ރެޕިޑް ރެސްޕޯންސް ޓީމުން މާލޭގައި މިރޭ ސާމްޕަލް ނަގަނީ: ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
30 ޖުލައި 2020 - 23:40
ކޮވިޑް-19ގައި ބޮޑުވަރުވާ އުމުރުން ދުވަސްވީ މީހުން ޕޮޒިޓިވްވުން އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ނިސްބަތް ވެސް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާ ކަން ފަހުގެ ޕްރޮޖެކްޝަންސް އިން ދައްކައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑްގެ ހާލަތު އަންދާޒާ ކުރައްވާ ގޮތް ތަފްސީލްކޮށްދެއްވަމުން ޕަބްލިކް ހެލްތު އެކްސްޕާާޓް، ޑރ. ޝީނާ މޫސާ ވިދާޅުވީ އަންނަ މަހު ދުވާލަކު، އެވްރެޖްކޮށް 170 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާގެ އަންދާޒާ އިން ދައްކާ ގޮތުގައި މަސް ނިމޭއިރު ޖުމްލަ 2،373 މީހުންނަށް ބަލި ޖެހޭނެ އެވެ.
ބަލި ޖެހޭ ނިސްބަތް އިތުރުވުމާއި އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހުން އިތުރުވުން ޑރ. ޝީނާ ސިފަކުރެއްވީ ނުރައްކާތެރި މެސެޖެއްގެ ގޮތުގަ އެވެ. މި ނިމޭ، ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައި ބަލި ފެތުރޭލެއް ބާރުވެފައި ސެޕްޓެމްބަރު މެދެއްހާ ތަނުގައި އަނެއްކާ ވެސް ދަށްވާނެ ކަމަށް ޕްރޮޖެކްޝަންސުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮޖެކްޝަންސް ހަދާފައި ވަނީ ނިއު ނޯމަލް އަށް އެޗްޕީއޭ އިން އެކުލަވާލައި އާއްމުކޮށްފައިވާ ގައިޑްލައިންތަކަށް 50 ޕަސެންޓް މީހުން ތަބާވާނެ ކަމަށް ބަލައިގެންނެވެ.
"އުއްމީދުކުރި ވަރަށް ވުރެން ތަންކޮޅެއް ބާރަށް މި މަހާއި ކުރިއަށް އޮތް މަހުގެ ތެރޭގައި ފެތުރޭނެ ކަމަށް އަންދާޒާކުރެވެނީ،" ޝީނާ ވިދާޅުވި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވާހަކަ ދައްކަވަނީ.
އޭނާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދެ މީހަކު ނުވަތަ ތިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނަސް ކުރިއަށް އޮތް ތަނުގައި އެ އަދަދު ތިން ގުނަ އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއާއެއްކޮށް އައިސީޔޫގައި ފަރުވާ ދޭންޖެހޭ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި ކޮވިޑަށް ފަރުވާދޭން ތައްޔާރުކޮށްފައި ހުރި އެނދުތައް، މިވަރަށް ރޭޓު ހިނގައްޖެއްޔާ ކިރިޔާ މެނޭޖްކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ޑރ. ޝީނާގެ ލަފާކުރުންތަކުން ދައްކާ ގޮތުން ބަލިޖެހޭ މީހުން ޖުލައި މަހު 997 އަށް އަރާއިރު އޮގަސްޓް މަހު 2،373 އަށް އަރާނެ އެވެ. ސެޕްޓެމްބަރު މަހު 1،454 މީހުންނަށް ބަލިޖެހޭ އިރު އޮކްޓޯބަރު މަހު 945 އަދި ނޮވެމްބަރު މަހު 409 މީހުންނަށް ބަލިޖެނޭ ކަމަށް ލަފާކޮށްފައިވެ އެވެ. ޑިސެމްބަރު މަހު ބަލިޖެހޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 254 މީހުންނަށެވެ.
