ޖުމްހޫރީ މައިދާނުން ފަޔާޒަށް ފެނުނު ކޮތަރުތައް: ގިނަ ކޮތަރުތައް ދަނީ މަރުވަމުން
20 އެޕްރީލް 2020 - 13:03
ޖުމްހޫރީ މައިދާނަށް އެއްވާ ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެގެން، ބައެއް ކޮތަރުތައް މަރުވާން ފަށައިފި އެވެ. އަދި ކާއެއްޗެއް ހޯދަން ގިނަ ކޮތަރުތައް ދަނީ މާލޭގެ މަގުތަކަށް ވެސް ނުކުންނަމުންނެވެ.
ޖުމްހޫރީ މައިދާނަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ، މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ މަންޒިލެވެ. އެތަނުގައި އަބަދުވެސް އެއަށް ކާންދޭނެ މީހުން ތިބެ އެވެ. އާއްމު ގޮތެއްގައި ކޮތަރުތަކަށް ކާންދެނީ، ހިތް ފަސޭހަކޮށް އެ މައިދާނަށް ދާ މީހުންނާއި ކުޑަކުދިންނެވެ.
އެކަމަކު މިހާރު މަންޒަރު ބަދަލުވެއްޖެ އެވެ. ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެ، މާލެ ލޮކްޑައުންކޮށް އެންމެން ގޭ "ބަންދު"ވާން ޖެހުމުން ކޮތަރުތަކަށް ކާންދޭނެ މީހަކު ވެސް ނުވި އެވެ. އެންމެ ފަހުން ބައެއް ކޮތަރުތައް މިހާރު ބަނޑަށް މަރުވަނީ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަޔާޒް ޔޫސުފް ވަނީ އޭނާއަށް ފެނުނު އެ ހިތްދަތި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ މަސައްކަތް ނިންމާފައި އެ ސަރަހައްދުން ދަނިކޮށް، ކޮތަރުތައް ބަނޑުޖަހައިގެން ތިބި މަންޒަރު ފެނުމުން، އެއަށް ކާންދެން ހަނޑޫކޮޅެއް ލިބޭތޯ ބެލި ކަމަށެވެ. އެކަމަކު އެއްވެސް ފިހާރައަކުން ގަންނަން ނުލިބުމުން، ރަހުމަތްތެރިއެއްގެ ގޭގައި ހުރި ހަތަރު ކިލޯގެ ހަނޑުލުގެ ތެރެއިން ދެ ކިލޯ ހަނޑޫ ގެންގޮސް ކޮތަރުތަކަށް ކާންދިނެވެ. އޭނާ އެތަނަށް ދިޔަ އިރު ވެސް، ބައެއް ކޮތަރުތައް އޮތީ މަރުވެފަ އެވެ.
Day 9 of quarantine. The birds have come back to their natural habitat. ThE EaRtH iS hEaLiNg 😂 pic.twitter.com/2gpkxWNt7U
— Refty (@Refty) April 20, 2020
"އެ ވަގުތު އެތަނުގައި މަރުވެފައި އޮތް 11 ކޮތަރެއް އަހަރެން ދިޔައީ ކޮތަޅަކަށް ލައިގެން ހިފައިގެން. އިތުރު ކޮތަރު ވެސް ހުރި. އެކަމަކު ގެންދިޔަ ކޮތަޅު ފުރުމުން ގެއަށް ދިޔައީ،" ފަޔާޒް ބުންޏެވެ.
ކާން ލިބޭނެ ގޮތެއް ނެތުމުން، ގިނަ އަދަދެއްގެ ކޮތަރުތައް މިހާރު ފެންނަނީ އެ ސަރަހައްދާ ކައިރި މަގުތައް މަތިންނެވެ. މީހުން ނެތް، ފަޅުވެފައިވާ މަގުތަކުން ކާއެއްޗެއް ހޯދަން އުޅޭ މަންޒަރު ވަރަށް ހިތްދައްޗެވެ.
ކޮވިޑް-19 އާ ގުޅިގެން ބަނޑަށް ޖެހިގެން އެންމެ ފުރަތަމަ ދުނިޔެ ދޫކުރި އެެއްޗަކަށް މިވީ، ލޮކްޑައުންގެ ކުރިން ގިނަ ބަޔަކު ހިތްހަމަޖައްސާލައި، ކުޑަކުދިންގެ ހިތް އުފާކޮށްލަދޭން އެއްވި ކޮތަރުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންމޭން
21 April 2020
ގޭގައި ތިބެ ބެލްކަނީ ތަކުން ކޮތަރަށް ކާންދިނުން. ހިތްހަމަ ވެސް ޖެހޭނެ. ކޮތަރު ވެސް މަރެއް ނުވާނެ. ވިން ވިން.
ކޮވިޑް
21 April 2020
ޔަގީން އެއްޗިހ ސަލާމަތް ކުރޭ...
ވަސީސ
20 April 2020
އެތަނައް ކޮންމެ ދުވަހަކު ހަނޑޫކޮޅެއް ފުލުހުން އަޅައިދިނުމައް ގޮވާލަން.. އެއީވެސް މާތްﷲ ހައްދަވާފައިވާ ދިރޭތަކެތި.. ދިރޭތަކެއްޗައް ހެޔޮކޮއްހިތުމަކީ އަހަރެމެންގެ ދީނުގައި ބާރުއަޅާކަމެއް..
