ސިޔާމް: ސަން ޓްރެވަލްސްގެ އެކައުންޓް ފްރީޒްކުރަން ނެރުނު އަމުރު ވަނީ އިސްތިއުނާފަށް ހުށަހަޅާފައި -- މިހާރު ފޮޓޯ/ހުސެއިން ވަހީދު
30 ސެޕްޓެމްބަރ 2020 - 11:26
ސަން ޓްރެވަލްސް ކުންފުުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން މި މަހު ކުރީކޮޅު އަމުރު ނެރުނީ އެ ކުންފުންޏާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލްއިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.
ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އެކައުންޓްތަކުގެ ތަފްސީލުތައް ކޯޓަށް ފޮނުވަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން އެ ކުންފުނިން ހުށަހެޅިޔަސް، އެ މައްސަލަ ހައި ކޯޓުން ބަލައިގަތް ކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.
ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން މައްސަލަ ނިންމާފައި ވަނިކޮށް 2017 ގައި ސިވިލް ކޯޓުންް ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ދާދި ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
30 September 2020
ވަކަރައް ޖަހާލިއިރު އެއްވެސް އާރެއްނުލާ ފުއްޕާފާ އުޅުނަސް މިވީ ހަމަ ފޮރިބޮއެފާވާ މަސްގަނޑަކައް
ޙިނި
30 September 2020
ޕީޕީއެމުން ގައުމުވިއްކާ ހުސް ކޮއްފި
ސިމްޕަލް
30 September 2020
ވިޔަފާރިވެރިން މަޖްލީހުގައި ތިބެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނަމުގައި. ކަމުން އަމިއްލަ ވިޔަފާރި ކުރިއަރުވާ ރައްކާތެރިކުރުމަށް. މާޒީއަށް ބަލާއިރު ވިޔަފާރިވެރިން މަޖިލީހުގައި ހޭދަކުރި މުއްދަތުގައި އެ މެންބަރުންގެ އަމިއްލަ ވިޔަފާރި ބޮޑުތަނުން ކުރިއަރާ، ފުޅާވެފައިވަނީ. މަޖިލިހަށް ހޮވުމަކީ އެމަގު ކޮށަން ފަސޭހަވާކަމެއް.
އަހުމަދުބޭ
30 September 2020
މިފަދަ ވިޔަފާރިވެރިން މަޖްލީހުގައި ތިބެގެން ގައުމު ހިންގަންވީމަ ދެން ކަންކަން ދާނެގޮތް ވިސްނާލައި، މިލެވެލްގެ ވިޔަފާރިވެރިން ޓެކުސް ނުދެއްކިއަސް، ބަޔަކަށް ދޭންޖެހޭ ލާރިއެއް އޮތަސް ހުރިހައި ކަމެއް މިނިންމަނީ ކޯޓުން، ނުކަމެތިމީހައި ގޮތްހުސްވެ ފައި ބަގުރޫޓް ވަމުން ދަނީ
އޮނަރަބްލް އަފީފު ދީދީ
30 September 2020
ބައިނަލް އަޤުވާމީ މިފަދަ ކަންކަމުގައި އަހަރުމެން ފަރުވާ ކުޑަކުރުމަކީ އޭގެ ގެއްލުން ސީދާ އަދި ނުސީދާ ގޮތުންވެސް ރައްޔަތުންނަށް ލިބޭނެ ކަމެއް. # ސަންޓްރެވަލްސް އާއި ހިލްޓަންސް ޤުރޫޕް އާއި ދެމެދު ރާއްޖޭގެ ކޯޓްގައި ރެޖިސްޓްރީކޮށް ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުމުގައިވާގޮތަށް 3 ވަނަ ޤައުމެއްގެ އާބިޓްރޭޝަން ކޯޓްގައި ކުރި ދައުވާގައި ސިންގަޕޯރ ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގައި ލަސްކުރުން އޮވެގެން ނުވާނެ. ސިޔާމްގެ އިތުރު ހުއްދަތަށްވެސް ސަސްޕެންޑް ކުރާންޖެހޭ.