ޖުލައި މަހު އެވްރެޖްކޮށް ހަތް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ އިރު އޮގަސްޓް މަހު 16 މީހުން، ސެޕްޓެމްބަރު މަހު 10، އޮކްޓޯބަރު މަހު 6، ނޮވެމްބަރުގައި 3 އަދި ޑިސެމްބަރު މަހު 2 މީހުން އެޑްމިޓް ކުރަން ޖެހޭނެ ކަމަށް ޕްރޮޖެކްޝަންސްގައި ލަފާކޮށްފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ޕޮޒިޓިވްވާ ރޭޓަށް ބަލާއިރު ކޮވިޑަށް ހާއްސަކޮށްފައިވާ ތަންތަނުގައި ކިރިޔާ ފަރުވާ ދެވޭނީ އެވެ. އެކަމަކު ވަރަށް ބޮޑަށް އިތުރުވެއްޖިއްޔާ ހޮސްޕިޓަލްތަކަށް ނުތަކާވަރު ވުން އެކަށީގެންވެ އެވެ.
އެއީ، އާއިލާތަކާއި މުއައްސަސާތަކުން ވެސް ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ޝީނާ ވިދާޅުވި އެވެ. ރާއްޖެ އިން މި ބައްޔަށް މިއަދު ވަނީ 152 މީހުން ޕޮޒިޓިވްވެފަ އެވެ. މި ބަލީގައި މިހާތަނަށް 16 މީހަކު ވަނީ މަރުވެފަ އެވެ.
މާޗް 7 އިން މެއި 2 އަށް: 56 ދުވަސް
މެއި 2 އިން މެއި 15 އަށް : 13 ދުވަސް
މެއި 15 އިން މެއި 28 އަށް: 13 ދުވަސް
މެއި 28 އިން 12 ޖޫން އަށް: 15 ދުވަސް
ޖޫން 12 އިން 7 ޖުލައި އަށް: 25 ދުވަސް
ޖުލައި 7 އިން ޖުލައި 21 އަށް: 14 ދުވަސް
ޖުލައި 21 އިން ޖުލައި 28 އަށް: 7 ދުވަސް
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗްޕީއޭ 002
31 July 2020
ޕްރޮޖެކްޓް ކުރި ކުރިންވެސް. ޕްރޮޖެކްޓް ކުރި ވަރު ނުވީމަ އެވަރު ކުރަން ވެގެން ޓާގެޓް ހިފީ. ދޭން ނުޖެހޭ މިންވަރަށްލުއ ދީގެން.
އތނ
31 July 2020
ނިއު ނޯމަލް އޭބުނީމަ ދިވެހިންނަށް ހީވީ މާސްކް ނާޅާ ކޮފީ ބޯން މަގުމަތީގަ ތިބޭށޭ އެއެންގީ.... ވީހާ ވެސް ގިނަ އިރު ކެފޭގަ ތިބޭށޭ އެބުނުއްވީ.... އޮފީހަށް ވަންނައިރަށް މާސްކް ނަގާނެ، ދެން ތިބެގެން އެހެން މީހުންނާ ދިމާލައް ހަޅޭއްލަވާނީ.... ބަސް ނާހާ ދިވެހިން ތަކެއް.... ބަސް ނާހާ މީހުންނާ މެދު ވަރުގަދަ ފިޔަވަޅު އަޅަން ޖެހޭ
އެހެންތޭ
31 July 2020
މަމެން ބޭނުންވޭ ތިންވަނަ ފަރާތެއްގެ ޓެސްޓް ނަތީޖާ ވެސް މަމެން ސަރުކާރުން ދޭ ޓެސްޓް ނަތީޖާ ގަބޫލު ނުކުރާނަމޭ އެނޫންނަމަ އިނގޭތޭ....
ފަރުދީ
31 July 2020
އަމިއްލަ ގޭގައި މެޝިން ބަހައްޓަން ވީނު؟ ޓެސްޓް ހަދާފައި އިރު ކޮޅެއް ތެރޭވެސް ޕޮޒިޓިވް ވެދާނެ. ފަރުދީ ޒިންމާ އަދާ ކޮށްބަލަ
ބޯގަޅި
31 July 2020
މިހާރުދެން ކޮން ބޭކާރުވާހަކައެއް، ނިއުނޯ މަލްއޭ ކިޔާފައުޅޭނެ ގޮތަކައްއުޅެން ދޫކޮއްލީ، އެން މެކުޑަވެގެން މާސްކް އޅަންވެސް މަޖުބޫރުނުކުރި މާސްކް އަގުހެޔޮކޮއްފަ ލިބެންހުރިކަން ޔަގީންކުރަންޖެހިދާނެތީ، ފުރަތަ މަ ކޮވިޑް ޖެހެންފެށީ މަ ބެލީ ގައުމުގެ ހަޒާނާ ވީއެން މެ އަވަހަކައް ހުސްކޮއްލެވޭތޯ!!.
