ނޯތު ހާބަރުގައި ބަޔަކު މުދާތަކެއް އުފުލަނީ: މިހާތަނަށް އެންމެ ގިނަ ކޮންޓެކްޓްސް ފެނިފައި ވަނީ ބާޒާރުމަތީ ސަރަހައްދުން. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
28 އެޕްރީލް 2020 - 13:16
ލޮކްޑައުންގައި، ކޮރޯނާވައިރަސް ބޮޑަށް ފެތުރޭނީ ބޭރު ތެރޭގައި ހަރަކާތްތެރިވެ އުޅޭ މީހުންގެ މެދުގަ އެވެ؛ މާލެ އިން މިހާތަނަށް ފެނުނު ކްލަސްޓާސްތަކަށް ބަލާއިރު ބިރުވެރިކަން އެންމެ ބޮޑީ ބާޒާރުމަތީގަ އެވެ. ބީއެމްޒެޑްގެ ނަން ދީފައިވާ، އެ ކްލަސްޓާ އަށް ބައްޔަށް ޕޮޒިޓިވްވެ ނުވަތަ އަލާމާތްތައް ހުރެގެން ނުވަތަ ބަލި ޖެހިދާނެ ކަމުގެ ފުރުސަތު އޮވެގެން އިތުރުވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފިހާރަތަކަށް މުދާ އުފުލުމާއި ޑެލިވަރީ ޚިދުމަތުގައި އުޅޭ މީހުންގެ މެދުގައި ވައިރަސް ފެތުރުމުގެ ނުރައްކާ އިންތިހާ އަށް ބޮޑު ކަން ކޮންޓެކްޓް ޓްރޭސިންގައި ދެނެގަނެވިފައިވާ ކަމަށެވެ. ބޮޑެތި މި ކްލަސްޓާތައް ގުޅިފައި ވަނީ ބާޒާރުމައްޗާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން އަޅުގަނޑުމެންނަށް ބޮޑަށް ކްލަސްޓާސްތައް މި ފެންނަނީ. މިސާލަކަށް ބާޒާރުމަތި. އެންމެ ގަދައަށް ހަރަކާތްތެރިވެ މީހުން އުޅެނީ ބާޒާރުމަތީގައި،" އޭނާ ވިދާޅުވި އެވެ.
[ކޭސްތަކަށް ހަދާފައިވާ ގްރާފުން އެނގެނީ] މިދަނީ މައްޗާ ދިމާލަށް ކަން. ބަލި ޖެހޭ މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އިތުރުވުމުގެ ފުރުސަތު އޮތީ. --އަފްޒަލް
ކޮވިޑް-19 ކޮންޓެކްްޓްތައް ފެނުނު ގޮތް ދައްްކައިދޭ ގްރާފެއް
މާލޭގެ ބާޒާރުމަތީގެ ފިހާރަތަކުގެ ތެރެއިން އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފުންތަކެއް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭއިރު، އެ ތަންތަން ވަނީ މޮނިޓަރިންގެ ހާލަތުގަ އެެވެ.
ކްލަސްޓާތައް އުފެދި، އެ ފުޅާވަމުން އަންނަ ގޮތް އަފްޒަލް ރޭ ވަނީ ގްރާފްތަކުން ކިޔައިދެއްވައިފަ އެވެ.
މާލެއިން ޕޮޒިޓިވްވި މީހުންނާއި އެ މީހުންނާ ބައްދަލުވި މީހުން ހިމެނޭގޮތުން ހަދާފައިވާ ގްރާފުން ފެންނަ ގޮތުގައި އެއް ކްލަސްޓާގައި ކޮންޓެކްޓްސްގެ އަދަދު އެއް ދުވަހުގެ ތެރޭގައި 600 އަށް ވުރެ މަތިވެފައި އެބަހުއްޓެވެ. އެންމެ ގިނައިން ފެނުނު ދުވަހު 643 ކޮންޓެކްޓް އަދި ދެވަނަ އަށް އެންމެ ގިނައިން ފެނުނު ދުވަހު 639 ކޮންޓެކްޓް ފެނުނު ކަމަށް އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ މާލޭގެ ކްލަސްޓާތައް
ރާއްޖެ އިން އެންމެ ފުރަތަމަ، ބޮޑު ކްލަސްޓާއެއްގެ ގޮތުގައި ފެނުނީ ގްރާފްގައި މަޑު ނޫކުލައިން ފެންނަ ޖޭއާރުވައި ކްލަސްޓާ އެވެ. އޭގެ ދެތިން ދުވަސް ފަހުން އެ އަށް ވުރެ އެލްއެލްވައިގެ ނަން ދިން ކްލަސްޓާ ބޮޑުވި އެވެ. މިހާތަނަށް އެންމެ ބޮޑު، އެއް ކްލަސްޓާ (ގްރާފްގައި އޮރެންޖު ކުލައިން ފެންނަ އެމްއެޗްއެފް) ބޮޑުވީ މި މަހުގެ 21 ގަ އެވެ. އޭގެފަހުން އެންމެ ގިނަ ކޮންޓެކްޓްސް ފެނުނީ ގްރާފްގައި ދަނބުކުލައިން ފެންނަ އާރުއެމް ކްލަސްޓާ އިންނެވެ.
