މާވަށު ދާއިރާގެ މެމްބަރު ސައީދު: މި ސަރުކާރު ވަނީ ސިޔާސަތެއް އެކަށައަޅަން ނުކުޅެދިފައި ކަމަށް ވިދާޅުވި.
13 މެއި 2020 - 19:20
ދެ ރިޔާސަތަކުން ގައުމު ނުހިންގޭނެ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހާލުގައި އުޅޭ މީހުންނަށް އެހީތެރިވުމަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ހުށަހެޅުއްވި ބިލް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެ ފަހަރު މަތިން ވެސް ބަލައިނުގަނެ ބޭރުކޮށްލާފައިވާތީ، ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ، މި ސަރުކާރު ވަނީ ސިޔާސަތެއް އެކަށައެޅުމަށް ނުކުޅެދިފައި ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ދަތުރުކުރަނީ އިގްތިސާދީ ހަލާކަކާ ދިމާ އަަށެވެ.
ދެ ރިޔާސަތެއްގެ ވާހަކަ ސައީދު އެ ވިދާޅުވަނީ ބެލެވޭ ގޮތުގައި، ސަރުކާރުގެ ބައެއް ނިންމުންތަކާއި ސަރުކާރުން ކަންކަން ކުރަން ބޭނުންވާ ގޮތްތަކާ ފުށުއަރާ ގޮތަށް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި އެ ޕާޓީގެ މަޖިލިސް މެމްބަރުން ތަކުރާރުކޮށް ވާހަކަ ދައްކަވާތީ އެވެ.
ޚާއްސަކޮށް، ރާއްޖެ އަށް ކޮވިޑް-19 އާ ދެކޮޅަށް ފެތުރި، ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވާތީ، އެކަމުން ދިވެހިން ސަލާމަތް ކުރުމަށް ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތަކާ ފުށުއަރާ ގޮތަށް ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވެ އެވެ. އެ ބަލީގެ މީހުން ރާއްޖެ އިން ފެންނަން ފެށި ދުވަސްކޮޅު ވެސް ނަޝީދާއި ބައެއް މެމްބަރުން ވަނީ އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވައިފަ އެވެ. މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު ވެސް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ވިސްނުމާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ބޭނުންވާ ގޮތް ފުށުއަރަ އެވެ.
ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހެނިހެން ލުއިތައް ވެސް ސަރުކާރުން ދިނުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ހުށަހެޅުއްވި ކޮވިޑް19 ގެ އެހީތެރިކަމުގެ ބިލް" މަޖިލީހަށް ނަޝީދު ބަލައިނުގަތީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮންނާތީ އެވެ. ނަމަވެސް އެ ބިލް އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން ވެސް މަޖިލީހަށް ބަލައެއް ނުގަތެވެ.
"ކިތައް އާއިލާތޯ ކުދިން ސްކޫލުން ވަކިކޮށް މަޖުބޫރު ހާލަތުގައި ރަށަށް ބަދަލުވީ؟ ކިތައް ހާސް މަސައްކަތްތެރިންތޯ ވަޒީފާ ގެއްލި މަގުމަތިވީ؟ އެ މީހުންނަށް މާދަމާ އަކީ މިއަދުގެ ހާލަތު. ތިޔާގި މުއްސަންޖަކަށް ޓެކްސްޓް ފޮތުގެ ޕެންޝަންގެ ޑެފިނިޝަން ފެންނަ ގޮތް ތަފާތުވާނެ،" ސައީދު
ސައީދު ވިދާޅުވީ، ޕެންޝަންގެ ފައިސާ އޭގެ ހައްގުވެރިންނަށް މިވަގުތު ވަކި އުސޫލަކުން ދިނުމަކީ ބިލްގެ އެއްބައި ކަމަށާއި ޕެންޝަނާ ބެހޭ ބަޔަށް ބޭނުން ވަރަކަށް އިސްލާހު ގެނައުމުގެ ފުރުސަތު މަޖިލީހުގައި ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީ އަށް އޮންނާނެ ކަން ތުއްތު ކުދިންނަށް ވެސް އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ، ބިލް މަޖިލީހަށް ފުރަތަމަ ފޮނުވުމުން ވެސް، އެ ބިލާ މެދު މަޖިލީހުގައި ތަމްސީލް ކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ، އެކަން ވެސް ނަޝީދު ނުކުރެއްވި ކަމަށެވެ.