ދޯ ހަޅި
31 July 2020
ބޯގަޅި ބުންޏަސް ތީ ހަމަ ރަނގަޅު ވާހަކައެއް. އެއީ ގަސްދުގަ ޤަައުމުގެ ޚަޒާނާ ލޫޓުވާލަން ވެގެން ޖައްސާ ރޮކެޓެއް.
ނަނާ ހުވަފެން
31 July 2020
ބަލަގަ ކޮންމެ ކަމެއް މަޖްބޫރު ކޮށް ދަނޑި މާރު އަޅައިގެންތަ ކުރަންވީ؟ ބަލަގަ 3 މަސް ވަންދެން ޑޮކްޓަރުން ކިހާ ނަސޭހަތެއް ދިނީ؟ ހަޒާނާއާ ބެހޭ ކަމެއްތަ އެއީ؟ ދެން ސިޔާސީ ކުރިއަކަސް ނުވާނެ، މިއަދުވެސް އެންމެން އެތިބީ އީދު ފާހަގަ ކުރަން ބޭރުގައި ކެފޭ ތަކުގައި. ކޮބާހޭ ފަރުދީ ޒިންމާ؟
ސަގަރޭ
31 July 2020
މިގައުމުގަ މިހާރު ކޮވިޑު19 ނޫން ބަތްޔެއް ނެތް.. ތިބުނާ ޑރ. ސީނާ ހެދި ހިސާބުތަށް މިހާތަނަށް ދިމާވެފައި އެމެރިކާގަ އެކަނި
ބޯގޯސް އަފީފް ދީދީ
31 July 2020
އުޑަށް އަރާފައި ދޯ މީނަ މިއައީ.
ޖާހިލިއްޔަ މޯލްޑިވިއަންސް
31 July 2020
ކާކު؟ މީހަކު ރަނގަޅު އެއްޗެއް ކިޔާ ދިނަސް ކަލޭމެންގެ ގޮތެއް ފޮތެއް އަހުލާގެއް އަދަބެއް ނެތް.
ހިސާބު ކިތާބު/ވާނުވާ
31 July 2020
ކިޔަވައިގެން ތިބޭ މީހުންގެ މައްޗަށް ނުކިޔަވާ މީހުންގެ އަޑުގަދަވާން ވެއްޖެ ނަމަ އެއީ އެ ގައުމެއްގެ ހަލާކު. މި ގައުމުގައި ސޯޝަލް މީޑިޔާގައި އަޑުގަދަކުރާ ޕާޓޭ އަހަންޓޭވެސް ގަދަވާނެ ޕޮލިސީ ލެވެލްގައި މަސައްކަތް ކުރާ އިލްމީ ގާބިލު ބޭފުންނަށްވުރެ. މި މީހުންނަށް ނޭނގެ ހިސާބުޖަހާ އެސްޓިމޭޓް ހަދަނީ އެ ހިސާބުތައް ދިމާނުކުމަށްކަން. އެ ދިމާވެއްޖެ އެ އޮތީ ވޯސްޓް ކޭސް ސިނާރިއޯ އައިސްކަން. މިވަރުގެ ބޭސިކް ކަންކަން ނޭނގޭ މީހުން އަނގަފުޅާ ކުރަނީ.
