އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، މީޑިއާތަކަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
03 ސެޕްޓެމްބަރ 2020 - 12:52
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޕްރޮޖެކްޓުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި 26 އަށް ނިމޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މުޅި ޓަވަރުގެ ގާތްގަނޑަކަށް 55 ޕަސެންޓާއި 60 ޕަސެންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އަންނަ އަހަރު ޖޫން މަހަށް ފްލެޓުތައް ނިންމަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މަސައްކަތް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް ނިމިއްޖެ ނަމަ ފްލެޓުތަކަށް ހޮވުުނު މުވައްޒަފުންނާ އަންނަ އަހަރު ފްލެޓުތައް ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިވަގުތު މި ބަލަނީ 2021ގެ ޖޫން މަހު ނިންމާލެވޭނެ ކަމަށް. އެކަމަކު ކޮވިޑް-19އާ ގުޅިގެން ބޭނުންވާ މެޓީރިއަލް ނުލިބި އަދި ހޯދުމުގައި ދަތިތައް ހުރުމުން ވަރަށް ބޮޑު ގޮންޖެހުންތަކާ ދިމާވޭ. މި ހާލަތުގައި ވެސް އަޅުގަނޑުމެން މިދަނީ މި މަސައްކަތް ނިންމާލައި އަންނަ އަހަރު މުވައްޒަފުންނަށް ފްލެޓްތަކަށް ވަދެވޭވަރު ކޮށްދޭން މަސައްކަތް ކުރަމުން." ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ދެ ޓަވަރުގެ ކުރެހުމެއް--
އެމްޑަބްލިއުއެސްސީން ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އެޅުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ އެންމެ ޓަވަރެއްގެ މަސައްކަތެވެ. ދެވަނަ ޓަވަރު އަޅަން ފަށާނީ ފުރަތަމަ ޓަވަރުގެ ފެލްޓުތަކަށް ލިބޭ ތަރުހީބަށް ބެލުމަށް ފަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު އަޅަމުންދާ ޓަވަރުގައި ހުންނާނީ އެއް ކޮޓަރީގެ 92 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 40 އެޕާޓްމަންޓުގެ އިތުރުން ތިން ކޮޓަރީގެ 60 އެޕާޓްމަންޓެވެ. މި ފްލެޓުތަކަށް އެދި ކުރިމަތިލި މުވައްޒަފުންގެ ތެރެއިން 72 މުވައްޒަފަކަށް ފްލެޓް ލިބޭނެ ކަން ވަނީ ކަށަވަރުވެފަ އެވެ. އެއީ އެ ކުންފުނީގެ ގައިޑްލައިންތަކަށް ބަލައި އިވެލުއޭޓް ކުރުމަށްފަހު ނެގި މުވައްޒަފުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. މީގެ ތެރޭގައި ކުންފުންޏަށް 20 އަހަރު ވަންދެން ހިދުމަތް ކޮށްފައިވާ މުވައްޒަފުން ވެސް ހިމެނެ އެވެ.
ފްލެޓުތައް ލިބޭ މުވައްޒަފުންނަށް ފައިނޭންސް ހޯދައިދިނުމުގެ މަސައްކަތް ވެސް އެެމްޑަބްލިއުއެސްސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ކަންތައް ނިމި މުވައްޒަފުންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
- އެއް ކޮޓަގަރީގެ އެޕާޓްމަންޓުތައް، 1.2-1.3 މިލިއަން ރުފިޔާ.
- ދެ ކޮޓަރީގެ އެޕާޓްމަންޓުތައް، 1.9-2.2 މިލިއަން ރުފިޔާ.
- ތިން ކޮޓަރީގެ އެޕާޓްމަންޓުތައް، 2.4-2.6 މިލިއަން ރުފިޔާ.
އެމްޑަބްލިއުއެސްސީން އެ ކުންފުނީގެ ފްލެޓުތަކަށް އަގު ކަނޑައަޅާފައިވަނީ ހަރަދުތަކާއި ސޯޝަލް ހައުސިންގެ މިންގަނޑުތަކަށް ބަލައިގެންނެވެ. އެހެންކަމުން މި އަގުތައް ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓުތަކާ ތަފާތުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
03 September 2020
ތިޔަ ތަނަށް ބިން ދިނީ ހިލޭ، ބޯހިޔާވެހިކަމުގެ މައްސަލަހައްލުކުރަން ބިންއޭރުދިންއިރު އޮންނާނެ ކުލި މަހަކަށް 4500 އަށްވުރެ 1 ކޮޓަރި އެޕާރޓްމަންޓް ބޮޑުވެގެން ނުވާނެކަމަށް. ކާކަށް ކޯންއެއްޗެއް އޮޅުވާލަން ތިއުޅެނީ. ތިޔަގޮތަށް އެތަށްބިމެއް އޭރުގެސަރުކާރުން ވަނީދީފާ. ބުނަން 1.3 މިލިޔަން %6 ރޭޓުން 20އަހަރުން ދައްކާގޮތަށް ލޯނުނަގާފިއްޔާ މަހަކަށް ދައްކަންޖިހޭ އަދަދަކީ 9313.60 ރުފިޔާ. ތިޔަފުލެޓްތަށް ހިފާގެން ދޭ ދިވެހިންނެއްނޫޅޭ މޮޔަވެގެންނެއް
ހާސަރު
03 September 2020
ބޮޑުއަކުރުން އެކުވެރި ޖަހައިގެން ތިބޭއިރު ، ކަން ކުރަނީ އެކުވެރިން ކަން ކުރާގޮތަކަށްނޫން. މާލޭ ބާޒާރުން 15 ވަރަކަށް ހާސް ރުފިޔާއަށް ލިބޭ ކަހަލަ ޕަމްޕެއް 50 ހާސް ރުފިޔާއަށް ގަންނަން މަޖްބޫރު ކުރާބައެއްތީ. ބޫސްޓަރ ޕަމްޕު ހަރުކުރަން މަޖްބޫރު ކުރުވާއިރު އެމްޑަބްލިޔްގައި 15 ބުރިއަށް ފެން ހިއްލޭނެ ކެޕޭސެޓީ ހުރޭ ! ޕްރެޝަރ ވޭލްވ ހަރުކޮށްގެން ޕްރެޝަރ ކޮންޓްރޯލް ކުރެވޭއިރު ކުރީޒަމާނުގެ ފެންވައިރުންލީކުވެދާނޭކިޔާ ދަށްކޮށް ބަހައްޓައިގެން ބޫސްޓަރ ޕަމްޕް ވިއްކަނީ!؟
ނެކްސްޓް
03 September 2020
އެހެންވެދޯ ގޭގައި މީހަކު ނޫޅުނަސް ބިލް ބޮޑުވަނީ
ާއުނިމާ
03 September 2020
ކުރީސަރުކާރުން ބޯހިޔާވަހިކަން ހޯދާދިނުމަށް ކޮށްފަހުރި މަސައްކަތްތަކަށް ސާބަސް ދަންނަވަން!
އަލިހަންޑޯ ޓޮލޭޑޯ
03 September 2020
ޝުކުރިއްޔާ ރައީސް ޔާމީން.