ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ މިއަދު ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ މަޖިލީހަށް ސިފައިން ވައްދަން އެދިވަޑައިނުގަންނަވާ ކަަމަށް.
15 ޖޫން 2020 - 16:08
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރަކު ނެރުން ފަދަ ކަމަކަށް ސިފައިން ވަޑަައިގަންނަަވަން އެދިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ކަންތައްތައް ނިންމަން ވާނީ މަޖިލީހުން އަމިއްލަ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލީހަށް ސިފައިިން ވައްދަން ޖެހިއްޖެ ނަމަ އެކަން ވާނީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު ފެއިލްވުމަކަށް ކަަމަށެވެ. އެހެންވީމާ އެގޮތަށް ކަންތައް ނުކުރައްވަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ކުޑަކޮށް ވެސް ނޭދެން މި މަޖިލީހަށް ސިފައިން ވަޑައިގަންނަވާކަށް. އަޅުގަނޑު ވަރަށް މަސަައްކަތްކުރާނަން [އެކަން އެގޮތަަށް ނުކުރަން]. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ދެން ހަމަ ވަރަށް ބޮޑު ފެއިލިއާ އަކަށް ވާނީ މަޖިލީހުގެ ރައީސަކަށް، ބަރުހަތިޔާރާ އެކީގައި މަޖިލީހަށް ސިފައިން ވަންނަން ޖެހުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެހެން ނަމަވެސް މަޖިލީހަށް ސިފައިން ވައްދަން ޖެހޭ ހާލަތެެއް އައިސް އެގޮތަށް އެކަން ކުރައްވަން ޖެހިދާނެ އެވެ. އެކަމަކު އެގޮތަށް އެކަން ކުރަން ޖެހުން ވާނީ ދެރަ ކަމަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ކުޑަކޮށް ވެސް ނޭދެން މި މަޖިލީހަށް ސިފައިން ވަޑައިގަންނަވާކަށް. އަޅުގަނޑު ވަރަށް މަސަައްކަތްކުރާނަން [އެކަން އެގޮތަަށް ނުކުރަން]. އަޅުގަނޑު ދެކޭ ގޮތުގައި އެއީ ދެން ހަމަ ވަރަށް ބޮޑު ފެއިލިއާ އަކަށް ވާނީ މަޖިލީހުގެ ރައީސަކަށް، ބަރުހަތިޔާރާ އެކީގައި މަޖިލީހަށް ސިފައިން ވަންނަން ޖެހުން،" ނަޝީދު
ސިފައިން ނުވައްދައި މަޖިލީހުގެ ކަންތައްތައް ބެލެހެއްޓޭނެ ކަމަށާއި ސާޖަންޓް އެޓް އާމްގެ އިތުރު މުވައްޒަފުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އެހެންވީމާ މަޖިލީހުން މެމްބަރަކު ނެރެން ޖެެހިއްޖެ ނަމަ ސިފައިން ނުވައްދާ އެކަން ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސްތަކަކީ (ޕާލަމެންޓް ތަކަކީ) ވަރަށް ބާރުވެރިކަމާ އެކު އަމިއްލައަށް ކަންތައްތައް ނިންމާ ތަނެއް ކަމަށް ވިދާޅުވެ މިސާލެއްގެ ގޮތުގައި ނަޝީދު ދެެއްކެވީ އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އެވެ. އެކަމަކު ބާރުގަދަކަމުން ކުރި ކަމެއްގެ ގޮތުގައި ގެންނެވީ ވަރަށް ނުބައި މިސާލެކެވެ.
"އަޅުގަނޑުމެންނަށް ދެން މަޖިލީހެއްގެ ސަގާފަތް އެންމެ ބޮޑަށް ދައްކައިދީފަައި އޮންނަނީ [އިނގިރޭސިވިލާތުގެ]ހައުސް އޮފް ކޮމަންސުން. އެބޭފުޅުން އެއް ދުވަސްވަރެއްގައި ތިބި އެ މީހުންގެ ރަސްގެފާނުގެ ބޯ ކަނޑާލައިގެން މަޖިލީހުގެ ބޭރު ފެންސަށް ބޯ ޖަހާލައިގެން، ތިން ހަަތަރު މަސްވަންދެން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހަކީ މަޖިލީހުގެ ކަންތައްތައް އަމިިއްލައަށް ނިންމަން ޖެހޭ ތަނެއްް ކަމަށެވެ.
ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނު އަސާސީއަށް ބަދަލު ގެނައި ޖަލްސާއިން ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނެރުނު މައްސަލައާ ގުޅިގެން އިދިކޮޅު މެމްބަރުން މަޖިލީހަށް ވަޑައި ނުަގަންވާތީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. މަޖިލީހުގެ ދޮރުތައް އިދިކޮޅު މެމްބަރުންނަށް އަބަދުވެސް އޮތީ ހުުޅުވާލާފައި ކަމަށާއި ވަޑައި ނުގަންނަވަނީ ކީއްވެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މަޖިލިސް މެޖޯރިޓީއަށް ކިތަންމެ ބޮޑު އަޣުލަބިއްޔަތެއް އޮތަސް އަޅުގަނޑު ނުދެކެން މި ދިވެހިރާއްޖެއަކީ އެއް ޕާޓީގެ ގައުމެއް ކަމަކަށް. އަދި ދިވެހިން އެގޮތަށް ދެކޭ ކަމަކަށް ވެސް. އެހެންވީމާ ވާދަވެރި އެހެން ޕާޓީތައް މަޖިލީހުގައި ތަމްސީލުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު ވަރަށް އެދެން އެ ބޭފުޅުން މަޖިލީހަށް ވަޑައިގެންނެވުމަށް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީ ބަދަލުކުރި ޖަލްސާއިން ޝިޔާމް ނެރުމުގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުން މާރާމާރީ ހިންގި ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެެ. އެ މައްސަލަ ބަލައި ދިނުމަށް އެދި ޕީޕީއެމް-ޕީއެންސީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި އެކަމުގައި ނަޝީދާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ދާދި ފަހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިއަ
16 June 2020
މީހަކު ކިޔާ އެއްޗެއް އެނގޭމީހެއްނޫންދޯމީ، ބަލަ އެމީހުން މަޖިލީހަށް ނުދަަނީ ތި މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ރައްކާތެރިކަމެއް ނެތުމާ ހަމަޖެހިލައިގެން ޚިޔާލެއް ފާޅުކުރުމުގެ ފުރުޞަތު ނެތުމުންނޭ އެ އޮތީ ބުނެފައެއްނު ދެން ކިހިނެތްބުނަންވީ ބޯކަނޑާލާފަ ފާރުމަތީބާއްވައިގެންތަ ބުނަންވީ
ދޮޅިދާން
16 June 2020
ގައުމެއް ގެ މަސްލަހަތު ހިމާޔަތްކުރާ މަގާމެއްގައި ތިބިބަޔަކު ގައުމުގެ ދިފާޢީ ބާރާއި ރައްޔިތުންނާއި ދެމެދު ނަފްރަތު އުފައްދައި ކޮންފްލިކްޝަން އުފއްދުމުގެ ނަތީޖާ ވަނީ 2012 ވަނަ އަހަރު ފެބްރުއަރީ ގައި ފެނިފައި , ދިފާޢީ ބާރަކީވެސް ގައުމުގެ އެއް ބަހާ .
ޢަލިއަ
16 June 2020
މިހާރު މިދާގޮތުން އެދުވަސް ވަރަށް އަވަހަށް އަތުވެދާނެކަމަށް ބެލެވޭ، މަޖިލިސްގެ މެމްބަރުންނާ އެތަނުގެ ބޮޑު ގޮނޑީގަ އިންނަމީހާގެ ބަސްމަގު ހުރިގޮތުން ވަރަށް އެބަ ހީވޭ.