ޑރ. އަފްޒަލް ދައްކާލެއްވި ގްރާފް.
"މިގޮތަށް ކުއްލިކުއްލި އަށް އަންނަ ބޮޑެތި ކްލަސްޓާތަކަކީ އެއް ތަނެއްގައި ނުވަތަ، އެއް އެކޮމަޑޭޝަނެއްގައި އެއް އިމާރާތަކުން ފެންނަ ބޮޑު ކްލަސްޓާތައް. ގިނަ ފަހަރަށް މި ނިސްބަތް ވަނީ ބިދޭސީ މަސައްކަތްތެރިންނަށް، ނުވަތަ އެއް ތަނެއްގައި ގިނަ ބަޔަކު އުޅޭ ތަންތަނަށް،" އަފްޒަލް ވިދާޅުވި އެވެ.
ބަލީގެ އަލާމާތެއް ނުފެނުނަސް، ބާޒާރުމަތީގައި އުޅޭ މީހުންގެ ސާމްޕަލް ނަގައި އަންނަނީ ޓެސްޓްކުރަމުން.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ބަލި ފެތުރެން ފެށިތާ ކުރީކޮޅު ފެނުނީ ކުރިން ޕޮޒިޓިވްވެ ޓެސްޓް ނުކުރެވޭތީ ނުފެނި ހުރި ކޭސްތަކެކެވެ. އެކަމަކު މިހާރު ބޮޑަށް ފެންނަމުން ދަނީ ހަރަކާތްތެރިވެ އުޅޭ މީހުންގެ ތެރެއިން ކަމަށް ވާތީ އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ބާޒާރުމަތީގެ ކްލަސްޓާތައް ބޮޑުވެފައިވާތީ، ބަލީގެ އެއްވެސް އަލާމާތްތައް ނުފެނުނަސް އެ ސަރަހައްދުގައި އުޅޭ މީހުންގެ ސާމްޕަލް ނަގައި އަންނަނީ ޓެސްޓް ވެސް ކުރަމުންނެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވެސް އަންނަނީ އެކި މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރަމުންނެވެ. އެއީ، ވައިރަސް ފެތުރިފައި އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
29 April 2020
ސަރުކާރުން ކުރިންވެސް ތިޔަކަމާ ކަންބޮޑުނުވީކީއްވެ? ރާއްޖޭގެ އިގްތިސޯދު ނޮޅާ ކޭއިރުވެސް ޔުނީފޯމް ލީހުން ވެސް ކުރިމަތީ ތިބޭ. ރާއްޖޭގެ ޑޮލަރު ވިއްކާ އެގަތުމުގެ ވިޔަފާރި ކިރަނީ ވެސް މިމީހުން. ދުނިޔޭގެ ކޮންގައުމެއްގަ ބިދޭސީންނަށް މިފަދަ ވިޔަފާރިތަކުގައި އުޅެވެނީ. ފިވެއްސަކު ނަމުގަ ހުއްދަހޯދާފަ ހުރިހށ ފައިސާއެއް ބިދޭސީންނަށް. މިފަދަ މަސައްކަތް ނުކުރެވޭގޮތް ހަދާބަލަ.
ޑެރަ
29 April 2020
އެމީހުން އިސްކަންދެނީ ބިދޭސީންނަށް.