"ކިތައް އާއިލާތޯ ކުދިން ސްކޫލުން ވަކިކޮށް މަޖުބޫރު ހާލަތުގައި ރަށަށް ބަދަލުވީ؟ ކިތައް ހާސް މަސައްކަތްތެރިންތޯ ވަޒީފާ ގެއްލި މަގުމަތިވީ؟ އެ މީހުންނަށް މާދަމާ އަކީ މިއަދުގެ ހާލަތު. ތިޔާގި މުއްސަންޖަކަށް ޓެކްސްޓް ފޮތުގެ ޕެންޝަންގެ ޑެފިނިޝަން ފެންނަ ގޮތް ތަފާތުވާނެ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބިލްގައި ހިމެނޭނީ ނިކަމެތި އެތައް ރަތްޔިތެއްގެ ހައްގުތަކެވެ. އޭގެ ތެރޭގައި ސައީދު ފާހަގަކުރެއްވީ، ގޭގޭގެ ކުއްޔާއި ބިމާއި ގެދޮރާއި މަސްވެރިކަމާއި ދަނޑުވެރިން އަދި ވަޒީފާގެ ހައްގެވެ.
ސައީދު ވިދާޅުވީ، އޭނާގެ ބިލް ބަލަންވާ ވަރަށް ނުބައްލަވައި މަޖިލީހަށް ބަލައިނުގަނެ ނަޝީދު ފާޑުވިދާޅުވީތީ ހިތާމަ ކުރައްވާ ކަމަށެވެ.
"އިސްލާހު ބަލައިގަނެ ތާއީދު ވެސް ލިބޭނެ ކަމަށް އުންމީދު ކުރަން. އިންޝާﷲ. އާޚިރުގަ ކާމިޔާބު ހޯދާނީ ރައްޔިތުން،" ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަދިވެސް ބަލައިގަންނާނެ ކަމުގެ އުންމީދު އާ ކުރައްވަމުން އޭނާގެ ޓުވީޓުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
shamx478
17 May 2020
ސައީދު މެން ގައުމު ޚަރާބުކޮށްފައި ދެން ކޮންވާހަކައެއް ތިކިޔަނީ ، 2013-2019 ގައި ބޮޑެތި ޖަރީމާއި ހިނގާފައި، ކޮވިޑާއި ދިމާކޮށް އެޑްވާންޓޭޖް ނަގައިގެން ، ވެރިކަން ޚަރާބުކުރުމަށް ކުރާމަސައްކަތް ރައްޔިތުން ޖާގަނުދޭނެ
ފަރުހާދު
16 May 2020
ރަނގަޅު ވާހަކައެއް.
ޙަކީމު
14 May 2020
ކިތަންމެ ދަތްކުނިވިކިޔަސް ޕެންޝަން ފަންޑު އެއީ ކީއްކުރާ ފަންޑެއް ކަން ނުއެނގޭމީހަކު ކިޔާއެއްޗެއް އަޑެއް ނުއެހޭނެ. މީނަ ދައްކާވާހަކައިން ހިޔެއް ނުވޭ މިހާރު ދުނިޔެ އޮތް ހާލަތެއް މީނައަށް އެނގޭ ހެނެއް.
Dunggy
14 May 2020
ވެރިކަމަށް އަންނަން ބޭނުންވެފައި ހުރިމީހާ ބޭނުންވާނީ އިބޫގެ ސަރުކާރު ގޯސްކޮށް ގިނަކަންކަން ކުރެވޭގޮތަށް ކަންކަން ބައްޓަންކުރަން. އެހެންވެކަންނޭގޭ އެބުނީ މިވައިރަހަކީ މާބޮޑުކަމެއްނޫނޭ. ކިތައްމެ ދުއްޕާނެއް ރައްޔިތުންނަށްކުރިޔަސް ދެން ކުރިން ރައިސްކަން ކުރި އެކަކަށްވެސް ރައްޔިތުން ފުރުސަތެއް ނުދޭނެ. އަދި މިހާތަނަށް އިބޫ މަަޖިލިހުގެ ގިނަ ގޮންޖެހުންތަކާއި އެކުވެސް ކުރިއަށްދަނީ ރަނގަޅަށް.