ސީނާ ކުޑަކަބަޑް
31 July 2020
ތީ ދީނީ އިލުމުވެރިން ދީން ފުނޑާލި ގޮތައް ތިއުޅެނީ މާ އިލުމީ ކަމައް ހެދިގެން ރިހަ ކައްކަން. ކަބަޑައް ޖަހަން ވެގެން ގައުމުގެ ހަޒާނާ
ާއުނިމާ
31 July 2020
ސަަަަަަަަަރުކާރުންނާއި ދައުލަތުގެ އެހެން މުއައްސަސާތަކުން މިކަމާއި ކަންބޮޑުވާތަނެއް ނުފެނޭ!އެޗްޕީއޭވެސް ތިޔަ އޮތީ މިކަމުގައި ފަހަތުފަޔަށް ބުރަވެފައީ،ކުރިން ސަރުކާރުންވެސް ބުނި ފުރަތަމަ ރައްޔިތުންގެ ފުރާނައޭ، އެކަން ކޮންޕްރޮމައިން ކޮށްފަ ކުރާނެ އިތުރުކަމެއް ނޯންނާނޭ!ނަމަވެސް.ލޮކްޑައުންގެ ހެޔޮނަތީޖާ ފެންނަމުންގޮސް ތިޔަ ބަލި ނައްތާލާ ހުސްކުރެވެން އޮތްވާ ކިހިނެއްތޯ ތިޔަ ހެއްދެވީ؟ސިޔާސަތުތަކާއި ނިންމުންތަކުގެ ދޯދިޔާކަން ރަނގަޅަށް ސާފުވޭ، ވަރަށް ދެރަ!
މޭސްތެރިޔާ
31 July 2020
އެޗްޕީއޭގެ ލަފާގެ މަތިން ސަރުކާރުން މިހާ ތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް ގޯހެއް ނޫން. އެތައް ޒަމާނެއް ވަންދެން ވަޅުޖެހިފައި އޮތް ސިއްހީ ނިޒާމަކަށް ބުރަވެ ރާއްޖެއިން މިހާ ތަނަށް ނެރެފައިވާ ނަތީޖާއަކީ ސާބަސްދޭން ޖެހޭ ވަރުގެ ނަތީޖާއެއް. ފަރުދީ ޒިންމާ އަދާކުރާނަމަ ދެން ހުރި ބައިތަކުންވެސް ވަރަށް މަތިން ނަތީޖާ ލިބޭނެ. އެކަމަކު މާސްކު އަޅުވާ މާސްކުގެ އަނެއް ކަނުގައި ހިފަންވެސް ފުލުހަކު ބޭނުންވާ މީހުން އަނގަގަދަ މި ކުރަނީ.
ބޯގޯސް އަފީފް ދީދީ
31 July 2020
މޭސްތެރިޔާ. ކަލޭމެން ހަމަ އެއްޗެއްކިޔާލީމަ ދެން އެހެން މީހުން ގަބޫލުކުރަންވީދޯ. އެތައްޒަމާނެއް ވަންދެން ވަޅުޖަހާފައި އޮތް ސިއްހީ ނިޒާމޭ ކަލޭ ކިޔާއިރު ރާއްޖޭގެ ސިއްހީނިޒާމަކީ ދެކުނު އޭޝިޔާގައިވެސް އެންމެ ތަރުތީބު ނިޒާމުކަމަށް ބުނެ ޑަބްލިޔުއެޗްއޯއިން ދީފައިހުރި ލިޔުންތައް ނުފެނޭތަ؟ ގައިންގަޔަށް އަރާބަލިތައް މުޅި ސަރަހައްދުގައިވެސް އެންމެ ރަނގަޅަށް ކޮންޓްރޯލްކުރީ ރާއްޖޭންކަން ނޭނގޭތަ. ވިހެއުމުގައި މަރުވާ މައިން އެންމެ މަދީ ރާއްޖޭގައިކަން ނޭގޭތަ.
ކައްކާ
31 July 2020
ރާއްޖޭގައި ސާބަސްދޭން ނުޖެހޭކަމެއް ދުވަހަކުވެސް ކުރިތަ، އެކަމަކު ވިހިތިރީސް މިލިއަންމީހުން އުޅޭ ގައުމުތަކާއި ރާއްޖޭގައި ތިބަލި ފެތުރިފައޮތްވަރާއި ނުބައްދަލުވެގެންދާއިރު ކޮންމެވެސް ބަޔަކު ގޯހެއްހަދައިގެން އުޅޭކަން އެބައެނގެއެއްނު.