ގަޓް ބްރޯ
29 April 2020
ބާޒާރުމަތީ އުޅުނު ބަންގާޅީންގެ އެތައްބަޔަކު މިހާރު ވާނީ މާލެއާ ހުޅުމާލެއަށް ތެރެއަށް ފެތުރިގެންފަ. އެމީހުންނަކީ ކޮންމެ ރެއިޑް އަކާއެކު އެގޮތަށް ފިލާބައެއް. އެކަމުގަ އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ވަރަށްގުޅިގެން އެހީތެރިވޭ. ހުޅުމާލެ އަކީ މާލޭގަ އުޅޭ ކިތަންމެ ބިދޭސީންނެއް ފިލަން އަންނަ ރަށެއް. ފުލުހުންނާ އެޗްޕީއޭ އަށް މިކަން ބަލަން އެހާ ފަސޭހަވާނެހެނެއް ހިޔެއްނުވޭ..
އޮނަރަބްލް އަފީފު ދީދީ
28 April 2020
މަހެބޫބާ ސޭޓްޖީއާއި ނުވަތަ ދިވެހިންކިޔާ ވޯރާވިޔަފާރިވެރިންއަތުން ސީދިބޭމެން ދޮލަގުގެއަށް ގެންދިޔަޒަމާނަށްވުރެން މިހާރު އަހްމަދީ ބާޒާރުގައިތިބި ވިޔަފާރިވެރިންނަށް އެތަނުގެ އިމާރާތްތަކުގެވެރިންކުރާ ނުފޮރުއްޕާންބޮޑު. # ސިންގަޕޯރ އޮޗަރޑްރޯޑުގެ ފިހާރައަކަށްވުރެސް 10 ގުނަ އަގުބޮޑުކޮށް ކޮތަރުކޮށިފަދަ ފީވެފައިހުރިގޮޅިތަކުން ކުލިއެބަނަގާ. # ކޮވިޑް 19 އާއި ވިދިގެން ކުލިކުޑަކުރުމަށް ވަޙީދު ކިޔާސޭޓަކު ފާރޮށި ފިހުނުގޭ މީހުންކާރީގަބުނުމުންބުނީ ފިހާރަހުސްކުރާށޭ.
އެޑްމުންޑޯ
28 April 2020
ހަސަންބޭ ކަލޭ މިދަނޑިވަޅުގައި ދޮގުހަދާ ނަފުރަތު އުފައްދަން ނޫޅޭ ،
އޮނަރަބްލް އަފީފު ދީދީ
28 April 2020
ސަރުކާރުން މިދަނޑިވަޅުގައި ހޯލްސޭލް ވިޔަފާރިކުރާފަރާތްތަކަށް އެހީތެރިކަން ފޯރުވާދިނުމުގެ ގޮތުން އަހްމަދީ ބާޒާރުގައި ވިޔަފާރިކުރަން ހުއްދަދީގެން ވިޔަފާރިކުރާ ފަރާތްތަކަށް (އިމާރާތުގެ ވެރިޔާއަކަށްނޫން) ކޮންމެ ފަރާތަކަށް 2000 އަކަފޫޓްގެ އިމާރާތެއް (މާލޭ އަތޮޅު ފިހާރަތަށް ހުރިގޮތަށް ހަދާފައި) ހުޅުމާލޭ ކުރީގެ ފެރީޓާމިނަލް ސަރަހައްދުން 30 އަހަރަށް 50000ރ އަށް މަހުކުއްޔަށް ދިނުން ރަނގަޅު. # ރިސޯޓް އޯނަރުންނަށް އެހީތެރިވާގޮތަށް ހޯލްސޭލްވިޔަފާރިއަށްވެސް އެހީތެރިކަންދޭންޖެހޭ.
ބޫމް
28 April 2020
ވާއޯއޯއޯ!!! މީވާ އިކޮނޮމިސްޓެއް.ސުޕަރކޮނޮމިސްޓެއް އުތަ؟
ޝިގެއްލާ
28 April 2020
މިހާރު އެހެރަ ނޭޝަނަލް މިއުޒިއަމް ހުރި ތަނުގައި ހުރި އިންޑޯ ސްޓޭޑިއަމްގެ ތެރޭގައި ޝިގެއްލާ ކޮންޓްރޯލް ކުރާ ސެންޓަރުގައި އިނިން. އެ ސެންޓަރު ގާއިމުކުރީއްސުރެން ފެށިގެން ރަށަކަށްވެސް ރަށެއްގެ ބަޔަކަށްވެސް މާލެއަށް އައިސް ގޮސް ހެދެނީ އެ ސެންޓަރުގެ ޚާއްޞަ ހުއްދަ ލިބިގެން. ކަންކަން ކުރަން ވަސީލަތް ހުއްޓެއް ކަމަކު އޭރު އެކުރިހައި ފަރުވާތެރިކަމާއެކު ތަރުތީބުން ރީތިކޮށް ރަނގަޅަށް ކުރާ ތަނެއް ނުފެނޭ. ހުރިހާ ކަމެއް ފުލުހުންނޭ ބުނީމާ ނިމުނީ.
