އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުން މިރޭ ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ:އެމްޓީޑީސީ
29 އޯގަސްޓް 2020 - 23:16
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން 11 އަހަރަށް ފަހު، ހިއްސާގެ ފައިދާ ބަހަން މިރޭ ފާސްކޮށްފި އެވެ.
މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ ފަހި ވޯޓު ޕޯޓަލް މެދުވެރިކޮށް، އެ ކުންފުނިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 50 ލާރި ބަހަން ވަނީ ފާސްކޮށްފަ އެވެ. އެއީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 899 މީހުންގެ ވޯޓާއެކުގަ އެވެ.
އެމްޓީޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައދާގެ ގޮތުގައި ލިބިފައިވަނީ 1.2 މިލިއަން ޑޮލަރު (ގާތްގަޑަކަށް 19.1 މިލިއަން ރުފިޔާ) އެވެ. އެމްޓީޑީސީގެ ޚަރަދާއި އާމްދަނީ ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިރޭ ވިދާޅުވީ، 11 އަހަރަށް ފަހު ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހުމަކީ ކުންފުންޏަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ކުންފުނީގެ ހިންގުން ބައްޓަން ކުރާނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިއްސާގެ ފައިދާ ބަހަން ކަމަށެވެ.
"މި ކުންފުނީގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހިންގުން ރަނގަޅުކޮށް، މެދުނުކެނޑި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބެހޭނެ ގޮތަކަށް ވިޔަފާރި ރާވައިގެން ކުރިއަށް ގެންދިއުން،" ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީސީން ވަނީ މިރޭގެ އަހަރީ އާއްމު ޖަލްސާގައި، ކުރިއަށް އޮތް އަހަރަށް އެ ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށް ފާސްކޮށްފަ އެވެ. އެ ކުންފުނީގެ ބޯޑުގެ ކުރިއަށް އޮތް ދައުރަށް އާއްމު ހިއްސާދާރުގެ ތެރެއިން ފަސް ޑިރެކްޓަރުން ވެސް މިރޭ އިންތިޚާބުކުރި އެވެ.
- އަސާމީ ރުޝްދީ، 1،205 ވޯޓު.
- އަހުމަދު މުޖުތަބާ، 737 ވޯޓު.
- އައިޝަތު ފަޒީނާ، 763 ވޯޓު.
- އަހުމަދު ނިޔާޒު، 761 ވޯޓު.
- އިބްރާހިމް ލަތީފު، 757 ވޯޓު.
އެމްޓީޑީސީ އަށް މިވަގުތު އާމްދަނީ ލިބެނީ އަނަންތަރާ ކިހަވަށް ރިސޯޓާއި އަޔާޑާ ރިސޯޓުންނެވެ. ނަމަވެސް މި އަހުރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅުގައި ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޓީޑީސީގެ އޮފީހެއް އިމާރާތް ކުރުމަށް ބިމަކާއި އިތުރު ރިސޯޓުތައް ތަރައްގީ ކުރުމަށް ރަށްތައް ހޯދުމަށް ސަރުކާރާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 August 2020
ޖީނިސް ބޫކް އޮފް ދި ވޯރލްޑް އިން ޖާގައެއް ހޯދުމުގެ ބޭނުމުގައި އެމްޓީޑީސީގެ ބޯޑްގައި ތިއްބެވި "ތަސަައްރަފު ފުދިފައިވާ" މީހުން ކުރިކަމެއްތޯ ތިއީ؟! މިފަދަ "ޖޯކް ކަންކަން ކުރުން ހުއްޓުވާ ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފުނިތަކާއި އިންސްޓިއުޝަން ތަކުގެ ހިމާޔަތަށް ހަދާންޖެހޭ ޤާނޫނާއި ޤަވާއިދުހެދުމަށް ދައުލަތުގެ އޮޑިޓް އޮފީފާއި، އޭސީސީ، ޕީޖީ އަދި މަރުކަޒީ ބޭންކް އިން އިސްނަގައި މިފަދަ ޤާނޫނުތައް މަޖިލީހަށް ހުށަހަޅާންޖެހޭ. މިދައުލަތަކީ ސަމާސާއެއްޗަކަށް ހަދައިގެންނުވާނެ.
