ކުޅިވަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ސްޕޯޓްސް ކޯޕަރޭޝަން އުވާލަންޖެހޭ: މަހުލޫފް

މިދިޔަ އަހަރު ސްޕޯޓްސް ކޯޕަރޭޝަނާ އެކު މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: މިނިސްޓަރު މަހުލޫފް (ވ) އާއި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މާއްޓޭ.-- ފޮޓޯ: މިހާރު

ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އަދަލުވެރި މިންގަނޑުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުން ވެސް ހިމެނެ އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ މި ސަރުކާރުގެ ޕްލޭނާ އެއް ގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ހުށަހަޅަން ނިންމާފައިވާ ކަމަށާއި މި އަހަރު ތެރޭގައި ކުޅިވަރު ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މީގައި ހަގީގަތަކީ އަޅުގަނޑުމެން މިހާރު ގާނޫނަށް އިސްލާހު ހުށަހަޅާއިރު އަޅުގަނޑުމެން އެއް ސްޓެޕްގެ ތެެރެއިން އެ މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ އުވާލަންޖެހޭ ކުންފުންޏެއްކަން. މީގެ އިތުރަށް މި ފަހުން މި ހަފްތާ ތެރޭގައި ބޭއްވުނު ކެބިނެޓް ވޯކިން ގްރޫޕުގައި ވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ވާހަކަ ދެކެވުނުއިރުގައި މިއީ އުވާލަންޖެހޭ ކުންފުންޏެއް ގޮތަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ވޯކިން ގްރޫޕްގައި ހެދުނު ސަބް ކޮމިޓީގައި ވެސް ވަނީ މި ކަމަށް މަޝްވަރާކުރެވިފައި،" މަހުލޫފް ވިދާޅުވި އެވެ.

ރަސްމީކޮށް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ނިންމުން ކެބިނެޓުން ނިންމާފައިނުވާ ކަމަށާއި އެކަން ކުރެވެން އޮތީ މަޖިލީހަށް ހުށަހަަޅައިގެން ކުޅިވަރު ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. ކުޅިވަރު ގާނޫނަށް ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތުގެ އެއް ބައި ކަމަށްވާ ކުޅިވަރު އެސޯސިއޭޝަނުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސްޓެޕްގައި އޮތް ގޮތުން މި އަހަރު މި މަސައްކަތް ކުރަން މި އޮތީ ހަވާލުކޮށްފައި. ދެން މިހާރު ސްޕޯޓްސް ކައުންސިލް ތެރޭގައި އެ މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ. ބައިވަރު ކުޅިވަރު އެސޯސިއޭޝަންތައް ވެސް ހިމެނޭތީ އެންމެނަށް ވެސް ކޮމެންޓްސް އަށް ފޮނުވާ. އަޅުގަނޑަށް ލިބިފައި އޮތް މައުލޫމާތަށް ބަލާއިރު މި މަހު 15 އަށް އެސޯސިއޭޝަންތަކުން ލިޔުންތައް ފޮނުވަން ޖެހޭ. އޭގެ ފަހުން މި މަސް ނިމެން ވާއިރު މަސައްކަތް ކުރާނަން އޭޖީ އަށް ފޮނުވާލެވޭތޯ،" މަހުލޫފް ވިދާޅުވި އެވެ.

މި ވަގުތު ކުޅިވަރު ގާނޫނު އޮތްގޮތުން ސްޕޯޓްސް ކޯޕަރޭޝަނަށް އޮތް މަސްއޫލިއްޔަތުގެ ތެރޭގައި ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުން ހިމެނޭއިރު، ސްޕޯޓްސް ކޯޕަރޭޝަނާ ބިމެން ހަވާލުކުރާ ހިސާބުން މިނިސްޓްރީގެ ކޮންޓްރޯލް ގެއްލޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިސާލަކަށް ވޮލީ އަށް ހާއްސަކޮށްގެން ލިބިފައި އޮތް ބިމެއް ވޮލީ އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވޭނީ މިނިސްޓްރީ އަތުގައި އެ ބިމުގެ ކޮންޓްރޯލް އޮވެގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މަހުލޫފް ވަނީ ސްޕޯޓްސް ކައުންސިލް އުވާލުމަށް ފަހު ސަރުކާރުގެ ޕްލޭނުގެ ތެރެއިން ކަންތައްތައް ރޭވިފައި ހުރި ގޮތް ހިއްސާކޮށްފަ އެވެ.

