ހޯރަފުށީގައި ބޮޓްލިން ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސޮއި ކުރައްވަނީ-- ފޮޓޯ: ފެނަކަ
02 ޖުލައި 2020 - 16:28
ހއ. ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ބަހައްޓަން ފެނަކަ ކޯޕަރޭޝަނާއި ހޯރަފުށި ކައުންސިލުން އެއްބަސްވެއްޖެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ހޯރަފުށި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ.
ފެނަކައިން ބުނީ މި ޕްލާންޓަކީ އެ ރަށުގެ ކައުންސިލްގެ ހިއްސާ އޮންނަގޮތަށް ހަދާ ޕްލާންޓެއް ކަމަށެވެ. މި ޕްލާންޓުން ބޯފެން އުފައްދައި ދުވާލެއްގެ މައްޗަށް 10،000-12،000 ފުޅީގެ ފެން ބަންދު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ 10 ވަނަ ދުވަހު ފަށާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ވަނީ މި ޕްލާންޓުގެ ޒަރީއާއިން ހޯރަފުށީގެ ގެތަކަށް ފެން ފޯރުކޮށްދިނުމަށް ޑިސްޕެންސާ ހަވާލުކުރުމަށް ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެކް
02 July 2020
ބިއްލޫރި ފުޅީގަތަ ބަނަދު ކުރަނީ! ކަލޭ މެންގެ ވައުދު ފޮތުގަ އޮތީ މުޅިރާއްޖޭގަވެސް ފެން ބަންދު ކުރާނީ ބިއްލޫރި ފުޅީގަ ކަ މަށް!
ނިޔާޒ
02 July 2020
ފުރަތަމަ ރަށްރަށުގައި ކަރަންޓު ޔަގީންކޮށްދީބަލަ! ގިނަ ރަށްރަށުގައި އަލަށް އާބާދުވާ ސަރަހައްދުތަކަށް ކޭބަލް ނޭޅޭ. މުވައްޒަފުންނަށް ދޭންބުނި ރިސްކް އެލަވަންސް ވެސް ކާލީތަ؟ ސައީދޫ. ސަރުކާރުން އެބަޖެހެ ފެނަކަ ނޫންގޮތެއް ރާއްޖެތެރެއަށް ހޯދައިދޭން.
އަޝްރަފް
02 July 2020
ތީވަރަށް ރަނގަޅުކަމެއް! އެކަމަކު މިހާރު ބޯފެން ތަށްޔާރުކުރާ ކުދި މެޝިންތައް ގޭގައި ބަހެއްޓޭ އިރެއްގަ ފެން އެކަނި ތައްޔާރުކޮށްގެން ސަބްސިޑައިޒް ނުކޮށެއް ސަސްޓެއިން އެއްނުކުރެވޭނެ! ތަފާތު ބުއިންތަށް ބޮޓްލް ކުރެވޭނެގޮތަކަށް ތިކަން ރޭވިއްޖެނަމަ ތަންހިންގން ފަސޭހަވާނެ! ތިޕްލާންޓާއެކު ފެންތަހުލީލްކުރަން އައިއެސްއޯ މިންތަކަށްފެތޭލެބެއް އަތުވެއްޖެނަމަ ޕޫލްފަދަ ދާއިމީ ގޮތަކަށް ޓެސްޓްތައްހަދަން ޖެހޭ މާކެޓްތެރެއަށް ވަދެވޭނެ!
ސިއްކަ މޮހޮރީ
02 July 2020
އިހަވަންދޫ އިން ބަލަން ތިއްބާ ހޯރަފުށިން ހުރިހާ ވަޒީފާތަށް ގެންދަނީ މިކަހަލަ އުފެއްދުންތެރި ވިސްނުން އިހަވަންދޫ ކައުންސިލުންވެސް އެދާއިރާގެ މެންބަރުވެސް ނުގެންގުޅޭނެ.
ރަދީފްއޮފިޝިއަލް
02 July 2020
ކޮބާ ދާއިރާގެ މެމްބަރު؟؟ މިކަމުގެ ހުރިހާ މެޑަލްއެއް ޖަހާލަން ޖެހޭނެ. ހެހެހެހެ