ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ގައުމީ ޓީމަށްދޭ އެލަވަންސް ލަސްވުމަކީ ބޮޑު ސުވާލެއް: ފައިސަލް

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކީޕަރު ފައިސަލް ސަޕޯޓަރުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު /މިހާރު

އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމީ ކުޅުންތެރިންގެ މުސާރަ (އެލަވަންސް) ދޭން ޖެހޭ މުއްދަތަށް ވުރެން ފަސްވުން ކަމަށާއި އެކަން އެގޮތަށް ދިމާވާ ސަބަބަކީ އުފެދޭ ވަރަށް ބޮޑު ސުވާލެއް ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެލަވަންސެއް ކަމަށާއި، އެ ފައިސާ މިވަގުތު ނުދެވެނީ ޕްރެކްޓިސްތައް ނޯންނާތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިނިސްޓަރު މަހުލޫފް އަންނަނީ ކުޅިވަރު ގައުމީ ޓީމުތަކާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރި ދަތިތަކާ މެދު މަޝްވަރާކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ކުޅުންތެރިންގެ އެލަވަންސް (މުސާރަ) ކަންތައްތަކާ ބެހޭގޮތުން ގޮތްތަކެއް ހަދައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު ދިމާވެފައި ހާލަތުގައި ކޮންމެ ކަމެއް ކުރުމުގައި ވެސް ދަތި ކަންތައްތަކެއް ހުންނާނެކަން ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ވައުދެއްގެ ގޮތުގައި އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މަހަކު 5000 ރުފިޔާ ދެ އެވެ. އެ ފައިސާ ދެނީ ކޮންމެ އެސޯސިއޭޝަނަކުން ގައުމީ ޓީމުތަކުގެ ލިސްޓުތަކާއި އެހެނިހެން މައުލޫމާތު ފޮނުވުމުންނެވެ. މީގެ ކުރިން ބައެއް އެސޯސިއޭޝަންތަކުން މަހުން މަހަށް ލިޔެކިއުންތައް ފޮނުވުމުގެ ބަދަލުގައި ތިން މަހުން ވެސް ފޮނުވާފައިވެ އެވެ. ފަހުން މިނިސްޓްރީން ވަނީ އެ ގޮތަށް ގަޑުކޮށް ފޮނުވުމުގެ ބަދަލުގައި މަހުން މަހަށް ލިޔެކިއުންތައް ފޮނުވަން އަންގައިފަ އެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ފައިސަލް ބުނީ މުސާރައިގެ މައްސަލަ މިހެން އޮތުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"ތިން މަސް ހަތަރު މަސް ވެގެންދާއިރު ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެދޭން ޖެހޭ 5000 ރުފިޔާ ވެސް އެ ނުދެވިގެން އުޅެނީ ކީއްވެތޯ އަޅުގަނޑުގެ އެންމެ ބޮޑު ސުވާލަކީ. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ބޮޑު މައްސަލައެއް،" 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ބުންޏެވެ.

"ކުރިން މިނިސްޓަރު އަލީ ވަހީދު ވެސް ބުނުއްވި ހަމަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ޖަމާވާ ދުވަސްވަރުގައި ހަމަ ޖަމާކޮށްދޭނަމޭ. ތިން މަސް ހަތަރު މަސް ވެގެންދާއިރު ޖަމާނުވާއިރު، ޖަމާކޮށްދެނީ އެއް މަހުގެ މުސާރަ."

މީގެ ކުރިން ގައުމީ ޓީމު ޕްރެކްޓިސް ނުކުރާ މަސްތަކުގައި އެލަވަންސް ލިބިފައި އެބަހުއްޓެވެ. ކޮވިޑް-19ގެ މި އުނދަގޫ ވަގުތުގައި ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް ވަނީ މާލީ ގޮތުން ބޮޑު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ފުޓްބޯޅަ ސީޒަން ވެސް ހުއްޓާލާފައި އޮތުމުން އާމްދަނީ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ހަމައެކަނި ކުޅިވަރުން އާމްދަނީ އަކަށް ބަރޯސާވެގެން ތިބޭ ގައުމީ ޓީމުގެ ކުޅުންތެރިން މި ވަގުތު ތިބީ އުނދަގޫ ފައްތަރެއްގައި ކަމަށް ފައިސަލް ބުންޏެވެ.

"އަނެއްކާ މި ދަތި ހާލުގައި ވަރަށް ގިނަ ޕްލޭޔަރުން މާލޭގައި ލޮކްޑައުން ވެގެން އެ ތިބީ. އަބިދަރިން ގޮވައިގެން އެޕާޓްމަންޓަށް ކުއްޔެއް ދެއްކެނީއެއް ނޫން. ކްލަބް ޕްރެކްޓިހެއް ކުރަނީއެއް ނޫން. މުސާރައެއް ލިބޭނެ ގޮތެއް ނެތް. އެންމެ ކުޑަމިނުން ގައުމީ ޓީމުން ލިބެންޖެހޭ އެއްޗެއް ވެސް ޖަމާނުކޮށްދޭ މައްސަލަ އަޅުގަނޑަށް އެންމެ ބޮޑީ،" ފައިސަލް ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންގެ މި އެލަވަންސް ކަންކަމުގައި ކުޅުންތެރިންނަށް ޔޫތު މިނިސްޓްރީ މެދުވެރިކޮށް ހުރިހާ ކަމެއް ސާފުވެފައި އޮތުން ވަރަށް މުހިއްމު ކަމަށް ފައިސަލް ދެކެ އެވެ. ކުޅުންތެރިންގެ އެލަވަންސް ލަސްވާތީ އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމީ ޓީމުތަކަށް މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚުލާސްބެ

27 May 2020

ލިބެން ޖެހޭ އެއްޗެއް ، އެފަރާތަކައް ލިބެންވާނެ ސުވާލަކީ ބާސްކެޓް ގަ ތިބުނާހާ ޕުރެކަޓިސް އެއް ނުކުރެ އެކަ މަކު ބަޜާބަރައް ލިބޭ ، ދެން އަނެއްކަ މަކީ ސުޕުން ތިން މަގާ މެއްގަ ބަހައްޓާފަ އެ ހުންނަނީ ، ގައު މީކޯޗް ޓެކްނިކަލް ޑައިރެކްޓަރ ، ގައު މީޓީ މް ޓުރެއިނާރ ، މިކަންތައްތައް ބަލަން އެބަޖެހޭ

The name is already taken The name is available. Register?

ޑައިދީ77

26 May 2020

ކީންކުރަން މަހަކު 5000 ރުފިޔާދެނީ. ފުރަތަމަވެސް މަހުލޫފް ތިއޮތީ ގޯސްހަދާފަ. ސިޔާސީ ބޭނުމައް ރައްޔިތުންގެ ފައިސާ އިސްރާފް ކޮއްފަ. ކުޅުން ތެރިންވެސް ގައުމައްޓަކާ ކުރީގަ ދީފަ ހުރިލާރި ރިފަންޑް ކޮއްދީ.

The name is already taken The name is available. Register?

ޢެލްތޯފް

26 May 2020

ތީ ބޮޑު މުސީބާތެއް ނު. ނުޖެހޭދޭކަށް. ކަލޭ މެން ދުވަހަކު ނުކުޅުނަސް ވަރިހަ މަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454