05 ޖޫން 2020 - 22:09
މިއަދު ހެނދު ގެއިން ނުކުތް ގޮތަށް ޚަބަރެއް ނުވެގެން އައްޑޫ އަންހެނަކު ހޯދުމުގެ މަސައްކަތް އާއިލާ އާއި ފުލުހުން ފަށައިފި އެވެ.
ގެއްލިގެން އާއިލާ އިން ހޯދަނީ މީދޫ ވެހި މަރިޔަމް މަނިކުފާނެވެ. އެ ވާހަކަ އޭނާގެ ދަރިއަކު ވެސް ވަނީ ފޭސްބުކްގައި ހިއްސާކޮށް، މަރިޔަމް މަނިކެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9132132 ނަމްބަރަށް ގުޅައި ހިއްސާކޮށް ދޭން އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި އާއިލާގެ ބަޔަކާ މެދު ހިނގި ދެބަސްވުމަކަށް ފަހު މަރިޔަމް މަނިކެ ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވުމުން އާއިލާ އިން ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް އެ މައްސަލަ ރިޕޯޓްކުރީ މިރޭ 7:42 ހާ އިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެނިގެއްލޭ
06 June 2020
ގެއްލުނީތަ ނުވަތަ ފިލީތަ؟
ޙާލިދު
05 June 2020
ފެނިއްޖެ.
ރަދީފްއޮފިޝިއަލް
05 June 2020
ފެންނާނެ އިންޝާﷲ.