ސިޔާމް: އޭނާގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރަން ވަނީ އަމުރު ނެރެފައި -- ފޮޓޯ/މިހާރު
10 ސެޕްޓެމްބަރ 2020 - 18:50
ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން އެ ކޯޓުން ބޭންކަށް އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ އަމުރު ނެރެފައިވަނީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުންނެވެ.
ސިވިލް ކޯޓުން ބުނީ އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސަން ޓްރެވަލްސްއަށް އަންގައިފަ އެވެ. އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅައިފަ އެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ދާދިފަހުން ވަނީ ބާތިލްކޮށްފަ އެވެ.
އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރީ 2013 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޓމަސް
11 September 2020
ކޮބައިތޯ ރޢްޖޭގެ އަލްޗަބޯ ޔާމނު ދައްކަން ޖެހޭ މިލިއަން ޑޮލަރު އަދިވެސް އެ ނުދައްކާ ގަވައިދާ ގާނޫނުގެ ވާހަކަ ދައްކަނީ
ނަސީދު
11 September 2020
އާބިޓްރޭޝަން ސިންގަޕޫރ ކޯޓްތަކަކީ ކަރަޕް ވެފައި އޮންނަތަންތަން ލާރިދޭކޮޅައް ނީމޭ ނީ މިޖައްރިބު
ކޮރަލް
11 September 2020
ސިވިލް ކޯޓުން.ސަން އަށް 16 މިލިއަން ޑޮލަރު ދިނުމަށް ހުކުމް.ކުރި ގާޒީ ގެ.މައްސަލަ ވެސް.ބަލަން ޖެހެ އެވެ.
ާކޯނާ
11 September 2020
މިއީ ބަދަލު ހިފުމެއް
ވޯލް007
11 September 2020
އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލޭ ވާހަކަ ދައްކާއިރު މި ކަން އެންމެ ބިޑަށް ކުރާ ބަޔަކީ މިކަހަލަ ވިޔަފާރި ވެރިން އެގެތެރޭގައި ހިމެނޭ ޗެއަރމަންވެސް.
ތެދުވެރިޔާ
11 September 2020
މިހާރުން މިހާރައް ހައްޔަރުކުރޭ
ރަދުން
11 September 2020
ނުފޯރާފޮތިންފޫގެޅީމަހުރިހާދެރައެއްރައްޔިތުންނަށް.މިސޮރު މަނަފަރު ހެދީ އަހަރެމެންގެދިޔަފެލައިގެން.ހުންނާނީ ރާކަނިމަސްކެވިފަ.
ފަތަފޮޅ
11 September 2020
ރާއްޖޭގަ ތިބި ބޭރުގެ އިންވެސްޓަރުން ރުޅިއަރުވާފަ ބޭލުން މީނާގެ ބޭނު މަކީ އޭރުންތާ ދިވެހި މުވައްޒަފުން ސަލާންޖަހަން މީނާ ބުނިގޮތަކައް އުޅޭނީ
ކަޅުކަޅު ދޮނޭ
11 September 2020
މީނަ ހީކުރީ ވިޔަފާރީގެ ނަން ބަދަލުކޮށްފަ ހުދުގަމީހާ ހުދު ފަޓުލޫނު ލީމަ މީނަ ވަރެއްނެތޭ.. ހުރިހާ ދަރަނިތަކުން ސަލާމަތް ވިއްޔޭ.. މިއެގެނީ އެކަމަނާ ކުޅެދޭމީހުން ނުކުޅެދޭ މީހުނަށް ބަދަލުކުރެޔޭ ބުނި ބަހުގެ މާނަ.. މިހާރު ހުންނާނީ ރަގަޅަށް ރާކަނިމަސް ކެވިފަ. މިހާރުން މިހާރަށް މަޖިލީހުން ބޭރުކުރަންޖެހޭ..
އުދުހޭ
11 September 2020
އިރު އޮއްސި އަނދިރިވެއްޖެއެވެ.