ޟަރިޔާ
28 April 2020
ކޮވިޑް 19އަކީ ސަރުކާރުން ރާއްޖެ އެތެރެކުރި ބައްޔެއް. ސަރުކާރު އިސްތިއުފާ ދޭންޖެހޭ.
ޖުލައި20
28 April 2020
ހެޔޮކޮށް ތިބުނީ .ޔޫރަޕްގަ ފެތުރެން ފަށާއިރަށް ބޯޑަރު ބަންދުކުރިނަމަ.މިހެން ނުވީސް
ކަލޯގަޔާ
28 April 2020
ވީސް. މަމމެންގޯތި ހައްވާ ޔޫރަޕުގަ މާސްޓާރސް ހަދާނީ. އެގޮއްޔެ އެތާބަހައްޓައިގެން މަށަށް ލޮލުފިޔަވެސް ޖެހޭނެތަ؟ ތަ ގޯތި ކާސިމާ އެޔަ ގޯތި ފާތުމާވެސް ވިލާތާއި ކަރައިގައި. އެއެންމެން ނުގެނެއްސިއްޔާތާ... އޭރުންވެސް ތަޔާ، މަޔާ، އެދެޔާ ތިބޭނީ ސަރުކާރު ބޮލާފޮށާ އަޅުވަން. އެންމެން ގެނެސް ނިމޭއިރު ބަލި އޮންނާނީ އައިސް ގޭ ބޮޑު އަށީގައި. އެހެންވީމަ ފިތުނަކުރަން ހޮޅި ނުގުނާ.
ހަސަންބެ.
28 April 2020
ސާންޕަލް ނަގާ ޓެސްޓުކުރަމުންނޭ ބުނާއިރު މިއުޅެނީ ގޭގައި އޮތް ވައިރެހަށް ޝައްކުކުރެވޭ ހުންއައިސް ނޭވާލާން އުދަގޫވާ މީހަކު އޮތްވާހަކަ ހޮޓްލައިނަށް ގުޅާ ބުނެގެން ހަބަރެއްނުވާތާ މިއަދަށް ވަނަދުވަސް. އޭޑީކޭ އޮންލައިންކޮށް ދައްކައިގެން ހުންބޭހެއްދީގެން މިއުޅެނީ . ބަލިމީހާއަކީ ފިހާރަ ހިންގާ ތިހުރިހައި ތަނަކުން ވިޔަފާރި ކޮށްފައި ހުރިމީހެއް. ފަސާދަކުރަން ދައްކާވާހަކައެއްނޫން. ހޮޓްލައިނަށް ގުޅައި ނޫސްވެރިންވެސް ޓެސްޓްކޮށްބަލަ.މިހާރު ކޯލަކަށް އެޓްންޑުނުވޭ.
ޖާގަ
28 April 2020
ވިސާނެތް ބަންގަލަދޭޝްގެ މީހުންނަށް އަވަހަށް ދިވެހި ރައްޔެތުކަންދީ ހުޅުމާލޭ ފުލެޓުތަކުން އެބޭފުޅުންނަށް ޙައްޤުވާމިންވަރުދީ، ދިވެހިންނަށް ލިބޭ ޙައްޤުތަށް އެމީހުނަށްވެސްދީ! ދެން ފަހުން ރާއްޖެތެރޭމީހުން ބޭރުކޮށްލާނީ! މާލޭ ބޭފުޅުންނާއި ބަންގްލަދޭޝް ބޭފުޅުންގެ މިޤައުމުގައި އެހެންބަޔަކަށް ޖާގަ އެއްނެތް! މިއީ ކަމުގެ ޙަޤީގަތް! މިވާހަކަދައްކައިފިއްޔާ ހިއުމަންރައިޓްސް! ރާއްޖެތެރޭ މީހުނަށް މިފަހަކާ ޖެހެންދެން މާލެ އެރެނީވެސް ވިސާޖަހަިއގެން! ނަސްލީތަފާތު!