ފޫހި މެޗް
14 May 2020
ހަގީގަތަކީ ތިޔައީ އަޑުއިވެނީ މަޖިލިސްވެސް ދެބައިވެފައިވާ ވާހަކަ ބޭރުފުށުން ރީދޫ ކަން ދެއްކިއަސް އެތެރޭގައި އޮތީ ވަރަށް މަޑުރީދުލެއް ގިނަބަޔަކު ގަބޫލު ކުރަނީ ބާރުތައް އަތުގައި އޮވެ ރައްޔިތުންގެ އުންމީދުތަކުގައި ކުލައެއްނުޖެއްސުނުކަމަށް މިހާރު މިމެޗުގައި ބަލަނީ ކޮންމެވެސް ގޮތަކުން ދަތިއަޅުވާ ވައްޓާލެވޭތޯ އަދި މިދަތި ދަނޑިވަޅުގައި އޮޅިގެންނަމަވެސް ބައިކޮޅަށް ގޯލެއްޖިހި ބަލިވޭތޯ މިހެންވެ މިޗެއުޅެނީ ރަގަޅަށް ނުކުޅެވިގެން ބެލުންތެރިން ފޫހިވެއްޖެ
ކޮކްޓޭލް އަލ
14 May 2020
މީއަހަރުމެން ދައްކާ ވާހަކަ ބޭރުމީހުންނައް ގެދޮރުއަޅާ ކާންދީ ހަދާނެ ފައިސާ ސިރުކާރުގަ ހުރެފައި މިދިވެހިރައްޔިތަކައް ޙަރަދެއް ކުރަނއވީމަ ރުފިޔާ އެއްނެއް މިއިރު ތިމާމެން މިތިބެނީ ޖީއެސްޓީގެ ނަމުގައި ޖިޒީނަގައިން އެރުފިޔާއިން ބޮޑެތި މުސާރަޔާ އިނާޔަތާ ނަގައިގެން ލަދެއްނެތްކަން މިގައުމު މިހާލަތައް ވައްޓާލާ ރައްޔަތުން އަޅުވެތިކޮއް ގޯތިނުދީ ކުއްޔައް އުޅެންޖެއްސީވެސް ހަމަސަރުކާރުން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް މިހިންގަނީ ޓުވަރިޒަމުން ލިބޭރުފިޔާ ކޮބާތ
ރައްޔަތުމީހާ
14 May 2020
މީބަންގާޅީންގެ ރާއްޖެ
ބުއްފުޅިން
14 May 2020
ޕެންޝަން ފަންޑުގެ ޑެފިނީޝަން ސައީދު ބުނެބަލަ. ބައެއްގެ ތާއީދު ހޯދަން އުޅުނަސް ތި ބޮޑުވަރު.
ބޫތުވެރި
14 May 2020
މިސަރުކާރުގެ ސަބަބުން ކުރިޔަށް އޮތީ ހަނަފަސްދުވަސްތަކެއް މިމީހުން ނޫޅޭ މިގައުމުގެ ކަންކަން ރަގަޅުކުރާކަށް މީހުންގެ ފުރާނަތައް ގެއްލި ބަލީގެ ކަންކަން ދަނީ ގޯހުން ގޯހަށް މޮޅެތިވާހަކަ ދައްކާލަ ދައްކާލަ ތިބެނީ ރައްޔިތުންނަށް ވަނީ އިތުރު އުދަގޫތަކެއް އިތުރު ހާސްކަމެއް ރަގަޅު އެއްކަމެއްވެސް ނެތް ވެރިކަން ނުހިންގިގެން ވެރިކަން ދޫކޮށްލާފަ ގޮސް އަނެއްކާވެސް ވެރިކަމާއި ހިފަނީ
ބޮޑުއުރަ
13 May 2020
މިހާރު ހުންނަނީ އެކްސްޕެންޑަބްލް އުރަ. އެއްއުރައަކަށް ކިތަންމެ ކަނޑިއަކާ އައްޑަނަވެސް ލެވޭނެ. މިހާރުގެ މޮޑަން ގޮތަކީވެސް އެއްއުރައަކަށް ގިނަ ކަނޑިތައް ލުން.