދު mުދީ
14 April 2020
އިރެއްގަ ނަޝީދު ޖަހާހާ ބެރަކަށް ބަޔަކު ނެށިޔަސް މިހާރު ގިނަ ރައްޔިތުން ބޭނުމެއްނުވޭ ދިވެހިންގެ ކަންކަމާ ނަޝީދު ބެހޭކަށް . ނަޝީދަކީ އެޕްޑީޕީ އަށްވެސް ހުރި ވައިރަހެއް މިހާރު.