ސަމާލުވޭ.
20 April 2020
މަރުވެފަ ހުރި ކޮތަރުތަކެއް ކޮތަޅަކަށްލައިގެން މިދުވަސްވަރު ގެންދިއުން އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. އަދި ހޮސްޕިޓަލެއްގައޭ ތިބުނީ މަސައްކަތްކުރަނީ. ސަރުކާރުން ސާފު ކުރާނެ މީހުންނާ ޕްރޮސީޖަރސް ހުންނާނެ. މިކަންތައްގަނޑު ތެރޭ ޖަނަވާރުންނާވެސް ޑިސްޓަންސް ބަހައްޓާ!
ޗޮއްޕަޅޭ
20 April 2020
ކޮތަރުތަކަށް ފުލުހުން ކާންދޭންފަށައިފި
މަޒް
20 April 2020
ދެރަކަމުގެ ކޮޅެއް ނެތް.. އަހަރުމެންވެސް މި އުޅެނީ އަތްމަތި އެއްކޮށް ހުސްވެ އާމްދަނީ ލިބޭނެ އެއްވެސް އިތުރު ގޮތެއް ނެތިގެން.. މީ އިމްތިހާނުގެ ވަގުތުކޮޅު.. ކެތްތެރިކަން އިސްކޮށް މަޓް ﷲ އަށް ދުއާކުރަނީ މިހާލަތުން ނެއްޓި އާންމު ދިރިއުޅުމުގެ ހާލަތަށް ރުޖޫއަވާން..
ހާފިޒުމިއާ
20 April 2020
ކޮތަރަށް ވައިރަސް އަރައިފިޔަ ވަރަށްދެރަ..ކާންދޭމިހުމް ވިސްނާތި
ތިމާވެށި
20 April 2020
ދިވެހިރާއްޖޭގެ ތިމާވެށްޓޭ ކިޔާފައި ބާރަށް އަޑުގަދަކުރާ އިއްޒަތްތެރިން 80 ހާސް ރުފިޔާ މީހުން ކޮބައިބާ؟
ނެޗުރަލް
20 April 2020
ޖަނަވާރުތަކަށް މިހެން ކާންދިނުމަކީ އަސްލު ތިމާވެށި ހިމާޔަތްކުރަން އުޅޭ މީހުން އަބަދުވެސް ދެކޮޅު ހަދާ ކަމެއް. ރިސޯޓް ތަކުގަ މަސްތަކަށް ކާންދިނުމާ ދެކޮޅަށް ވާހަކަ ދައްކާ އަޑެއް ނާހަންތަ؟ ކޮތަރު ނޫނީ މަސްތައް މިދުނިޔޭގަ މިހާ ދުވަހު އުޅުނީ މީހުން އެއަށް ކާންދީގެންތަ؟ މިހެން ހެދީމަ އެއްޗިހީގެ ނެޗުރަލް ގޮތްގަނޑު ގެއްލި އިންސާނުންނަށް ޑިޕެންޑް ވާން ދަސްވަނީ. ކާންދޭވަރު ގިނަ ކުރިވަރަކަށް އާބާދީ ގުދުރަތީ ގޮތުން ހިފެހެއްޓޭ ވަރަށްވުރެ ދާނީ އިތުރުވަމުން.
އަހމަދު
20 April 2020
އެއި ކަމެއްވާ ބައެއްތަ
ސަލާމޭ
20 April 2020
ބަހާފައިވާ ސަރަހައްދު ތަކުން ކޮންމެ ވެސް އެކަކު ދުވާލަކު ދެއިރަށް ކޮތަރަށް ކާންދޭން ނުކުތަސް އެންމެ ރަނގަޅުހެއްޔެވެ? އޭރުން މުޅިއެކު އެވަގުތު ނުކުމެ އުޅޭނީ އެންމެ މީހެކެވެ.
އަލީ އަސްފާގު
20 April 2020
މި ދޫނިތަކަށް އެންމެ ފަސޭހައިން ކާންދެވޭނީ ފުލުހުންނަށް، އެއީ ފުލުހުންގެ އިމާރާތެއް ހުރި ތަނެއް، އަންމުންނަކަށް މިހާރު ތިކަމެއް ނުކުރެވޭނެ. ވީމާ ފުލުހުހުންގެ ކިބައިން އަސަރާއި އެކު އަޅުގަޑު މި އެދެނީ އެކޮތަރު ތަކަށް ކާންދިނުމަށް. ﷲ ތިޔަބައިމީހުނަށް އެކަމުން ހެޔޮޖަޒާ ދެއްވާނެ އިރާދަކުރެއްވިއްޔާ. ކޮަތަރުގެ ލޮލުން ކަރުނަ އޮހި ބަނޑަށް މަރުވިޔަދީގެން ނުވާނެ. އަދި މިބަލިމަޑު ކަމުން އަޅެމެންނާއި މިގައުމު އަދި މުޅި ދުނިޔެ ސަލާމަތް ކުރައްވާށި، އާމީން.