ދޭހަވާ
16 June 2020
އިދިކޮޅު މެމްބަރަކު ތަޅުމުން ނެރެންޖެހޭ ހާލަތެއް އައިސްގެން ނުގަވައިދުން ނެރުމުން އޭނާއަށް އަނިޔާވުން އެއީ އެކަން ކުރަން ނުދަންނަ ބަޔަކު ކުރީމަ ވީގޮތެއް ކަމަށް ގަބޫލުނުކުރާއިރު އެކަން ނުބެލުމަކީ އެކުރި އަނިޔާކުރުމަށް އެމީހުންނަށް ހިތްވަރު ދިނުން އަދި ކުރިއަށް އޮތްތަނުގަވެސް އެފަދަ ކަންކަން ކުރުމަކީ އެންމެ ރަގަޅުކަމެއް ކަމަށް ނިންމުން. ކޮންފަދަ މީހެއް މަޖްލިހުގެ ރައީސަކަށް މިހުރީ؟
ގުރަހަ
16 June 2020
މަޖިލިސް ހިތުހުރި ގޮތަކަށް ހިލާލާކަށްވެސް ނޭދެން. ތިޔަތަނުގަ އޮންނާނެ ގަވާއިދެއް
އާދަމް ޒާހިރު
16 June 2020
މަޖިލީހަށް ސިފައިން ވައްދާނެކެއް ނެތް. މަނިކުފާނު އެތާ އިންނަންވީ ކަނޑިއާއި ބަޑި ވެސް ހިފައިގެން، ދެން މަނިކުފާނަށް ތާއިދު ނުކުރާ މީހަކު އެތަނަށް ވަނުންވެސް މަނާކުރަންވީ. އަދި ވަދެއްޖެނަމަ ހަތިޔާރުގެ ބޭނުންވެސް ނޭންގެ ނުކުރާނެ ކަމެއް، އަދި ދައުލަތުގެ މިނިސްޓުރީތަށް ވެސް މަނިކުފާނަށް ދޭންޖެހޭނީ ހުރިހާ މިނިސްޓުރީގެ ނަމަކަށް ކިޔަންޖެހޭނީ ފުރެސިޑެންޓު އޮފު ޕަވަރ އޯލްމިނިސްޓުރީ މޯލްޑިވުސް. ޢޭރުން މީހުނަށް އިގޭނެ މަނިކުފާނަކީ ވަރުގަދަ ލީޑަރެއްކަން
އަބްދުﷲ
15 June 2020
ސިފައިން ވައްދާކަށް ނުޖެހޭނެނު. މަނިކުފާނުގެ ތިބޭނެނު އެއްކަލަ ތަޅާނެ ކުދިންކޮޅު...
ނޫސް ބަލާމީހާ
15 June 2020
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ރައީސް އަކަށް އިންނަވާ ބޭފުޅަކު މާރާމާރީ ހިންގުވަން ހުރިތަނެއްނޫން. އެތަނަކަސް އަށުތެރެއަކަސް އަމަން އަމަން އަމާންކަން ދެމެހެއްޓުމަކީ ސިފައިންގެ ކަމެއް ކަމުގައި ވާންޖެހޭނެ. ރައީސްމީހާ ތަޅާކުދިމްކޮޅެއް ހޯދައިގެން ްްްްްްްްްްްްް ތަޅަން އަމުރުކުރާތަކަހަަށް މަޖިލިސްކުރާގެނުހެދުމަށާއި މިކަހަކަލަ އަމުރުތަކާ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދިމާދެކޮޅުަކަމަށް ގޮވާލަން.
ދިއްދޫ ހަންދަރު ޙަސަނު
15 June 2020
ސިފައިން ވައްދައިގެންވިޔަސް ނުވަތަ މަޖިލީހުގަ ތިބޭ ސެކިޔުރިޓީން ލައްވާ ވިޔަސް މަޖިލީހުން ނެރޭ މެންބަރުން ނެރެން އެއޮތް ހަމާގެ މަތިން އެކަން ނުކުރެވުނީ މަނިކުފާނުގެ ސަހްސިއްޔަތު ނެތީމައޭ އެމްޑީޕީ މެންބަރުން ކައިރީ ނެރެން ހިފާށޭ ބުނީ ތިމާމީހާގެ ހުރި ނާގާބިލް ކަމުގެ ކޮޅާ ކޮޅުނެތްކަމޭ މެންބަރު ނެރެންއައީ އެންމެ ސެކިއުރިޓީ އޮފިސަރެއް އެކަން އިންތިޒާމް ކުރަން ތިބޭ މީހުން ލަނޑުދުއްވާލާއިރުވެސް ނެނގުނޭ ބަލަތިތަނުގަ ރިޔާސަތުން ކުރިން ތިބިމިހުން ވެސް ސަޅި
ދޮން މަނިކު
15 June 2020
ޕުލީދް ވެއިޓް ފޯ އަންޓިލް 2024 ... އެވްރިތިން ވިލް ކަ މް އެކްރޮސް ... ބީ ޕުރިޕެއާރ ފޯއިޓް...
ފޯސް
15 June 2020
ދުވަހެއްގަވެސްނަސީދައްވޯޓެއްނުދޭނަން އަދި ރީދޫޕާޓީއަށްވެސްވޯޓުނުދޭނަން ވަރައްސަލީމް