ބީއެމްއެލުން މިއަދު ހުޅުވި އޭޓީއެމް ސެންޓަރުން މީހަކު ހިދުމަތް ހޯދަނީ-- ފޮޓޯ:ބީއެމްއެލް
28 ޖޫން 2020 - 14:29
ކުރީގެ ސްޓާ ސިނަމާ ހުރި އިމާރާތުގެ ތިރީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
މ. ސްޓާ ކްލައުޑް (ކުރީގެ ސްޓާ ސިނަމާ) އިމާރާތުގައި ހުޅުވި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާ އެކު ބޭންކިން ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ސެންޓަރުގައި ތިން އޭޓީއެމް ބަހައްޓާފައިވާއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ސެންޓަރަކީ މުޅި ރާއްޖޭގައި ބޭންކިން ވިއުގަ އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ އިންވެސްޓުމަންޓުގެ ދަށުން ހުޅުވި ސެންޓަރެއް ކަމަށެވެ. އަދި ރަށްރަށުގައި ވެސް މި އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތ މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ހަފްތާގައި އަޅުގަނޑުމެން ވާނީ އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހަތަރު ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި. އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އޭޓީއެމްތައް ވެސް އިތުރުކުރެވިގެން ދިޔުން." ޓިމް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 38 ބްރާންޗާއި 56 ސެލްފް ސާވިސް ސެންޓަރާއި 119 އޭޓީއެމް ބީއެމްއެލުން ވަނީ ގާއިމްކޮށްފަ އެވެ. އަދި އެކި އަތޮޅުތަކުގައި އެ ބޭންކުގެ 277 ކޭޝް އޭޖެންޓުން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް
28 June 2020
ވީލް ޗެއަރ ގައި ނުވަދެވޭ ކަމަށް ވިއްޔާ ބޮޑު މައްސަލަ އެއް، ހިދުމަތްދޭ ތަނެއްގައި ރޭމްޕް ނެތި ހިދުމަތަށް ހުޅުވާލުމަކީ ޤަވާއިދު ހުއްދަ ކުރާކަމެއް ނޫން
ރަދީފު ބިން ރަފައިދާ
28 June 2020
ސްޓާސިނަމާ ތަޅާލާފައި އެތަނުގާ މަލްޓި ޕާޕާސް އެހެން ބޭނުންތަކަކަށް އެތަން ބޭނުންކުރާންވީ. ކައުންސިލުން މިކަމާ ވިސްނައި މިފަދަ ކަމަކަށް އެތަން ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ދަންނަވަން.
ސްޓާ
28 June 2020
ބައްލަވާ އެއީ އަމިއްލަ ބިމެއް. ބިމުގެ ވެރިފަރާތުން ބުނި ތިބުނި ކަހަލަ ޢިމާރާތެއް އަޅަންށޭ ސިނަމާ ތަޅާލީ
ހުސޭނު ބެ
28 June 2020
ތިޔައީ މ.ޗަނބޭލީވިލާ ތަނެއްދޮރެއް ނޭނގުނަސް ޙަބަރެއް ފެންނައިރައް ކޮމެންޓް ކުރެވޭތޯ ބައްލަވާތި ރޯނު އެދުންރުން ގިނައީ.
ބޯބުރާންތި
28 June 2020
ކަލޯ ޙަބަރެއް، ދަބަރެއް ބެލުމެއްނެތި، ކޮމެންޓުކުރެވޭތޯބަލާ.