20 ޖޫން 2020 - 16:07
އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅައިދިނުމަށް ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސަން ޝަމީމް އަރިހުން އެދިވަޑައިގެންފައި ކަމަށެވެ. އަދި ޕްރޮސިކިއުޓަރު ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް އެދި ހުށަހެޅުމުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ވަނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހައިދީފަ އެވެ. ކްރިމިނަލް ކޯޓުން އެ އަމަރު ދިނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ.
މާލޭގެ ގެސްޓު ހައުސްއަކަށް ކުއްޖަކު ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތު ކުރަނީ ހއ. ބާރަށު، އަނީސް ހިލްމީ 38، ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށް، ފުލުހުން ވަނީ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ.
ޚާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރާ މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ. އެކަމަކު، އަނީސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އެއީ، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަށް އޭނާ އެދުމުންނެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އަނީސްގެ މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން، އެ ކުއްޖާ ރޭޕްކުރީ ގްރޫމްކޮށްގެންކަން ވަނީ އެނގިފައިވާ ކަމަށެވެ.
ގްރޫމް ކުރުމަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން ފައިސާ އާއި އެ ނޫން ވެސް މާއްދީ އެއްޗެއް އެ ކުއްޖާގެ ބެލެނިވެރިން ނުވަތަ ބަލަން ހަވާލުވެފައިވާ ބަޔަކަށް ދީ، އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުން ކަން ވެސް މި ކޭސްއާ ގުޅިގެން އާއްމުކުރި ހޭލުންތެރި ކުރުވުމުގެ މައުލޫމާތުތަކުގައި ގާނޫނުތަކާ ހަވާލާދީ ފުލުހުން ހަނދާން ކޮށްދީފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލްސީ އަހްމަދީ ދިދީ
24 June 2020
ތުހުމަތު ކުރެވޭ އިރަށް މީހެއްގެ އބުރު ދުއްވާނުލާ... މީހެއް ކުޑެއްކުރިކަމަށްވާނީ އެކަން ސާބިތުވީމާ... މިހާރު މީހުން ފުރޭމްކޮށްގެންވެސް ސިޔާސީ އަދި އިޤްތިޞާދީ މަންފާ ނަގާ ... ސާބިތުވީމާ ހާމަކުރިއަސް އޭނާގެ މއަުސޫމުކަން ހާމަކޮށްދިނަސް މިހެން ނަން އާމްކުރީމާ މިކުޑަކުޑަ މުޖުތަމއުގައި މީހާއަށް ލިބޭ ގެއްލުން އަދި އޭނާގެ ދަރިންނާ އާއިލާއަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގާނީ ކާކޫ؟ ނަމާ އަބުރާ ހިމާޔަތްކުރުމުގެ ހައްޤަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްޤެއް ...
ހިމް
21 June 2020
ތިމީހާގަނޑު ފެނުނީމަވެސް އުނދަގޫވޭ.
ކަންމަތި
21 June 2020
މަސްތުވާތަކެތި އެތެރެކުރާ މީހުންނާ ވިއްކާ މީހުންގެ ފޮޓޯވެސް މިގޮތަށް ޢާއްމުކުރަންޖެހޭ އެމީހުންނަކީވެސް ޅަކުދިންނަށް ސިނގިރޭޓު ބޯންދީ މަސްތުވާތަކެތި ދެމުން ގެންދާ ބައެއް
އަޙްމަދު މޫސާ ފީނި
24 June 2020
ސާބިތުނުވަނީސް އެކެއްވގެވެސް އަބުރެއް ކައްޗެއް ނުލެވޭނެ.
ދަރަނި ދަންތުރަ
20 June 2020
ރޭޕުކުރި މީހާގެ ކަންތަށް ތަށް އެބައިނގޭ އަނިޔާ ލިބުނު ކުއްޖާގެ ހާލަތު ނަންނުޖަހާ ވިޔަސް ކޮންމެވެސް ވަރަކަށް ސާފު ވީމަ ގިނަބަޔަކަށް އެކުއްޖާޔަށް ހެޔޮއެދިގެން ހެޔޮދުއާ ކުރާނެ ، އެކުއްޖާ އުޅޭ ހާލެއްނޭގޭ ވަރަށް ދެރަވޭ ފޯރުންތެރިކަން ކުޑަ އާއިލާއެއް ނަމަ އެކުއްޖާޔަށް ރަނގަޅު ފަރުވާއެއްވެސް ނުހޯދޭނެ ހާދަހާ ހިތަށް ތަދުވެޔޭ އެބަ...
ވައްވާ
20 June 2020
ވާނުވާ ޖެހިޔަސް ނުޖެހިޔަސް ހައްޔަރުގަ ހުންނަތާ 30 ދުވަސް ވެއްޖެނަމަ އެމުއްދަތުގަ މައްސަލަ ކޯޓަށް ހުށަހަޅަން ޖެހޭނެ.
ދޖގ
20 June 2020
ނުވާނެ ތިކަމެއް. ތީހަމައެކަނި ކުށުގެ ވެށިން ނިއްމާލެވޭކަހަލަ މައްސަލަތަކެއްނޫން. ކޮބާ ޑޮކްޓަރުންނާއި ސައިކޮލޮޖިކަލް ޓެސްޓުތައް... މެންޓަލީ ފިސިކަލީ ލިބިނު އަނިޔާ ކުށުގެވެށިން އިނގޭނެތަ?
ފެންނަނީއޭ
20 June 2020
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މީހުންގެ ޅަދަރިންގެ އިއްފަތް ފޭރިގަންނަ މީހުންނަކީ އަބަދުވެސް މުޖުތަމައު އިން ބާކީ ކޮށް ޖަލުގައި ތިބެން ޖެހޭނެ ބަޔެކޭ ތިފަދަ 10 މީހުން ދިވެހި މުޖުތަމައުގައި ތިބެއްޖެނަމަ ގައުމުގައި ފަސާދަ ފެތުރިގެންދާން މާގިނަ ދުވަހެއް ނުނަގާނެއޭ މާލޭގައި ތިބާވަތުގެ މީހުން ނަށް ގެސްޓް ހައުސް ތަކުން ފުރުސަތު ލިބެނީ އެއީ ޓޫރިޒަމްގެ ގަވާއިދު ދޯދިޔާ ކަމުން ކަމޭ
ާއާމިނަ
20 June 2020
އަދަބަކަށް 10 އަހަރު މީ ކޮން އެއްޗެއްތޯ؟ ކުއްޖާގެ މުޅި ޙަޔާތްބަރުބާދު ކޮށްލީއޭ. މިފަދަ މީހުންނަށް މާތްވެގެންވާ އިސްލާމްދީނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.
ފައިސަލް ޢަލީ
24 June 2020
ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ކުޑަކުދިންނަށްކުރާ އަނިޔާއަށް އެންމެ ބޮޑެތި އަދަބު ދޭ ޤައުމު.
ކޮރަލް
20 June 2020
ކުށުގެ ވެށިން ހައްޔަރު ކުރެވޭ މީހުން 7 ދުވަސް ތެރޭ ތަހުގީގު ނިމެން ޖެހެ އެވެ. ނޫނީ ގިނަ މަސް ތަކެއް ވާނަމަ ނުސީދާ ކޮށް ފައިދާ ހޯދަފާނެ އެވެ.
ކިހާ ދެރަ
20 June 2020
ދެން ތިކަން ކުރާނީ އެހެން މީހެކެވެ. ތިކަހަލަ މީހުން ބައިވަރެވެ. ހުސް ކުރެވޭ ކަށް ނެތެވެ.