ވުލްވްރިންގެ ތިން ވަނަ ފިލްމުގައި ހިއު ޖެކްމަންގެ ލުކް ފެނިގެން ދާނެ ގޮތް.
22 އޮކްޓޯބަރ 2016 - 05:49
ހިއު ޖެކްމަން ވުލްވްރިންގެ ގޮތުގައި ފެނިގެންދާ ފިލްމްތައް ބެލުންތެރިންގެ ތެރޭގައި ވަރަށް މަގުބޫލެވެ. މި ފަހަރު މިއޮތީ މި ސިލްސިލާގެ ތިން ފިލްމަށް ނިމުން ގެނެސްދޭ ފަހު ފިލްމެވެ. ތިން ވަނަ ފިލްމެވެ. ފިލްމުގެ ނަމަކީ "ލޯގަން" އެވެ.
މީގެ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ. ޓްރެއިލާ ބެލި މީހުން މިހާރު ވެސް ބުނަނީ ޓްރެއިލާއަކީ ގައިން ހީބިހި ނަގާ ވަރުގެ އެއްޗެއް ކަމަށެވެ.
އެކަމަކު ވުލްވްރިންގެ ގޮތުގައި މި ފަހަރު އޭނާ މާ ބޮޑަށް ވެސް ވަރުގަދަކޮށްގެން ފެނިގެން ދާނެކަން ޓްރެއިލާ އިން ހެކި ދެ އެވެ.
ޖެކްމަން ވެސް ވަނީ މި ވާހަކަ ކުރިން ހަމަ މި ގޮތަށް ދައްކައިފަ އެވެ. އޭނާ ބުނީ ވުލްވްރިންގެ ކުރީގެ ފިލްމުތަކާއި "ލޯގަން" ވަރަށް ބޮޑަށް ތަފާތު ވާނެ ކަމަށާއި ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް އާ ފިލްމުން ފެނިގެން ދާނެ އެވެ. އަދި ކުރީގެ ފިލްމުތަކާ "ލޯގަން" ތަފާތު ކުރަން ވަރަށް ގިނަ ގޮތްގޮތުން މަސައްކަތް ކުރެވިފައި ހުންނާނެ ކަމަށް ޖެކްމަން ބުންޏެވެ.
Here the trailer for the thing I'm currently working on.https://t.co/FB3ZqV48hw
— Mangold (@mang0ld) October 20, 2016
"ލޯގަން" ގެ ޓްރެއިލާ
ޖޭމްސް މޭންގޯލް ޑައިރެކްޓްކޮށްފައިވާ "ލޯގަން" ސިނަމާތަކަށް އަންނާނީ މާޗް 3، 2017 ގަ އެވެ.
މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ޕެޓްރިކް ސްޓެވާޓް، ރިޗަޑް އީ ގްރާންޓް، ސްޓެފެން މާޝަންޓް، ބޮއިޑް ހޮލްބްރޫކް، އަދި އެލިޒަބަތު ރޮޑްރިގޭޒް ފާހަގަކޮށްލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
23 October 2016
ހިއު ޖެކްމަންއަކީ ވޮލްވަރިން.. ދެން ހިޔެއްނުވޭ އެރޯލް އެހެންމީހަކަށް ކުޅެވިދާނެހެން..