މެމްބަރު ރިޔާޒް: މެމްބަރު ޝިޔާމް މަޖިލީހުގެ ތަޅުމުން ރޭ ނެރުނީ ގަވާއިދާ ޚިލާފަށް ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައި --ފޮޓޯ/މިހާރު
02 ޖޫން 2020 - 20:32
ގާނޫނުއަސާސީ އިސްލާހު ކުރުމަށް ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ރޭ މެންދަމު 1:30 ގައި ބޭއްވި ޖަލްސާ ހޫނުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމަށް ފަހު، އެމްޑީޕީގެ މެމްބަރުން ގަދަކަމުން ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.
މަޖިލީހުގެ ތަޅުމުން ޝިޔާމް ގަދަކަމުން ނެރުމުގެ ތެރޭގައި އޭނާގެ މޭކަށިގަނޑަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ. އެހެންވެ، ހަތަރު ހަފުތާ އަށް އަރާމުކުރުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ނުކިޔަމަންތެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް މަޖިިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަމަކު ރޭ ކަން ހިނގާފައިވަނީ އެ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މެމްބަރަކު މަޖިލީހުގެ ނިޒާމާ ޚިލާފުވާ ނަމަ، އޭނާގެ ނަން އިއްވައި، ތަޅުމުން ބޭރަށް ދާން އަންގަން ޖެހެނީ އޭނާ އަށް ނަސޭހަތްތެރިވެ އަދި އިންޒާރު ދިނުމަށް ފަހު އެވެ. ނަން އިއްވުމުން ވެސް ތަޅުމުން ނުކުތުމަށް އެ މެމްބަރު އިންކާރު ކުރައްވައިފި ނަމަ، އެ މެމްބަރު ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިއަށް ގެންދިއުން ނުވަތަ ޖަލްސާ ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފި ނަމަ، ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮންނާނެ ކަމަށް ގަވާއިދުގައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލްސާއެއްގައި މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ނުކިޔަމަންތެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް މަޖިިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަމަކު ރޭ ކަން ހިނގާފައިވަނީ އެ ގަވާއިދާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ބޭރަށް ނުކުމެވަޑައިގަތުމަށް ނަޝީދު އެންގެވީ ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވުމުން ނަސޭހަތްތެރިވުމެއް ނެތި އެވެ. ޖުމުލަ 65 މެމްބަރުންނާ އެކު، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޝިޔާމް ވަށާލައި، އޭނާ ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ވަޑައިގެން އޮތް މަންޒަރު ވެސް ފެނިފަ އެވެ. ރިޔާސަތުން ނަން އިއްވާ މެމްބަރުން މަޖިލީހުން ނުކުމެވަޑައިނުގެންފި ނަމަ އެކަން އިސްވެ ކުރައްވަނީ ސާޖަންޓް އެޓް އާމްސް ކަމަށް ވިޔަސް، އެމްޑީޕީގެ މެމްބަރުން ޝިޔާމް ގަދަކަމުން ނެރުމަށް ކުރި މަސައްކަތް ނަޝީދު ހުއްޓުވައެއް ނުލެއްވި އެވެ. އޭގެ ބަދަލުގައި މެމްބަރުންގެ އަމަލުތަކަށް އެ މަނިކުފާނު ތާއީދު ކުރައްވާ މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ޝިޔާމާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވި އެވެ.
ރިޔާޒްގެ އިތުރުން މަޖިލީހުގެ މިނިވަން އެހެން ބައެއް މެމްބަރުން ވެސް ވަނީ ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުނީ ގަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ. މެމްބަރަކު ނެރުމުގައި އެހެން މެމްބަރުން ބައިވެރިވާން ފުރުސަތު ދިނުމުން ހަމަނުޖެހުމަށް މަގުފަހިިވީ ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖުދާ
03 June 2020
މި ސަރުކާރާ މި މަޖިލިސް އޮވެ ހިންގާ ހުރިހާ ޖަރީމާއެއްގެ ޒިންމާ ރިޔާޒުމެން ނަގަން ޖެހޭނެ. ރައްޔިތުން ކަރަށް ފައިން އެރުނީ ރިޔާޒުމެންގެ އެހީއާއެކު. ނޫންނަމަ ހުވަފެނުގަވެސް އެހިސާބަކަށް ނާދެވުނީސް.
ކޮފީތެލި
03 June 2020
އެންމެ ރަގަޅަށް ގަވާއިދު އިނގޭމީހާ ބުނާގޮތަށް ގަބޫލު ކުރަންޖެހޭނެ. އަވަހަށް އެންމެން ގަބޫލު ކުރޭ
ރަދީފް
03 June 2020
އެމްޑިޕީގެ ސުޕަރމެޖޯރިޓީއަށް ގަވާއިދަކީ ކޯއްޗެއްކަންވެސް ނޭނގޭ ކަހަލަ. މިފަދަ ނާތަހުޒީބު ބައިގަނޑަކަށް ސުޕަރމެޖޯރިޓީ ލިބުނީމަ ވާނެ ހުރިހާ ގޮތެއް މިވަނީ.
