އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--ފޮޓޯ: ނިޝާން އަލީ/ މިހާރު
09 އޯގަސްޓް 2020 - 11:23
އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލު ކުރާނެ ޑިރެކްޓަރުން ހޯދަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގައިވާ ގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބުކުރަންޖެހެ އެވެ. މި ދެ ޑިރެކްޓަރުން އިންތިހާބުކުރުން މި އަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ މީހުންނަކީ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާންޖެހޭނެ އެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ އެވެ. މީގެ އިތުރުން އެ އޮތޯރިޓީގެ ފިޓް އެންޑް ޕްރޮޕާ މިންގަނޑުތަކުގެ ގައިޑްލައިނަށް ފެތެން ޖެހޭނެ އެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ގޮތުން 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ ޑިރެކްޓަރުންގެ މުއްދަތަކީ 2019 ވަނަ އަަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހަށެވެ.
މީގެ އިތުރުން ކުންފުނީގެ އެއްވެސް މުވައްޒަފަކަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރަށް ކުރިމަތިލުމަށް މި މަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވައިލައިފަ އެވެ.
އެމްޓީސީސީ އަކީ ސަރުކާރުގެ 64 ޕަސެންޓާއި އާންމު ހިއްސާދާރުންގެ 31 ޕަސެންޓް އަދި އެމްއެންއެސްއެލްގެ 4.6 ޕަސެންޓް ހިއްސާ ހިމެނޭ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
09 August 2020
ބޯޑުގަ އެބަތިބި ފިލްމްސްޓާރުންވެސްދޯ؟
އަމީން މުހަންމަދު
09 August 2020
ބޯޑް ޑިރެކްޓަރަކަށް ލިބޭ އިނާޔަތް ތަށް ވެސް ވަނީ ސިއްރު ކޮށްފައި ގިނަ ބަޔަކު ކުރިމަތިލާނެތީ 1- މެޑިކަލް އިންސުއަރެންސް އެލައިޑް ތައިލެންޑް ފަދަ ގައުމު ތަކުން ހިލޭ ބޭސް ފަރުވާ 2- އަހަރަކު 4 ފަހަރު ބިޒިނަސް ކްލާސް ގައި ބޭނުން ގައުމަކަށް ޓްރެއިންންގ އަށް ގޮސް ހުރިހާ ޙަރަދަކާއި އެކު އަރާމް ކޮށް ލުން އަދި އެމްޓީސީސީން ކުރާ އެންމެހައި ކަންކަމަށް ގޮތް ކިޔައި ކަންކަން ނިންމުުގެ އިޙްތިޔާރު ވަޒީރަކަށް ވުރެން އަރާމް ވާނެ ހޮވެން ޖެހޭނީ 3500 ޕްރޮކްސީ ވޯޓް
ދިވޭސީ
09 August 2020
އެމްއެންއެސްއެލްގެ ވާހަކަ މިޚަބަރުގައި އެބައޮތް. އަޅުގަނޑު ހިތާމިހުރީ މިކުންފުނި މިހާރު އުވާލައިފިޔޭ. ނޫސްވެރިން ވެއްޖެންނު މިހެން މިހުރި ބޭކާރު ކުންފުނިތަކަށް ވާނުވާ ބަލާ ރިޕޯޓް ކުރަން. ވިޔަފާރިއެއް ނުކޮށް ޑިރެކްޓަރުންގެ ބޯޑެއް އައްޔަންކޮށް ރައްޔިތުންގެ ފައިސާއިން މުސާރަދީދީ ތިބުމުގެ ބޭނުމެއް ނެތް. ބޭކާރު ކަރުދާސް ކުންފުނިތަކަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއްވެސްމެ.
އެންދެރި
09 August 2020
ދަނޑުވެރިއެއް ނޫނީ މަސް ވެރި އެއް ތިޔަ މަގާމް އަށް ކުރިމަތިލާ ހޮވުމަށް އެދެމެވެ.
އަމީން މުހަންމަދު
09 August 2020
ކުރިމަތި ލިޔަސް ނުހޮވޭނެ ތިމަގާމަށް އިއުލާން ކުރުމުގެ ކުރިން ވަނީ ޕްރޮކްސީ ވޯޓް ތަށް ވަގަށް ނަގާ މަގާމް ރަޖިސްޓްރީ ކޮށް ވަކި ދެމީހަކު ހިބަކޮށްފަ