ދެރަ
31 July 2020
މިއީ ވަރަށް ޖާހިލުން ގިނަ ގައުމެއް. ޢިލްމުވެރިންނަށް އިހްތިރާމު ނުކުރާ ބައެއް އުޅޭތަނެއް. ޙެޔޮލަފާ ބަހެއްބުނެފިނަމަ އެމީހަކަށް މަލާމާތާ ފުރައްސާރަކުރާ ބައެއް. ޢެވަރުބަޔަކު ތިބިތަނަކަށް ދެންއައީ އަދި އެއްވެސް އުސޫލަކަށް ތަބާނުވާ ބަންގާޅީން.
ބޯގަޅި
31 July 2020
ސަރުކާރު ވަކިކީއްތޯކުރީ؟ ފުރަތަމަވެސްބެލީ ވީއެންމެ އަވަހަކައް ގައުމުގެހަޒާނާ ލޫޓުވާލެވޭތޯ!. އެކަންވަރައް ފުރިހަ މަޔައް ކޮއްނިންމާލައިފި. އަދިވެސް ގިނައަދަދެއްގެ ވެންޓިލޭޓަރ ހޯދަން ބިޑަކާނުލާ ދިންމީހުންގެ ހަބަރެއްވެސްނެތް، އެވާހަކަނުވެސް ދައްކާމިހާރު.
އެސްކޮބާރ
31 July 2020
ގައުމު މިހާރު ދަތުރުކުރަމުން މިދަނީ ވަރަށް ނުރައްކާ ފައްތަރަކަށް. އިގުތިސާދު އެއްކޮށް ފުޑިގެން ދާން ކައިރިވަނީ. އަނެއްކޮޅުން ރައީސް ސޯލިހުގެ އަމިއްލަ ޕާޓީގެ ތެރެއިން އަދާވާތްތެރިވަނީ ހިތަށް ނުކުޅަދާނަ މިންވަރަށް. ރައީސްގެ ކެބިނެޓުގައި ތިބީ މިފަދަ ނުރައްކާ ހާލަތަކާއި ކުރިމަތިލެވޭ ފެންވަރުގެ ވަޒީރުންނެއް ނޫން. ހިއުމަން ޓްރެފިކިންއާއި ގުޅިގެން ގައުމީ ސަލާމަތަށް ވަނީ ނުރައްކާ ވެފައި. ދިވެހިރާއްޖެ މިއަދު މިވަނީ ނާމާންކަމުގެ ވިލާގަނޑެއްގެ ދަށުގައި.
ސުމައްޔާ
31 July 2020
މުޅިން ރަނގަޅެއް ނޫން. ރާއްޖެ އެކަންޏެއް ނޫން، މިއީ މި ވަގުތު ދުނިޔޭގެ ހުރިހާ ލީޑަރުންނަށް ދިމާވެފައި އޮތް ގޮންޖެހުމެއް. ރައީސް އިބޫ މިކަމުގައި ދައްކަވާ ސާބިތުކަމާއި ހިކުމަތްތެރިކަމަށް ސާބަސްދެން. އަދި ކޮވިޑް ކަންތަކުގައި ރައީސްގެ ހެލްތު މިނިސްޓަރު އަމީން އިތުރުން މިކަމުންގައި އުޅޭ އެހެން މިނިސްޓަރުންވެސް ދައްކަވަމުން ގެންދަވާ ސާބިތުކަންވެސް ފާހަގަކޮށްލަން ޖެހޭ. ޕާޓީ ފެކްޝަނުން ކުރިމަތި ކުރުވި ހުރިހާ ގޮންޖެހުމަކާވެސް އެމީހުން ކުރިމަތިލާފައިވަނީ ހިކުމަތްތެރިކަމާއެކީ.
ހޭބަލިމިތުރު
31 July 2020
އެންމެބޮޑު ގޮންޖެހުމަކައްވީ ފުރަތަމަ 3 މަސްތެރޭ ހަޒާނާ ލޫޓުވާލާނެގޮތެއް، ވަރައްފުރިހަ މަޔައް އެކަން ނިންމާލިއިރު އާބާދީގެ ނިސްބަތުން ދުނިޔޭގަ ކޮވިޑްޖެހިފަތިބި މީހުން އެންމެގިނައީ ރާއްޖޭގަ.