ޛަޔާ
03 June 2020
ޙިނދުކޮޅު ތިއްބެވީ ކަމަށް އެވާނީ އެހެންނާ ފަހެ ގަވައިދުގަ ވަކި ގޮތަކަށް ބުނެފަ އޮއްވާ ހިތުހުރި ގޮތަށް ކަންތައް ކުރާނީ ހޭބުއދިއަށް ގޮތްވެފަ ތިބީމައެއްނު
ޙިނި
03 June 2020
މިވެސް ބަގާވާ ކުރުމުގެ އަދަބު ތަންފިޒު ނުކޮއް ސަލާމަތް ކަން ލިބިފަވާ މީހެއް
ކެކެކެ
03 June 2020
13 އަހަރުގެ ހުކުމް އޮވެ ސަލާމަތް ހޯދައިގެން އަނެއްކާވެސް ޓެރަރިޒަމް ހިންގާ ބޮޑު ޓެރަރިސްޓެކޭ އެއްފަދަ ދޯ
1234
03 June 2020
ޝިޔާމު ބޭރަށް ނުނުކުމެ ހުރީ ޤަވައިދާ އެއްގޮތަށްތަ؟
އިމްރާނު
03 June 2020
އެގޮތަށް ހުރެވޭނެތީ އެގޮތަށްހުންނަ މީހާ ނެރެން ގަވާއިދެއް ހަދާފައި އޮންނަނީ. އެވަރު ނޭގިކޮމެންޓް ކުރަންނޫޅެބަލަ.
މަރުޖާނު
03 June 2020
ގްވައދާ ޚިލާފްވީމް ހަދަންވާގޮތްވެސް އެބައޮތޭ ގަވައިދެއް ހަދާފަ އެއަށް އަމަލް ނުކުރީ އެއީވެސް ގަވައދާ އެއްގޮތަށް ކުރިކަމެއްތަ 1234 ބުނެދީ ބަލަ
ބޯގޯސް ވެލާނާ ނާސިރު
03 June 2020
ރިޔާޒޫ ނާހަމަ ތެދެއް
ގަޓް ބްރޯ
03 June 2020
ރިޔާޒު ކަހަލަ މީހުން ގަވައިދޭ ޤާނޫނޭ ކީމަ ހޭން ނޭނގޭ މީހުންވެސް ހޭނެ 7 ފެބްރުއަރީ 2012 ގެ ބަޣާވާތުގަ އެއޮއް މާތްމީހާ (މިހެން މިބުނީ ޕޮލިސް ކޮމިޝަނަރ ކަން ކޮށްފަ ހުރީމަ) އޮފީހެއްގެ ޕިއޯނެއް ސިޓީ ގަނޑެއް ހިފައިގެން މަގުމަތީ ހިނގީ ކޮން ގަވައިދަކާ ގާނޫނަކުން ހުއްދަ ލިބިގެންބާ؟
އަލި ނޫރު
03 June 2020
އެމްޑީޕީގެ މަތި ފަޑީގައި ނުތިބޭނެ ޤާނޫން ކުރިމަތީ ހަމަހަމައަށް ޢަމަލުކުރަން ބޭނުންވާ ބަޔަކު! ނަޝީދު އަބަދުވެސް އުޅެންޖެހޭނީ ޤާނޫނަށް ވުރެ މަތީގަ!
ރަށުމީހާ
03 June 2020
ރިޔަޒު ކަލޭވެސް ތިހިރީ ގަވައިދު އާހިލާފަށް ވާހަކަ ނުދައްކާ.
ބަޑީ
03 June 2020
ވަރަށް ރަގަޅު ވާހަކަޔެއް، ޤާނޫނާ ޤަވާއިދަށް "އެންމެންވެސް" އަމަލުކުރަން ޖެހޭނެ، މިއަދު އަންނިވެސް އެހެރީ ވަރަށްބޮޑަށް ސައިޒް އޮޅިފަ!! އެއީ މިހާރުމާޒީ!! ދެން ރިޔާޒް!! ތިބޭފުޅާމެން ޤައުމު ވައްޓާލި އަދަވަޅުން އަދިވެސް މިއުޅެނީ އަރާނުގަނިވެގެން!! ބަޔަކު ޤަބޫލު ނުކުރިޔަސް، އަދި އޭރު ވެރިކަމުގަ ހުރިމީހަކީ ބަޔަކަށް ކަމުދާ މީހަކަށް ނުވިޔަސް، އޭރުވެސް ވެރިޔަކު ވެރިކަމުން ދުރުކުރެވިދާނެ "ޤާނޫނާ ޤަވާއިދު" ތައްވެސް އޮވޭ، ތިބޭފުޅާ އެއަށް އަމަލު ކުރެއްވިންތޯ؟