އަދަބިއްޔާތުން ނޯބެލް އިނާމު ލިބޭ ބޮބް ޑިލަން. --ފޮޓޯ:އޭއެފްޕީ
13 އޮކްޓޯބަރ 2016 - 16:43
ސްޓޮކްހޯމް (އޮކްޓޯބަރު 13) - އަދަބިއްޔާތުން މި އަހަރުގެ ނޯބެލް އިނާމް އެމެރިކާގެ ލަވަކިޔުންތެރިޔާ ބޮބް ޑިލަން އަށް ދޭން ނޯބެލް އިނާމު ކޮމިޓީން ނިންމައިފި އެވެ.
އުމުރުން 75 އަހަރުގެ ލަވަ ކިޔުންތެރިޔާ އަދި ޅެންވެރިޔާ ވަނީ ލަވައިގެ ދުނިޔެ އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ނަވާރަ ސަތޭކަ ސާޅީސް އެއް ވަނަ އަހަރު އުފަންވެފައިވާ ޑިލަންގެ މިއުޒިކް ކެރިއަރު ފަށާފައި ވަނީ 1959 ވަނަ އަހަރު އެވެ. ޑިލަންގެ "ބްލޯވިން އިން ދަ ވިންޑް" އަދި "ދަ ޓައިމްސް ދޭ އާ އަ ޗޭންޖިން" ފަދަ ލަވަތަކުގެ މަގްބޫލްކަން ވަނީ ބޮޑުވެފަ އެވެ.
ނޯބެލް އިނާމާ އެކު 8 މިލިއަން ސްވިޑިޝް ކްރޯނާ (744،652 ޕައުންޑް) ލިބޭނެ އެވެ. ނޯބެލް އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެމްބަރު 10 ވަނަ ދުވަހު ސްވިޑަންގަ އެވެ.
ފިޒިއޮލޮޖީ ނުވަތަ މެޑިސިން އާއި ފިޒިކްސް، އިމޮނޮމިކްސް އަދި ކެމިސްޓްރީން މި އަހަރު ނޯބެލް އިނާމު ލިބޭ ފަރާތްތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމާފައި ވަނީ ކޮލަމްބިއާގެ ރައީސް ހުއާން މެނުއަލް ސަންތޯސް އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
14 October 2016
ޑިލަންގެޅެންވެރިކަމާއި ލަވަކިއުމުގެ ޒަރިއްޔާއިން ދުނިޔޭގެ އިންސާނިއްޔަތަށް ވަރަށްވެސް އަގުހުރިފިލާވަޅު ދީފަވެއެވެ. ވަރަށްވެސް ޙައްޤު އިނާމެކެވެ. މަރުޙަބާ!