ތެދެއް.
30 August 2020
ސަތޭކައިގެ ވާހަކައެއް. ތާއީދު ކުރަން.
ކާސިމު
30 August 2020
ތީ ފުކެއް ބޮޑުވަރު
ރަދީފްއޮފިޝިއަލް
30 August 2020
10 ލާރިނަމަ އަދި ސަޅިވާނެ.ލޮލް
ފިލި ތެޔޮ
30 August 2020
ބޮޑެތިމީހުން ބޮޑު މުސާރަނަގަާ އަދި ކާން ހަދާފަ އޮންނަ ކަރަޕްޓް ކުންފުންޏެއްތީ
ޒޮކްސް2
30 August 2020
ހިންގޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. ޚަރަދު ކުޑަކޮށް ފައިދާ ނެރެވުނު ކަމީ ހިންގިދާނެ ކަމުގެ އަލިގަދަ ހެއްކެއް. ކުރިއަށް އޮތް ތަނުގަ އަދި މާބޮޑަށް ރަނގަޅުވާނެ
ތުނިޔަ
30 August 2020
50ލާރިއޭ...އަދި އެވެސް 11 އަހަރު ފަހުންނޯ...ލަދުން ހަލާކުވެއްޖެ!
ގައުމުގެ ދޫ
30 August 2020
އެނގިވަޑައިގަންނަވާތޯ އިފެކްޓިވްލީ އެ ލިބުނީ -/5ރ ކަން ހިއްސާއަކަށް (އަސްލު އިޝޫކުރި ޝެއަރ އަށް ނިސްބަތްކޮށް ބަލާނަމަ) އެހެންވީމާ މުޅިއަކުން ގޯހެއްނޫނެންނުތޯ؟
2ގޔހ
30 August 2020
ނުހިނގާ ކުންފުނިތަކަށް އެމްޑީ އަކާ ބޯޑު މެމްބަރުން ލުމަށްވުރެ ރަނގަޅު އެހެން ގޮތެއް ނެތީބާ؟؟ ތަޖޫބެމެން ހިހޫތަނުން ކައިގެން އުޅެން ކުރާ ކަމެއްމީ.. މިވަރުންވެސް ދިވެހިންނަކަށް ވިސްނޭކަށް ނޫޅެއެވެ.
ރަދީފްއޮފިޝިއަލް
30 August 2020
50 ލާރި.ހެހެހެހެ
2.3ހ
30 August 2020
އަވަހަށް އަތްޖަހާ.. ޝުކުރިއްޔާ ތަޖޫބެ.. މީ ގައުމަށް ޖެހިފަ އޮތް ބޮޑު ވބއެއް...
މަހޭ
30 August 2020
މީގެ ބޭނުމަކީ ތިމާ މެންނަށް ހިންގޭކަން އަންގަންވެގެން . ފައިދާ އެއްވެގެނެއްނޫން.
ވައިސޫރި
30 August 2020
ކުރީގެސަރުކާރުން ތިޔަތަންވަނީ ދުވަސްދުއްވާލާފާ އެގޮތުން ހަބޭސް ތޭރަ ޖަލްސާއައްޙަރަދުކުރުމާ އިންތިޙާބައް ކެންޕޭންތަކައް މީހުން ރާއްޖެ ތެރެއައްފޮނުވަން ޙަރަދުކުރުމާ ޓަވަރުގާ ކޯލްސެންޓަރެއްހަދާހިންގުން ފަދައެތައްކަމެއް ލާރިނުދީ ކުރުވާފާއެބަހުރި ވީމާހިއްސާދާރަކައް ކޮންޗެއްލިބޭނީ