"އަޅުގަނޑުމެންގެ އެއް ސްޓެޕް ތެރޭގައި އެބަ އޮތް ވަކިން ސްޕޯޓްސް ފަންޑެއް އުފެއްދުން. މި އަހަރު ތެރޭ އެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ވިސްނުމަކީ ވެސް އިކޮނޮމިކް ކައުންސިލްއާ ވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެވިފައިވަނީ އަޅުގަނޑުމެންގެ ބިންތައް އަމިއްލަ ފަރާތްތަކަށް ދީގެން ތަރައްގީކޮށް ސްޕޯޓްސް ފެސިލިޓީސް އެ ތަންތާގައި ޑިވެލޮޕްކޮށް ދައުލަތަށް އެ އާމްދަނީ ވަންނަ ގޮތަށް. އެ ވަންނަ އާމްދަނީ އަކީ އެ ފަންޑް ތެރެއަށް ވަންނަ އެއްޗަކަށް ހަދާފައި. އޭގެ ތެެރެއިން އަޅުގަނޑުމެން ކުޅިވަރަށް ހަރަދުކުރަމުން ގެންދާ ގޮތަށް،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ތިން އަހަރު ތެރޭ އަމިއްލަފައި މައްޗަށް ތެދުވަންޖެހޭ ބައެއް ކަމަށާއި އަދިވެސް އެކަން ނުކުރެވި އޮތްއިރު އެ ކޯޕަރޭޝަން އޮތީ ފުދޭ ވަރަކަށް ހަރަދު ހިނގާ އޭގެ ބޭނުން ނުހިފޭ ތަނެއްގެ ގޮތުގައި ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން މަޖިލިސް ކޮމިޓީ އަށް ހާޒިރުވިއިރު އެ ކޯޕަރޭޝަނުން ވަނީ ކުރިއަށް އޮތްތަނުގައި އެ ތަނުން ކުރަން އޮތް ބައެއް މަސައްކަތްތައް ހިއްސާކޮށްފަ އެވެ. އެ ގޮތުން ހުޅުމާލެ އިން ބޮޑު ބިމެއް ބަލައި އެ ތަނުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރަން ވެސް މަޝްވަރާކުރި ކަމަށްވެ އެވެ. އެކަމަކު އެކަން ވެސް މި ވަގުތަށް މަޑުޖެހިފައި އޮތް ކަމަށް ސްޕޯޓްސް މިނިސްޓްރީން އިއްޔެ ކޮމިޓީގައި ވަނީ ބުނެފަ އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކުރީގެ މަޝްހޫރު ކޯޗު އަދި ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސްޕޯޓްސް ކޯޕަރޭޝަނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 61 ރަށުގެ ޖިމް ސާމާނު ގެންނަން ވަނީ ހަވާލުކޮށްފަ އެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ މި އަހަރު ސްޕޯޓްސް މާކެޓިން ކޯހެއް ވެސް ހިންގައިފަ އެވެ. އޭރު އެ ކޯޕަރޭޝަނުން ވަނީ ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ބުނެފަ އެވެ.

6 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 8%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަސަރު

10 July 2020

ތިތަން ހަމަ އަވަހައް އުވާލަންވީ. ބޭކާރު ހަރަދެއް ދައުލަތުން ކުރާ

The name is already taken The name is available. Register?

ސަމީހާ

09 July 2020

ސްޕޯޓްސް ކޯޕަރޭޝަން އުވާލަންވީކީ ނޫން ފުރަތަމަ އެހަށް މިނިސްޓަރުގެ ޒިންމާ އުފުލޭތޯ ބަލަންވީ މީހުންނައް އެއްކޮށް ކޭމްޖަހާކަށް ނޫން ދުވަންވީކީ މިނިސްޓަރު ކަން ލިބުނީއްސުރެ މިހާތަނަށް ކުޅިވަރު ކުރިއަރުވަން ކުރީ ކޮންމަސައްކަތެއްތޯ ކުޅިވަރާ ބެހޭ ހުރިހާ ތަންތަނެއް މިނިސްޓަރުގެ ބާރާ ނުފޫޒު ފޯރުވައިގެން ކުޅިވަރު ޖަމުއިއްޔާ ތަކަށް ދިން އަނިޔާ ތަށް ކޮބައިތޯ ޤައުމުގައި ހިލޭ ސާބަހަށް ހިންގާ ކުޅިވަރު ޖަމުޢިއްޔާ ތަށް ހިނގާ ނުހިނގާ ގޮތް ބަލާލިންތޯ؟

The name is already taken The name is available. Register?

އިއްލަ ކޯޗވް

09 July 2020

ފުރަތަމަކަމަކައް އެމް ބީ ޢޭ ގެ ވ ޗެއަރމަން ގެ މައްސަލަ ބަލަން ވީ

The name is already taken The name is available. Register?

ފަހީމާއިބުރޭ

09 July 2020

ކޯޕަރޭޝަން އުވާލިޔަސް ނުލިޔަސް ތިޔަ ސްޕޯޓްސް ޓީވީ ޗެނެލް ހެދުން އުވާލަން އެބަޖެހޭ . ދައުލަތުން އަހަރަކު 80 އެތައް މިލިޔަނެއް ދީގެން ޤައުމީޓީވީ ޗެނެލެއް ހިންގާއިރު ، އާ ޗެނަލެއް ހެދުމުގެ ވިސްނުން ޤާނޫނުގައި އޮންނަން ނިންމުމަކީވެސް މީހެއްގެ އަމިއްލަ މަސްލަހަތު ދޭހަވުން ނޫން ދެން ކޮންކަމެއް. އިސްލާމިކް މިނިސްޓްރީން ޗެނަލެއް . ފިޝަރީޒް މިނިސްޓްރީން ޗެނަލެއް . މީ ދައުލަތުގެ ފައިސާ އިސްރާފަށް މަގުފަހިކުރުވާ ވިސްނުމެއް . އުވާލާ އުވާލާ އަވަސް .

The name is already taken The name is available. Register?

ޖާބެ

09 July 2020

ޢެމްޑީޕީ މީހުންނައް ލާރިގަނޑެއް ދޭންވެގެން ހެދިތަނެއްއެއީ ތިޔަ މާއްޓޭއަކީ ރަތްލާޖެހި އެކްޓިވިސްޓެއް

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

09 July 2020

ގެ ވެސް ބުރިބުރިއަށް އަރައިގެން އެބަދޭ.ހެހެހެހެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454